Efésios 5
ކިތާބުލް މުޤައްދަސް (DIV) vs VC
1 ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއްގައި މާތްރަސްކަލާނގެއީ ނަމޫނާ ކަމުގައި ބަލާށެވެ. ސަބަބަކީ ތިޔަބައިމީހުންނީ އެކަލާނގެ ލޯބިވާ ދަރިންނެވެ.
1 Sede, pois, imitadores de Deus, como filhos muito amados.
2 އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.
2 Progredi na caridade, segundo o exemplo de Cristo, que nos amou e por nós se entregou a Deus como oferenda e sacrifício de agradável odor.
3 ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.
3 Quanto à fornicação, à impureza, sob qualquer forma, ou à avareza, que disto nem se faça menção entre vós, como convém a santos.
4 ނުބައި ބަސްތަކުންނާއި ލަދުޙަޔާތްކުޑަ ވާހަކަތަކުންނާއި މޮޔަ ބަސްތަކަކީ ތިޔަބައިމީހުންނާ ގުޅޭ ކަހަލަ ކަންތަކެއް ނޫނެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ.
4 Nada de obscenidades, de conversas tolas ou levianas, porque tais coisas não convêm; em vez disto, ações de graças.
5 ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.
5 Porque sabei-o bem: nenhum dissoluto, ou impuro, ou avarento - verdadeiros idólatras! - terá herança no Reino de Cristo e de Deus.
6 މީސްތަކުންގެ މޮޔަ ވާހަކަތަކުގެ މަކަރުގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެކަލާނގެއަށް އުރެދިގެންވީ ފަރާތްތަކުން ކުރަމުން ގެންދާ މިފަދަ އަމަލުތަކަށް އެކަލާނގެ ޢުޤޫބާތް ހުށަހެޅިގެންވެއެވެ.
6 E ninguém vos seduza com vãos discursos. Estes são os pecados que atraem a ira de Deus sobre os rebeldes.
7 އެހެންވީމާ، އެފަދަ ފަރާތްތަކުން ކުރަމުންގެންދާ ނުބައި އަމަލުތަކުގައި ތިޔަބައިމީހުން ބައިވެރިނުވާށެވެ.
7 Não vos comprometais com eles.
8 މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.
8 Outrora éreis trevas, mas agora sois luz no Senhor: comportai-vos como verdadeiras luzes.
9 އެހެނީ، މިފަދަ އަލިކަމެއް އުފެއްދޭނީ ތިޔަބައިމީހުންގެ ކިބައިގައި ހެޔޮކަމާއި، ސާލިޙުވަންތަކަމުގެ އިތުރުން ތެދުވެރިކަން ވެސް އެވެ.
9 Ora, o fruto da luz é bondade, justiça e verdade.
10 ވުމާއެކު، މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.
10 Procurai o que é agradável ao Senhor,
11 އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ.
11 e não tenhais cumplicidade nas obras infrutíferas das trevas; pelo contrário, condenai-as abertamente.
12 ގޯސް މީހުން ވަންހަނާގައި ކުރަމުން ގެންދާ އަމަލުތަކުގެ ވާހަކަތަކަކީ ދެއްކުން ލަދުވެތި ވާހަކަތަކެކެވެ.
12 Porque as coisas que tais homens fazem ocultamente é vergonhoso até falar delas.
13 ނަމަވެސް ވަންހަނާ ވެގެންވާ އެންމެހާ ކަންތައްތައް އަލިކަމުގެ ތެރޭގައި ހާމަކަމާއެކު ފެނިދެއެވެ.
13 Mas tudo isto, ao ser reprovado, torna-se manifesto pela luz.
14 އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ.
14 E tudo o que se manifesta deste modo torna-se luz. Por isto {a Escritura} diz: Desperta, tu que dormes! Levanta-te dentre os mortos e Cristo te iluminará {Is 26,19; 60,1}!
15 އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ.
15 Vigiai, pois, com cuidado sobre a vossa conduta: que ela não seja conduta de insensatos, mas de sábios
16 މި ނުބައިވެގެންވީ ޒަމާނުގައި ހެޔޮ ކަންތައް ކުރުމަށް ލިބިދޭ ކޮންމެ ފުރުސަތެއް ބޭނުންކުރާށެވެ.
