Atos 6

ކިތާބުލް މުޤައްދަސް (DIV) vs VC

Sair da comparação
VC Versão Católica
1 އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.
1 Naqueles dias, como crescesse o número dos discípulos, houve queixas dos gregos contra os hebreus, porque as suas viúvas teriam sido negligenciadas na distribuição diária.
2 އެހެންކަމުން އީސާގެފާނުގެ މަންދޫބުން އެންމެން އެއްތަންކޮށް ޖަލްސާއެއްބާވާ އެމީހުންނަށް ބުންޏެވެ.
2 Por isso, os Doze convocaram uma reunião dos discípulos e disseram: Não é razoável que abandonemos a palavra de Deus, para administrar.
3 އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.
3 Portanto, irmãos, escolhei dentre vós sete homens de boa reputação, cheios do Espírito Santo e de sabedoria, aos quais encarregaremos este ofício.
4 އޭރުން އަހަރެމެންނަށް ދުޢާކުރުމުގައާއި އަދި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމުގައި ކުރިއަށް ދެވޭނެ.⁠“
4 Nós atenderemos sem cessar à oração e ao ministério da palavra.
5 އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.
5 Este parecer agradou a toda a reunião. Escolheram Estêvão, homem cheio de fé e do Espírito Santo; Filipe, Prócoro, Nicanor, Timão, Pármenas e Nicolau, prosélito de Antioquia.
6 މި ހަތް މީހުން އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެނެވުނެވެ. އަދި އެ މަންދޫބުން އެމީހުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްޖެއްސިއެވެ. އެއީ މިމީހުންނަކީ މި މަސައްކަތް ކުރުމަށް ހޮވިކަނޑައެޅިފައިވާ މީހުން ކަން އެންގުމަށެވެ.
6 Apresentaram-nos aos apóstolos, e estes, orando, impuseram-lhes as mãos.
7 މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.
7 Divulgou-se sempre mais a palavra de Deus. Multiplicava-se consideravelmente o número dos discípulos em Jerusalém. Também grande número de sacerdotes aderia à fé.
8 މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު އިސްތިފާނުއަށް ދެއްވައި ބަނީއިސްރާއީލު މީސްތަކުންގެ މެދުގައި އެތައް ހައިރާން ކުރުވަނިވި ކަންތަކަކާއި މުޢުޖިޒާތްތައް ވެސް ދެއްކުމުގެ ބާރު އޭނާއަށް ދެއްވިއެވެ.
8 Estêvão, cheio de graça e fortaleza, fazia grandes milagres e prodígios entre o povo.
9 ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.
9 Mas alguns da sinagoga, chamada dos Libertos, dos cirenenses, dos alexandrinos e dos que eram da Cilícia e da Ásia, levantaram-se para disputar com ele.
10 ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ.
10 Não podiam, porém, resistir à sabedoria e ao Espírito que o inspirava.
11 އެހެންކަމުން އެމީހުން ބަޔަކު ލައްވާ ދޮގު ވާހަކައެއް ފެތުރިއެވެ. މިމީހުން ބުންޏެވެ. ”⁠އިސްތިފާނު މާތްރަސްކަލާނގެ އާއި އަދި މޫސާގެފާނާއި ދެކޮޅަށް އެއްޗިހި ކީ އަޑު އަހަރެމެން އެހީން.⁠“
11 Então subornaram alguns indivíduos para que dissessem que o tinham ouvido proferir palavras de blasfêmia contra Moisés e contra Deus.
12 މިއަޑުއަހާ މީސްތަކުންނާއި ބަނީއިސްރާއީލުގެ ބޮޑުންނާއި އަދި ދީނުގެ ދަންނަބޭކަލުން ރުޅިއައެވެ. އަދި މިމީހުން އިސްތިފާނު ހައްޔަރުކޮށް ބަނީއިސްރާއީލުންގެ ދީނީ ކޯޓަށް ގެނައެވެ.
12 Amotinaram assim o povo, os anciãos e os escribas e, investindo contra ele, agarraram-no e o levaram ao Grande Conselho.
13 އެމީހުން އިސްތިފާނު އާއި މެދު ދޮގު ހެކި ދިނުމަށް އެތަނަށް ބަޔަކު ގެނައެވެ. އެ ދޮގު ހެކިން ބުންޏެވެ. ”⁠މީނާ އަބަދުވެސް ބައިތުލް މަޤްދިސާއި އަދި މޫސާގެފާނު މެދުވެރިކޮށް ފޮނުވުނު ޤާނޫނާއި ގަވާއިދުތަކާއި ދެކޮޅަށް ވާހަކަދައްކާ ހަދާ.
13 Apresentaram falsas testemunhas que diziam: Esse homem não cessa de proferir palavras contra o lugar santo e contra a lei.
14 އިސްތިފާނު ބުނާ އަޑު އަޅުގަނޑުމެން އެހީން. ’⁠ނާޒަރަތުގެ އީސާ މި ބައިތުލް މަޤްދިސް ނެތިކޮށްލާނެއޭ އަދި މޫސާގެފާނުގެ ފަރާތުން ލިބިފައިވާ އާދަކާދަތައް ވެސް އެ އީސާ ނައްތާލާނެއޭ.⁠‘⁠“
14 Nós o ouvimos dizer que Jesus de Nazaré há de destruir este lugar e há de mudar as tradições que Moisés nos legou.
15 އެ ކޯޓުގައި ވީ އެންމެން ވަރަށް ފަރުވާތެރިވެ އިސްތިފާނު އާއި ދިމާލަށް ބަލަން ތިއްބެވެ. އެވަގުތު އެމީހުންނަށް އިސްތިފާނުގެ މޫނު މަލާއިކަތެއްގެ މޫނު ފަދައިން ވިދާ ބަބުޅާ ތަން ފެނުނެވެ.
15 Fixando nele os olhos, todos os membros do Grande Conselho viram o seu rosto semelhante ao de um anjo.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Atos 6, comparar traduções ou montar um estudo — tudo direto pelo WhatsApp.