2 Samuel 7
ކިތާބުލް މުޤައްދަސް (DIV) vs NVT
1 ދާއޫދު ރަސްގެފާނު، އާ ގަނޑުވަރަށް ވަޑައިގެން އުޅުއްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ރަސްކަމަށް އަދާވާތްތެރިންގެ ކިބައިން އަމާންކަން މާތްރަސްކަލާނގެ ލެއްވިއެވެ.
1 Quando o rei Davi já havia se estabelecido em seu palácio e o S enhor lhe tinha dado descanso de todos os inimigos ao redor,
2 އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.“
2 mandou chamar o profeta Natã. O rei disse: “Veja, moro num palácio, uma casa de cedro, enquanto a arca de Deus está lá fora, numa simples tenda”.
3 ނާޘާން ނަބީކަލޭގެފާނު ދެންނެވިއެވެ. ”ކަލޭގެފާނު ހިތްޕުޅާވާ ގޮތަކަށް ކަންތައް ކުރައްވަންވީނު. މާތްރަސްކަލާނގެ ވަނީ ކަލޭގެފާނާ އެކު.“
3 Natã respondeu ao rei: “Faça o que tem em mente, pois o S enhor está com o rei”.
4 އެރޭ މާތްރަސްކަލާނގެ ބަސްފުޅު ނާޘާން ނަބީކަލޭގެފާނަށް އިއްވެވިއެވެ.
4 Naquela mesma noite, porém, o S enhor disse a Natã:
5 ”ގޮސް ތިމަންކަލާނގެ ޚާދިމު ދާއޫދު ގާތު ބުނޭ، ’މިއީ ތިމަންކަލާނގެ ބަސްފުޅޭ: އަޑުއަހާށޭ! ތިމަންކަލާނގެ އުޅުއްވާނެ ގެއެއް ތައްޔާރު ކޮށްދޭން ޖެހެނީ ކަލޭގެފާނުހޭ؟
5 “Vá e diga a meu servo Davi que assim diz o S enhor : ‘Acaso cabe a você construir uma casa para eu habitar?
6 ތިމަންކަލާނގެ އިސްރާއީލުގެ މީހުން މިޞްރުން ނެރުއްވީއްސުރެން ވެސް ތިމަންކަލާނގެ ގެއެއްގައި ވޮޑިގެންފައެއް ނުވާނެޔޭ. ތިމަންކަލާނގެ ވޮޑިގެންފައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރި ފޭލިގެއެއްގައޭ.
6 Desde o dia em que tirei os israelitas do Egito até hoje, nunca morei numa casa. Sempre acompanhei o povo de um lugar para o outro numa tenda, num tabernáculo.
7 ތިމަންކަލާނގެ ދަތުރު ކުރެއްވިއިރު ތިމަންކަލާނގެ މީސްތަކުންގެ މައްޗަށް މަގު ދައްކާ އިސްކުރި އެއްވެސް ވެރިޔެއްގެ ގާތު ތިމަންކަލާނގެއަށް ސަނޫބަރު ލަކުޑިން ގެއެއް އަޅާދޭށޭ ބުނެފައިވޭ ހެއްޔޭ؟‘“
7 E, no entanto, onde quer que eu tenha ido com os israelitas, nunca me queixei às tribos de Israel e aos pastores de meu povo. Nunca lhes perguntei: Por que não construíram para mim um palácio, uma casa de cedro?’.
8 ”ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ.
8 “Agora vá e diga a meu servo Davi que assim diz o S enhor dos Exércitos: ‘Eu o tirei das pastagens onde você cuidava das ovelhas e o escolhi para ser o líder de meu povo, Israel.
9 ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ.
9 Estive com você por onde andou e destruí todos os seus inimigos diante de seus olhos. Agora, tornarei seu nome tão conhecido quanto o dos homens mais importantes da terra!
10 އަދި ތިމަން ރަސްކަލާނގެ މީހުންނަށް ގޮވައްޗެއް ދެއްވާނަމޭ. އަދި އަދާވާތްތެރިންގެ ފަރާތުން ތިމަންކަލާނގެ މީހުންނަށް އުނދަގުލެއް ނުވާނެ ފަދަ ތަނެއްގައި އެމީހުން ލަހައްޓަވާނަމޭ.
10 Providenciarei uma terra para meu povo, Israel, e os plantarei num lugar seguro, onde jamais serão perturbados. Nações perversas não os oprimirão como fizeram no passado,
11 އިސްރާއީލީންގެ މައްޗަށް ފަނޑިޔާރުން ލެއްވީއްސުރެން އެމީހުންނަށް އަދާވާތްތެރިން ދޭ ހަމަލަތަކުން ތިމަންކަލާނގެ އެމީހުން ރައްކާތެރި ކޮށްދެއްވީމޭ. އަދި މީގެކުރީގައި ނުލަފާ މީހުންގެ ކިބައިން އެމީހުންނަށް އައި ފަދަ ހަމަލަތައް އައުން ތިމަންކަލާނގެ ހުއްޓުވާނަމޭ.
