2 Timóteo 3

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ތިމޮތީއެވެ. މިކަންތައް ތިބާއަށް ވެސް އެނގެންޖެހެއެވެ. އެންމެ ފަހު ދުވަސްތައް ގުނެމުން ދާއިރު އެއީ އުނދަގޫ ވަގުތުތަކެއް ކަމުގައިވާނެއެވެ.
1 Lembre disto: nos últimos dias haverá tempos difíceis.
2 އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ.
2 Pois muitos serão egoístas, avarentos, orgulhosos, vaidosos, xingadores, ingratos, desobedientes aos seus pais e não terão respeito pela religião.
3 އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ.
3 Não terão amor pelos outros e serão duros, caluniadores, incapazes de se controlarem, violentos e inimigos do bem.
4 ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ.
4 Serão traidores, atrevidos e cheios de orgulho. Amarão mais os prazeres do que a Deus;
5 މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.
5 parecerão ser seguidores da nossa religião, mas com as suas ações negarão o verdadeiro poder dela. Fique longe dessa gente!
6 މިފަދަ ބައެއް މީހުން ގޭގެއަށް ގޮސް އެގޭގައި އުޅޭ ފާފަތަކުގެ ޝިކާރައަކަށްވެ އަދި ފާހިޝް އެދުންތަކުން ކަޅިވެފައިވާ ބަލިކަށި އަންހެނުންތައް ހައްލާލައެވެ.
6 Alguns deles entram nas casas e conseguem dominar mulheres fracas, que estão cheias de pecados e que são levadas por todo tipo de desejos.
7 މިފަދަ އަންހެނުން އަބަދުވެސް އާ ތަކެތި އެނގެން ބޭނުންވެއެވެ. އެހެނަސް އެމީހުންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ނުވެއެވެ.
7 São mulheres que estão sempre tentando aprender, mas nunca chegam a conhecer a verdade.
8 އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ.
8 Assim como Janes e Jambres foram contra Moisés, assim também esses homens são contra a verdade. Eles perderam o juízo e fracassaram na fé.
9 އެމީހުންނަކަށް މާބޮޑު ކާމިޔާބީއެއް މިކަމުގައި ލިބުމެއް ނެތެވެ. އެހެނީ އެމީހުންގެ މޮޔަކަން ޔައްނީސް އާއި ޔަމްބިރީސްއާ މެދު ކަންތައް ވީފަދައިން އެންމެންނަށް ފާޅުގެން ހިނގައިދާނެއެވެ.
9 Mas não irão longe, pois todos verão como eles são tolos. Foi isso que aconteceu com Janes e Jambres.
10 ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ.
10 Mas você tem seguido os meus ensinamentos, a minha maneira de agir e o propósito que tenho na minha vida. E tem seguido também a minha fé, a minha paciência, o meu amor, a minha perseverança,
11 ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.
11 as minhas perseguições e os meus sofrimentos. Você sabe tudo o que me aconteceu nas cidades de Antioquia, de Icônio e de Listra. Que terríveis perseguições eu sofri! Porém o Senhor me livrou de todas elas.
12 އީސާ އަލްމަސީޙާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ.
12 Todos os que querem viver a vida cristã unidos com Cristo Jesus serão perseguidos.
13 އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.
13 Porém as pessoas más e fingidas irão de mal a pior, enganando e sendo enganadas.
14 ތިބާއަށް ދަސްވެ ޔަޤީންވެފައިވާ ކަންތައް ކުރުންމަތީ ދެމިހުންނާށެވެ. އެހެނީ އެކަންތައް ތިބާއަށް ދަސްކޮށްދިނީ ކޮންފަރާތެއްކަން ތިބާއަށް އެނގޭނެ މެއެވެ.
14 Quanto a você, continue firme nas verdades que aprendeu e em que creu de todo o coração. Você sabe quem foram os seus mestres na fé cristã.
15 ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.
15 E, desde menino, você conhece as Escrituras Sagradas , as quais lhe podem dar a sabedoria que leva à salvação, por meio da fé em Cristo Jesus.
16 މި ހުރިހާ ފަތްފުށްތަކަކަކީ މާތްރަސްކަލާނގެ ދެއްވި ހިދާޔަތުގެ މަތިން ލިޔެވިފައިވީ ބަސްފުޅު ތަކެވެ. މިހުރިހާ ފަތްފުށްތަކެއް އަންގައިދިނުން މުހިންމު ވެގެން ވަނީ މީސްތަކުންނަށް ތެދުމަގު ދައްކައި ދިނުމާއި މީސްތަކުން ނޭދެވޭ އަމަލުތަކުން އެއްކިބާ ކުރުވުމަށް ނަސޭހަތްތެރިވެ އިސްލާޙު ކުރުމާއި ހެޔޮގޮތުގައި ދިރިއުޅުމަށް އިރުޝާދު ދިނުމެވެ.
16 Pois toda a Escritura Sagrada é inspirada por Deus e é útil para ensinar a verdade, condenar o erro, corrigir as faltas e ensinar a maneira certa de viver.
17 މި ފަތްފުށްތައް މާތްރަސްކަލާނގެ ޚާދިމުންނަށް ހެޔޮ ގޮތުގައި ހުރިހާ ރަނގަޅު ކަމެއް ކުރުމަށް ދަސްކޮށް ދެއެވެ.
17 E isso para que o servo de Deus esteja completamente preparado e pronto para fazer todo tipo de boas ações.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Timóteo 3, comparar traduções ou montar um estudo — tudo direto pelo WhatsApp.