2 Tessalonicenses 3

ކިތާބުލް މުޤައްދަސް (DIV) vs ARA

Sair da comparação
ARA Almeida Revista e Atualizada 1993
1 އަޚުންނާއި އުޚުތުންނޭވެ! އެންމެފަހުން އަހަރެން ބުނަމެވެ. މާތްސާހިބާގެ ހެޔޮޚަބަރުފުޅު ނުހަނު އަވަހަށް ފެތުރިގެން ދިއުމަށް އެދި އަހަރެމެންނަށްޓަކައި ދުޢާކުރާށެވެ. އަދި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަނެކުން ވެސް އެ ޚަބަރުފުޅާއި މެދު ގަދަރު ކުރާނެހެން ވެސް ދުޢާކުރާށެވެ.
1 Finalmente, irmãos, orai por nós, para que a palavra do Senhor se propague e seja glorificada, como também está acontecendo entre vós;
2 އަދި ނުބައި ނުލަފާ މީސްތަކުންގެ ކިބައިން އަހަރެމެން ރައްކާތެރި ކޮށްދެއްވުމަށް އެދިގެން ވެސް ދުޢާ ކުރާށެވެ. ސަބަބަކީ ގިނަ މީސްތަކުންނީ ދިންނެވުން ލިބިދޭ އުފާވެރި ޚަބަރުފުޅަށް އީމާންވާ މީހުންކަމުގައި ނުވާތީއެވެ.
2 e para que sejamos livres dos homens perversos e maus; porque a fé não é de todos.
3 ނަމަވެސް މާތްސާހިބާ އަކީ ވަފާތެރި ފަރާތެވެ. އަދި ތިޔަބައިމީހުންނަށް ބާރުދެއްވައި ޝައިތާނާގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ދެއްވާނެއެވެ.
3 Todavia, o Senhor é fiel; ele vos confirmará e guardará do Maligno.
4 ހަމައެހެންމެ، ތިޔަބައިމީހުންނަށް އަހަރެމެން އުނގަންނައިދިން އަމުރުތަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެ، އަދި އެގޮތުގެ މަތިން އަމަލު ކުރުންމަތީގައި ދެމިތިބޭނޭ ކަމުގެ އިތުބާރާއި ޔަޤީންކަން ވެސް މާތްސާހިބާ އަހަރެމެންނަށް ދެއްވައެވެ.
4 Nós também temos confiança em vós no Senhor, de que não só estais praticando as coisas que vos ordenamos, como também continuareis a fazê-las.
5 މާތް ސާހިބާ ތިޔަބައިމީހުންނަށް މާތްކަލާނގެ ލޯތްބާއި، އަދި އެކަލޭގެފާނުގެ ކިބައިން އަންނަ ކެތްތެރިކަމާއި ތަހައްމަލްކުރުމުގެ ވިސްނުން ދެއްވާށި.
5 Ora, o Senhor conduza o vosso coração ao amor de Deus e à constância de Cristo.
6 އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.
6 Nós vos ordenamos, irmãos, em nome do Senhor Jesus Cristo, que vos aparteis de todo irmão que ande desordenadamente e não segundo a tradição que de nós recebestes;
7 އަހަރެމެން އަމަލު ކުރި ފަދައިން ތިޔަބައިމީހުން އަމަލު ކުރާން ޖެހޭނޭކަން ވަރަށް ރަނގަޅަށް ތިޔަބައިމީހުންނަށް އެނގޭނެއެވެ. ތިޔަބައިމީހުންނާއި އެކުގައި އަހަރެމެން ތިބިހިނދު އަހަރެމެންނަކީ ކަންނެތްބައެއް ނޫނެވެ.
7 pois vós mesmos estais cientes do modo por que vos convém imitar-nos, visto que nunca nos portamos desordenadamente entre vós,
8 އަދި އެއްވެސް މީހެއްގެ އެއްޗެއް އަހަރެމެން ހިލޭ ނުކަމެވެ. އަހަރެމެންނަކީ ތިޔަބައިމީހުންނަށް ބުރައެއް ކަމުގައި ނުވުމަށްޓަކައި ދުވާލާއި ރޭގަނޑު އަހަރެމެން ނުހަނު ބުރަކޮށް މަސައްކަތް ކުރީމެވެ.
8 nem jamais comemos pão à custa de outrem; pelo contrário, em labor e fadiga, de noite e de dia, trabalhamos, a fim de não sermos pesados a nenhum de vós;
9 ތިޔަބައިމީހުންގެ އެދުރުން ކަމުގައިވާތީ އަގަކާނުލައި އަހަރެމެންނަށް ކާބޯތަކެތި ލިބިދިނުމުގެ ޙައްޤު އަހަރެމެންނަށް ލިބިގެންވިއެވެ. ނަމަވެސް އަހަރެމެން ބޭނުންވީ ތިޔަބައިމީހުންނަށް އަހަރެމެންނަކީ ނަމޫނާއެއް ކަމުގައި ވުމެވެ.