16 que aproveitam ciosamente o tempo, pois os dias são maus.
17 އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.
17 Não sejais imprudentes, mas procurai compreender qual seja a vontade de Deus.
18 ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.
18 Não vos embriagueis com vinho, que é uma fonte de devassidão, mas enchei-vos do Espírito.
19 އޭރުން، އަނެކުންނާއި މުޢާމަލާތް ކުރާ ހިނދު ހިތްވަރު ދިނުމަށްޓަކައި ޒަބޫރުގެ ފަތްފުށްތަކުންނާއި މަދަޙައިގެ މަދަހައިންނާއި ރޫޙާނީ ލަވަތަކުން މުޢާމަލާތް ކުރެވޭނެއެވެ. މިފަދަ ރާގުތަކުން ތިޔަބައިމީހުންގެ ހިތްތަކުގައި މާތްސާހިބާއަށްޓަކައި ރާގު އުފައްދާށެވެ. މާތްސާހިބާ އަށް ހަމްދާ ސަނާ ކިޔާށެވެ.
19 Recitai entre vós salmos, hinos e cânticos espirituais. Cantai e celebrai de todo o coração os louvores do Senhor.
20 އެންމެހާ ކަންތައްތަކުގައި މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގަނެ އަބަދުވެސް މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅަށް ޝުކުރު ދަންނަވާށެވެ.
20 Rendei graças, sem cessar e por todas as coisas, a Deus Pai, em nome de nosso Senhor Jesus Cristo!
21 މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ.
21 Sujeitai-vos uns aos outros no temor de Cristo.
22 އަނބިންނޭވެ. މާތްސާހިބާއަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިން ތިޔަބައިމީހުންގެ ފިރިންނަށް ކިޔަމަންތެރިކަން އަދާ ކުރާށެވެ.
22 As mulheres sejam submissas a seus maridos, como ao Senhor,
23 އަނބިންގެ މައްޗަށް ފިރިންގެ ބާރު ހިނގަނީ މަސީޙީ ޖަމާޢަތާއި މެދުގައި އަލްމަސީ ބާރުފުޅު ހިނގާ ފަދައިންނެވެ. އެހެނީ އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެ ޖަމާޢަތަށް ދިންނެވުން ދެއްވަނީ އެކަލޭގެފާނެވެ.
23 pois o marido é o chefe da mulher, como Cristo é o chefe da Igreja, seu corpo, da qual ele é o Salvador.
24 އެހެންވީމާ، ކޮންމެ އަނތްބަކުމެ އެކަނބަލުންގެ ފިރިންނަށް އެންމެހާ ޙާލަތުތަކުގައި ކިޔަމަންތެރިކަން އަދާ ކުރާށެވެ. މަސީޙީ ޖަމާޢަތް އަލްމަސީޙަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިންނެވެ.
24 Ora, assim como a Igreja é submissa a Cristo, assim também o sejam em tudo as mulheres a seus maridos.
25 ފިރިންނޭވެ. ތިޔަބައިމީހުންގެ އަނބިންނާއިމެދު ތިޔަބައިމީހުން ލޮބުވެތި ކަމާއެކު ގުޅުން ބަހައްޓާށެވެ. އެހެނީ މަސީޙީ ޖަމާޢަތާމެދު އަލްމަސީޙު ވެސް ލޯބިވެ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަނބިކަލެއް ފަދައިންނެވެ. އެކަލޭގެފާނުގެ ނަފްސުކޮޅު ދޫކޮށްލެއްވީވެސް އެޖަމާޢަތަށް އޮތް ލޯތްބަށްޓަކައެވެ.
25 Maridos, amai as vossas mulheres, como Cristo amou a Igreja e se entregou por ela,
26 އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ މަސީޙީ ޖަމާޢަތް ކަރާމާތްތެރިކޮށް ތާހިރު ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ތައުބާގެ ހިނެވުމުން އެބައިމީހުން ހިނަވައިދެއްވައި ތާހިރުކޮށްދެއްވިއެވެ.
