2 Timóteo 4

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ.
1 Conjuro-te, pois, diante de Deus e do Senhor Jesus Cristo, que há de julgar os vivos e os mortos, na sua aparição e no seu reino;
2 މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.
2 que pregues a palavra, instes a tempo e fora de tempo, reprove, repreendas, exortes com toda longanimidade e doutrina.
3 ސައްޙަ ތައުލީމެއްގެ އަޑުއަހަން މީސްތަކުންނަށް ކެތްނުކުރެވޭނެ ފަދަ ދުވަހެއް އަންނާނެއެވެ. އޭގެ ބަދަލުގައި އެމީހުން އަހާހިތްވާނީ އެމީހުންގެ ކަންފަތްތަކުގެ ކެހުން ފިލާފަލަ ބަސްތަކެވެ. އެމީހުން ހިތް އެދޭ އެފަދަ ބަސްތައް ބުނާ އެދުރުން ވަށާލެވޭތޯ އެމީހުން ބަލާނެއެވެ.
3 Porque virá tempo em que não suportarão a sã doutrina; mas, conforme as suas próprias concupiscências, amontoarão para si mestres, tendo comichão nos ouvidos;
4 އެމީހުން ޙަޤީޤީ ބަސްތައް އަޑުއެހުން ދޫކޮށްލައި އެމީހުން އެނބުރި ގަންނާނީ ފުލޯކުވާހަކަތަކުގެ ފަހުން ދިއުމަށެވެ.
4 e desviarão os seus ouvidos da verdade, voltando às fábulas.
5 އެކަމަކު ކޮންމެ ޙާލަތެއްގައި ވެސް ތިބާގެ ވިސްނުން ސާފުކަމާއެކު ބަހައްޓާށެވެ. މާތް ސާހިބާއަށްޓަކައި އުފުލަންޖެހޭ ވޭން ބަރުދާސްތު ކުރާށެވެ. އަލްމަސީޙުގެ ކިބަޔަށް މީސްތަކުން ގެނައުމަށް މަސައްކަތް ކުރާށެވެ. ތިބާއަށް މާތްރަސްކަލާނގެ ދެއްވި އުނގަންނައި ދިނުމާއެކު މަސައްކަތް ފުރިހަމަ ކުރާށެވެ.
5 Tu, porém, vigiai em todas as coisas; sofre as aflições, faze a obra de um evangelista, faz plena demonstração do teu ministério.
6 އަހަރެން ނިމިދިއުމުގެ ވަގުތު މިހާރު މިވަނީ އައިސްފައެވެ. އަދި އަހަރެންގެ ޙަޔާތު މިވަނީ މާތްރަސްކަލާނގެއަށްޓަކައި ހުށަހެޅުމަށް ތައްޔާރުވެފައިވާ ޙާލަތެއްގައެވެ.
6 Porque já estou pronto para ser oferecido, e o tempo da minha partida está próximo.
7 އަހަރެންނަށް ކުރެވުނީ ރަނގަޅު ހަނގުރާމައެކެވެ. އަހަރެން އީމާންކަމުގައި ދެމިހުރެ ޙަޔާތުގެ ރޭސް ނިންމީމެވެ.
7 Combati o bom combate, terminei a minha carreira, guardei a fé.
8 މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
8 Desde agora, a coroa de justiça me está guardada, a qual o Senhor, o justo juiz, me dará naquele dia; e não somente a mim, mas também a todos os que amam a sua aparição.
9 ވީހާ ވެސް އަވަހަށް އަހަރެން ދުށުމަށް ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ.
9 Procura vir ter comigo depressa.
10 ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.
10 Porque Demas me desamparou, amando este mundo presente, e partiu para Tessalônica; Crescente, para a Galácia, Tito, para a Dalmácia.
11 އަހަރެންގެ ކައިރީގައި ހުރީ ލޫކާސް އެކަންޏެވެ. ތިބާ އަންނައިރު މަރުކުސް ހޯދައި އޭނާ ގޮވައިގެން އައުން އެދެމެވެ. އެހެނީ އަހަރެންގެ މި މަސައްކަތަށް އޭނާގެ އެހީތެރިކަން އަހަންނަށް ލިބޭނެއެވެ.
11 Só Lucas está comigo. Toma Marcos e traze-o contigo, porque ele me é proveitoso no ministério.
12 އަހަރެން ތިޚީކުސް އެފޭސުސްއަށް ފޮނުވައިފީމެވެ.