9 não porque não tivéssemos esse direito, mas por termos em vista oferecer-vos exemplo em nós mesmos, para nos imitardes.
10 އަދި ތިޔަބައިމީހުންގެ ތެރޭގައި އަހަރެމެންވީ ހިނދު އަހަރެމެން މިހެން ބުނީމެވެ. ”⁠މަސައްކަތް ކުރަން ބޭނުނުން ނުވާ މީހަކަށް ކާންދީގެން ނުވާނެ.⁠“
10 Porque, quando ainda convosco, vos ordenamos isto: se alguém não quer trabalhar, também não coma.
11 ނަމަވެސް ތިޔަބައިމީހުންގެ ތެރެއިން ބައެއް ފަރާތްތައް މަސައްކަތް ކުރުމަށް އިންކާރުކޮށް ބޭކާރު ގޮތުގައި ވަގުތު ހޭދަ ކުރާ ވާހަކަ އަހަރެމެން އަޑުއެހީމެވެ. އަދި އެފަރާތްތަކާއި ނުބެހޭ ކަންތައްތަކުގައި ޝާމިލުވެ ކަން ބަލަމުން ދާ ބައެއް ކަމުގެ އަޑު ވެސް އަހަރެމެން އެހީމެވެ.
11 Pois, de fato, estamos informados de que, entre vós, há pessoas que andam desordenadamente, não trabalhando; antes, se intrometem na vida alheia.
12 ވީމާ، އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙަށްޓަކައި ތިޔަބައިމީހުންގެ ކައިރީގައި އާދޭސްކޮށް ބުނަމެވެ. މިފަދަ މީހުން ރަނގަޅަށް ހަމަޖެހި ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާށެވެ.
12 A elas, porém, determinamos e exortamos, no Senhor Jesus Cristo, que, trabalhando tranquilamente, comam o seu próprio pão.
13 އަޚުންނާއި އުޚުތުންނޭވެ! ހެޔޮ އަމަލުތައް ކުރުމުގައި ތިޔަބައިމީހުން ފޫހި ނުވާށެވެ.
13 E vós, irmãos, não vos canseis de fazer o bem.
14 މި ސިޓީގައި އަހަރެމެން އަންގާފައިވާ ކަންތައްތަކާއި މެދުގައި ކިޔަމަންތެރިވުމަށް ދެކޮޅު ހަދާ ފަރާތްތައް ފާހަގަކޮށް އެމީހުންނާ އެކަހެރިވާށެވެ. އޭރުން އެބައިމީހުން ލަދުވެތިވެ ބަދަލުވެދާނެއެވެ.
14 Caso alguém não preste obediência à nossa palavra dada por esta epístola, notai-o; nem vos associeis com ele, para que fique envergonhado.
15 އެބައިމީހުންނީ ތިޔަބައިމީހުންގެ ޢަދުއްވުން ކަމުގައި ނުވިސްނާށެވެ. އެހެނަސް އީމާންތެރިކަމުގައިވާ އަޚަކު ނުވަތަ އުޚުތަކު ނަސޭޙަތްތެރިވާ ފަދައިން އިންޒާރު ކުރާށެވެ.
15 Todavia, não o considereis por inimigo, mas adverti-o como irmão.
16 އަހަރެންގެ ދުޢާ އަކީ ސުލްހައިގެ ވެރި މާތްސާހިބާ ތިޔަބައިމީހުންގެ ހިތްތަކަށް ހުރިހާ ވަގުތުތަކާއި ޙާލަތުތަކުގައި ވެސް ސުލްޙަވެރިކަން ދެއްވުމެވެ.
16 Ora, o Senhor da paz, ele mesmo, vos dê continuamente a paz em todas as circunstâncias. O Senhor seja com todos vós.
17 އަހަރެން ޕައުލް މި ތަހުނިޔާ މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެއީ އަހަރެންގެ ހުރިހާ ސިޓީތައް ވަކިކުރުމަށްޓަކައި ނިޝާނެއްގެ ގޮތުގައެވެ. އެއީ އަހަރެން ލިޔާގޮތެވެ.
17 A saudação é de próprio punho: Paulo. Este é o sinal em cada epístola; assim é que eu assino.
18 އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނިޢުމަތްފުޅު ތިޔައެންމެނާއެކުގައި ވާށިއެވެ.
18 A graça de nosso Senhor Jesus Cristo seja com todos vós.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Tessalonicenses 3, comparar traduções ou montar um estudo — tudo direto pelo WhatsApp.