11 desde o tempo em que nomeei juízes para governar meu povo, Israel. Eu lhes darei descanso de todos os seus inimigos’. “‘Além disso, o S
12 ކަލޭގެފާނުގެ ދުވަސްތައް ނިމި ކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި އަރާމު ކުރަން ދިއުމުން ކަލޭގެފާނުގެ ދަރިޔަކު ރަސްކަމަށް އިސްކުރައްވައި އެ ރަސްކަން ތިމަންކަލާނގެ ބާރުވެރި ކުރައްވައި ދެއްވާނަމޭ.
12 Pois, quando você morrer e for sepultado com seus antepassados, escolherei um de seus filhos, de sua própria descendência, e estabelecerei seu reino.
13 ތިމަންކަލާނގެ ނަންފުޅުގައި ގެއެއް އަޅާނީ އޭނާއޭ، އަދި ތިމަންކަލާނގެ އޭނާ ރަސްކަމުގެ ތަޚުތު އަބަދުވެސް ގާއިމު ކުރައްވާނަމޭ.
13 Ele é que construirá uma casa para meu nome, e estabelecerei seu trono para sempre.
14 އެދުވަހުން އޭނާގެ ބަފައަކަށް ވާ ހުށީ ތިމަން ރަސްކަލާނގެއޭ، އަދި އޭނާ ވާހުށީ ތިމަންކަލާނގެ ދަރިއަކަށޭ. އޭނާ ފާފައެއް ކޮށްފިއްޔާ އެހެން ވެސް މައިންބަފައިން ފަދައިން އޭނާއަށް ތިމަންކަލާނގެ އަދަބު ދެއްވާހުށީމޭ،
14 Eu serei seu pai, e ele será meu filho. Se ele pecar, eu o corrigirei e disciplinarei com a vara, como qualquer outro pai faria.
15 އެކަމަކު ޝާއުލް ރަސްގެފާނުގެ ކިބައިން ތިމަންކަލާނގެ ރުހިވޮޑިގަތުން އުފުއްލަވައި ދުރަށް ލެއްވި ފަދައަކުން އޭނާއާ މެދު ތިމަންކަލާނގެވާ ލޯތްބެއް ނުއުފުއްލަވާ ހުށީމޭ.
15 Contudo, não retirarei dele meu favor, como o retirei de Saul, quando o removi do seu caminho.
16 ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.‘“
16 Sua casa e seu reino continuarão para sempre diante de mim, para sempre, e seu trono será estabelecido para sempre’”.
17 ނާޘާން ނަބީކަލޭގެފާނު އައިސް މާތްރަސްކަލާނގެ ވަޙީބަސްފުޅު ދާއޫދުގެފާނަށް ދަންނަވައިފިއެވެ.
17 Natã voltou até Davi e contou ao rei tudo que o S enhor lhe tinha revelado.
18 ދާއޫދުގެފާނު ވަޑައިގެން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނަވައި ދުޢާ ކުރެއްވިއެވެ.
18 Então o rei Davi entrou no santuário, pôs-se diante do S enhor e orou: “Quem sou eu, ó Soberano S
19 އިނބަރަސްކަލާނގެ މިއަޅާއަށް ތިޔަ ދެއްވާ ޤަދަރު މި ހިސާބުން ވެސް ނިންމަވާ ނުލައްވައި މިއަޅާގެ ދަރިކޮޅުގެ މީހުންނަށް ވެސް އިނބަރަސްކަލާނގެ މިރަސްމަތިފުޅު ތިޔަދެއްވަނީ.
19 E agora, Soberano S enhor , como se isso não bastasse, dizes que dará a teu servo uma dinastia duradoura! Tratas a todos dessa forma, ó Soberano S enhor ?
20 މިދާއޫދު ދެން ދަންނަވާނީ ވެސް ކީކޭތޯ؟ ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ޚާދިމަކީ ކާކުކަން އިނބަރަސްކަލާނގެއަށް އެނގިވޮޑިގަންނަވާނެ.
20 “Que mais posso dizer-te? Tu sabes como teu servo é de fato, ó Soberano S enhor .
21 އިނބަރަސްކަލާނގެ ވަޢުދުފުޅާ އެއްގޮތަށް އިނބަރަސްކަލާނގެ އިރާދަފުޅުން މިއޮތްހާ ބޮޑެތިކަންތައް އިނބަރަސްކަލާނގެ ޚާދިމަށް ޓަކައި ތިޔަ ކުރައްވަމުން ގެންދަވަނީ. އަދި އެކަންތައް މިއަޅާއަށް ހާމަވެސް ތިޔަ ކޮށް ދެއްވަވަނީ.
21 Por causa de tua promessa e de acordo com tua vontade, fizeste todas estas grandes coisas e as tornaste conhecidas a teu servo.