26 para santificá-la, purificando-a pela água do batismo com a palavra,
27 އެކަލޭގެފާނު މިކަންތައް މި ގޮތަށް ކުރެއްވީ މަސީޙީ ޖަމާޢަތް އެއްވެސް ލަފެއް ރުލެއް ލައްގަނޑެއް ނެތި ފާފަތަކުން ހުސްދުރުވެ މުޤައްދަސް ވެގެންވާ އަލަތުކައިވެނީގެ އަރޫޝާއެއް ކަމުގައިވެ ވަޑައިގަތުމަށެވެ.
27 para apresentá-la a si mesmo toda gloriosa, sem mácula, sem ruga, sem qualquer outro defeito semelhante, mas santa e irrepreensível.
28 ހަމަ މިފަދައިން ފިރިން އެބައިމީހުންގެ އަމިއްލަ ނަފުސާއިމެދުގައި ލޯބިވާ ފަދައިން އެބައިމީހުންގެ އަނބިންނާއިމެދުގައި ވެސް ލޯބިވާށެވެ. އަނބި ދެކެ ލޯބިވާ ފިރިމީހާ ޙަޤީޤަތުގައި އޭނާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ލޯބިވާނެއެވެ.
28 Assim os maridos devem amar as suas mulheres, como a seu próprio corpo. Quem ama a sua mulher, ama-se a si mesmo.
29 އެއްވެސް އިންސާނަކު އޭނާގެ ނަފުސާމެދު ނަފުރަތެއް ނުކުރާނެއެވެ. ނަމަވެސް އޭނާގެ ނަފުސާމެދު ކުލުނާއި އަޅާލުން ބަހައްޓައެވެ. ހަމައެފަދައިން އަލްމަސީޙު ވެސް މަސީޙީ ޖަމާޢަތާމެދުގައި އެ އުސޫލުން އަމަލު ކުރައްވައެވެ.
29 Certamente, ninguém jamais aborreceu a sua própria carne; ao contrário, cada qual a alimenta e a trata, como Cristo faz à sua Igreja -
30 ވީމާ، އަހަރެމެން ހުރިހާ އެންމެންނަކީ އެކަލޭގެފާނުގެ ހަށިކޮޅުގައިވާ އެކިއެކި ބައިތަކެވެ.
30 porque somos membros de seu corpo.
31 މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާން ކުރައްވާފައިވެއެވެ. ”ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާ ކައިވެނިކުރާން ޖެހެއޭ. އަދި އެ ދެމަފަރިން އެއް ހަށިގަނޑެއް ފަދައިން ވާންޖެހޭނެއޭ.“
31 Por isso, o homem deixará pai e mãe e se unirá à sua mulher, e os dois constituirão uma só carne {Gn 2,24}.
32 މިބަސްފުޅުތަކުގައި ވަންހަނާވެގެންވީ ވަރަށް ބޮޑު ސިއްރެއް އުނގަންނައި ދެއްވާފައިވެއެވެ. މި ބަސްފުޅުތައް އުނގަންނައި ދެއްވަނީ އަލްމަސީޙާއި މަސީޙީ ޖަމާޢަތާއި ދެމެދުގައިވާ ގުޅުމުގެ މައްޗަށްކަން އަހަރެންނަށް ދޭހަވެއެވެ.
32 Este mistério é grande, quero dizer, com referência a Cristo e à Igreja.
33 އެހެންވީމާ، ކޮންމެ ފިރިއަކު އޭނާގެ އަނބިމީހާ ދެކެ އޭނާގެ އަމިއްލަ ނަފުސާމެދު ލޯބިވާ ފަދައިން ލޯބިވާން ޖެހޭނެއެވެ. އަދި ކޮންމެ އަނތްބަކު އޭނާގެ ފިރިމީހާއަށް ޤަދަރު ކުރާން ޖެހޭނެވެސް މެއެވެ.
33 Em resumo, o que importa é que cada um de vós ame a sua mulher como a si mesmo, e a mulher respeite o seu marido.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Efésios 5, comparar traduções ou montar um estudo — tudo direto pelo WhatsApp.