12 E Tíquico enviei a Éfeso.
13 ތިބާ އަންނައިރު ތުރުއަސްގެ ކަރިޕޫހު އަތަށް އަހަރެން ދީފައިވާ އަހަރެންގެ ކޯޓް ގެނެސް ދޭށެވެ. ތިބާ އަންނައިރު އަހަރެންގެ ފަތްތޫރަތައް ހަނދާން ނައްތާނުލާ ގެނެސް ދިނުމަށް އެދެމެވެ. އަދި ޚާއްސަކޮށް ކަންބަޅި ހަމުގައި ތައްޔާރުކޮށްފައިވާ ފަތްފުށްތަކެވެ.
13 A capa que deixei em Trôade, com Carpo, quando vieres, traze contigo; e também os livros, especialmente os pergaminhos.
14 ކަފުލޮއިގެ މަސައްކަތްކުރާ އިސްކަންދަރު ވަރަށް އިހާނެތިކޮށް އަހަންނާއި މެދު އަނިޔާވެރި ވިއެވެ. މާތްސާހިބާ އޭނާގެ އަމަލުތަކަށް ޙައްޤު ޖަޒާ ދެއްވާނެވެ.
14 Alexandre, o caldeireiro, me fez muito mal; o Senhor lhe recompense segundo as suas obras.
15 އޭނާ އާއިމެދު ސަމާލު ވާށެވެ. އެއީ އަހަރެމެންގެ އުނގަންނައިދިނުން ތަކާއި މެދު އޭނާ ވަރަށް ދެކޮޅުވެރި ވީމައެވެ.
15 Tu, guarda-te também dele, porque ele resistiu muito às nossas palavras.
16 ފުރަތަމަ ފަހަރަށް އަހަރެން އިންސާފުގެ ކުރިމައްޗަށް ގެނެވުނު ހިނދު އެއްވެސް މީހަކު އަހަންނާއިއެކުގައި ނުވެއެވެ. ހުރިހާ އެންމެން އަހަރެން ދޫކޮށްލުމަށް ފަހު ދިޔައީއެވެ. މިކަމަށްޓަކައި މާތްކަލާނގެ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވާށިއެވެ.
16 Na minha primeira defesa, ninguém estava comigo; antes, todos me desampararam. Oro a Deus que isto lhes não seja imputado.
17 ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.
17 Mas o Senhor estava comigo e fortaleceu-me, para que, através de mim, a pregação fosse totalmente conhecida e todos os gentios a ouvissem; e fui salvo da boca do leão.
18 އާއެކެވެ. މާތްސާހިބާ ކޮންމެ ފަހަރަކު ވެސް މިފަދަ ނުބައިވެގެންވީ ކޮންމެ ހަމަލާއަކުން އަހަރެން ސަލާމަތްކޮށް އެކަލޭގެފާނުގެ ސުވަރުގޭގެ ރަސްކަމަށް އަހަރެން ގެންދަވާނެއެވެ. ހުރިހާ ވެސް ޖަލާލުވަންތަކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!
18 E o Senhor me livrará de toda má obra e me preservará para o seu reino celestial; a quem seja glória para todo o sempre. Amém.
19 އަހަރެންގެ ތަހުނިޔާ ޕްރިސިލާ އަށާއި އަކީލާގެ އިތުރުން އޮނެސިޕޯރަސްގެ އާއިލާއަށް ރައްދުކޮށްދޭށެވެ.
19 Saúda a Prisca, e a Áquila, e à casa de Onesíforo.
20 އެރަސްތުސް މިހާރު ހުންނާނީ ކޮރިންތުގައެވެ. މިލޭތުސްއިން އަހަރެން ފުރިއިރު ތުރޯފިމުސް އުޅެނީ ބަލިވެއެވެ.
20 Erasto ficou em Corinto, e deixei Trófimo doente em Mileto.
21 ފިނި މޫސުމް އައުމުގެ ކުރިން ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. އެއުބޫލު، ޕިޔުޑެންސް، ލީނުސްގެ އިތުރުން ކިލާއުދިޔާ ވެސް ތިބާއަށް ތަހުނިޔާ ފޮނުވަމެވެ. އަދި އިތުރަށް މަސީހީންގެ އެންމެހާ ފަރާތްތައް މި ތަހުނިޔާގައި ޝާމިލު ކުރަމެވެ.
21 Procura vir antes do inverno. Saúdam-te Êubulo, Prudente, Lino, Cláudia, e todos os irmãos.
22 މާތްސާހިބާ ރޫޙީގޮތުން ތިބާއާއެކުގައި ވާށިއެވެ. އަދި ތިޔަ އެންމެންނަށް އެކަލޭގެފާނުގެ ނިޢުމަތް ލައްވާށިއެވެ. އާމީން!
22 O Senhor Jesus Cristo seja com o teu espírito. A graça seja convosco. Amém.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Timóteo 4, comparar traduções ou montar um estudo — tudo direto pelo WhatsApp.