22 އިނބަރަސްކަލާނގެ މަތިވެރިކަން ކިހާ މަތިވެރިތޯ! ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއާ އެއްފަދަ އެއްވެސް އެހެން ފަރާތެއް ނުވޭ. އެފަދަކަލެއްގެ ވާހަކަ އަޅަމެންގެ ކަންފަތަށް އިވިފައިއެއް ވެސް ނުވޭ.
22 “Quão grande és, ó Soberano S enhor ! Não há ninguém igual a ti! Jamais ouvimos falar de outro Deus como tu!
23 އިނބަރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ.
23 Engrandeceste teu nome ao livrar teu povo do Egito. Realizaste milagres impressionantes e removeste as nações e os deuses do caminho de teu povo.
24 އިނބަރަސްކަލާނގެ ވަނީ އިސްރާއީލީންނަކީ އިނބަރަސްކަލާނގެ މީހުންކަމުގައި އަބަދަށްޓަކައި ހައްދަވާފައި. އޭ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ވަނީ އެމީހުންގެ ކަލާނގެ ކަމަށްވެ ވޮޑިގެންފައި!
24 Fizeste de Israel teu próprio povo para sempre, e tu, ó S enhor , te tornaste seu Deus.
25 އޭ މަތިވެރިރަސްކަލާނގެ! މިއަޅާގެ އާއިލާއަށް ދެއްވާނެކަމަށް ވަޢުދުކުރެއްވި ކަންތައް އެގޮތުގައި ހިންމަވާށި!
25 “E agora, ó S enhor Deus, sou teu servo; faze o que prometeste a meu respeito e de minha família. Confirma-o como uma promessa que durará para sempre.
26 އެގޮތުން އިނބަރަސްކަލާނގެ ނަންފުޅު ދާއިމަށް މަތިވެރި ކުރައްވާށި! އޭރުން މީސްތަކުން ބުނާނެ. ’އުޑުތަކުގެ ލަޝްކަރުގެވެރި ރަސްކަލާނގެއަކީ އިސްރާއީލުންގެ ވެސް ވެރި ރަސްކަލާނގެއޭ!‘ އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެ ރަސްމަތިފުށް އިނބަރަސްކަލާނގެ ކުރިފުޅުމަތީގައި އަބަދުވެސް ދަމަހައްޓަވާށި.
26 Que o teu nome seja honrado para sempre, a fim de que todos digam: ‘O S enhor dos Exércitos é o Deus de Israel!’. E que a dinastia de teu servo Davi permaneça diante de ti para sempre.
27 އޭ މާތްރަސްކަލާނކޯ! އިސްރާއީލުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނކޮ! މިއަޅާއަށް އިނބަރަސްކަލާނގެ މިހެން އަންގަވައިފި: ’ކަލެއަށް ތިމަންކަލާނގެ ރަސްމަތިފުށެއް ދެއްވާނަމޭ.‘ އެހެންކަމުން މިއަޅާއަށް މި ދުޢާ އިނބަރަސްކަލާނގެއަށް ދެންނެވުމުގެ ހިތްވަރު ލިބިއްޖެ.
27 “Ó S enhor dos Exércitos, o Deus de Israel, tive a coragem de fazer-te esta oração porque revelaste tudo isso a teu servo ao dizer: ‘Farei uma casa para você, uma dinastia real!’.
28 ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެއީ އެންމެ މަތިވެރި ރަސްކަލާނގެ. އިނބަރަސްކަލާނގެ ބަސްފުޅަކީ ޙައްޤުތެދު. އިނބަރަސްކަލާނގެ މިއަޅާއަށް ވަޢުދުފުޅު ވަނީ މިއަޅާއާ މެދު ހެޔޮކޮށް ކަންތައް ކުރެއްވުމަށް.
28 Pois tu és Deus, ó Soberano S enhor . Tuas palavras são verdadeiras, e tu prometeste estas coisas boas a teu servo.
29 އެހެންކަމުން އިނބަރަސްކަލާނގެ ރުއްސެވުން މިއަޅާއަށާއި މިއަޅާގެ އާއިލާއަށް އަބަދުވެސް ބަރަކާތް ލައްވާނެ ފަދައިން މެދުވެރި ކުރައްވާށި! އަދި ދާއިމަށް އިނބަރަސްކަލާނގެ ބެއްލެވުމުގެ ދަށުގައި އަޅަމެން ލަހައްޓަވާށި. ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ބަރަކާތް ތާއަބަދު އިނބަރަސްކަލާނގެ ޚާދިމުގެ ދަރިފަސްކޮޅަށް ލައްވާނެ ކަމުގެ ވަޢުދުފުޅު ކުރެއްވީމު.“
29 E agora, que seja do teu agrado abençoar a casa de teu servo, para que ela permaneça para sempre diante de ti. Pois tu falaste, ó Soberano S enhor , e quando concedes uma bênção a teu servo, é uma bênção para sempre!”.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Samuel 7, comparar traduções ou montar um estudo — tudo direto pelo WhatsApp.