2 Samuel 6

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ދާއޫދުގެފާނު އިސްރާއީލުގެ އެންމެ ވަރުގަދަ ސިފައިން އެއްކުރައްވައިފިއެވެ. އެއީ ތިރީސްހާސް ހަނގުރާމަވެރިންނެވެ.
1 Mais uma vez Davi reuniu os melhores soldados de Israel, num total de trinta mil homens.
2 ދެން އެމީހުން ގޮވައިގެން ޔަހޫޛާގެ ބައަލާއަށް ވަޑައިގެންފިއެވެ. އެމީހުން މި ދިޔައީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅަށް ނިސްބަތްވާ ޢަހުދުނާމާ ފޮށިކޮޅު ބަލައެވެ. އެ ފޮށިކޮޅަކީ އޭގެ މަތިގަނޑުގައި ތިއްބަވާ ކުޑަތާމަލާއިކަތުންގެ ފިޔަފުޅު ދަށުގައި ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ތަޚުތުފުޅު ވާކަމަށް ބުނެވޭ ފޮށިކޮޅެވެ.
2 Levou-os à cidade de Baalá, em Judá, para pegarem a arca da aliança , que tem o nome do Senhor Todo-Poderoso, que se assenta no seu trono, entre os querubins .
3 ދާއޫދުގެފާނުގެ މީހުން އެ ފޮށިކޮޅު ނެރެން ފަރުބަދަ މަތީގައިވާ އަބީނާދާބްގެ ގެޔަށް ވަދެއްޖެއެވެ. ދެން އެމީހުން އެ ފޮށިކޮޅު އާ ގެރި ގާޑިޔަލަކަށް ލައިފިއެވެ. އަބީނަދާބުގެ ދެ ދަރިން ކަމަށްވާ ޢުއްޒާ އާއި އަޚީޔޫ ގާޑިލަށް މަގުދައްކަމުން އައެވެ.
3 Colocaram a arca num carro de bois, novo, e a tiraram da casa de Abinadabe, que ficava num monte. Uzá e Aiô, filhos de Abinadabe, guiavam o carro
4 ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި ހުރެގެން ހިނގަމުން އައީ އަޚީޔޫއެވެ.
4 que carregava a arca. Aiô caminhava na frente.
5 ދާއޫދުގެފާނާއި އިސްރާއީލުގެ މީހުން ފޮށިކޮޅުގެ ކުރިމަތީގައި ނަށަމުން އައެވެ. އަދި އެމީހުން މިއުޒިކްގެ އާލާތްތައް ވެސް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި، އޫދު، ތާރަ، ގިގުނި، ކުޑައޫދު ސިމްބަލް ހިމެނެއެވެ.
5 Davi e todos os israelitas dançavam e cantavam com todas as suas forças em louvor a Deus, o Senhor . Eles tocavam harpas , liras , tambores, castanholas e pratos.
6 މިއެންމެން ނާކުންގެ ގޮދަންތޮށިއަޅާ ބިމަށް އަރައިގެން އަންނަނިކޮށް ގާޑިޔާދަމާ ގެރިތަކުގެ ފައިކައްސާލައި ގާޑިޔާ އަރިވެ ފޮށިކޮޅު ވެއްޓެން ދާން ފަށައިފިއެވެ. އެވަގުތު ޢުއްޒާ އެފޮށިކޮޅުގައި އަތްލައިފިއެވެ.
6 Quando chegaram ao campo de descascar cereais que pertencia a Nacom, os bois tropeçaram. Então Uzá estendeu a mão e segurou a arca da aliança.
7 އެކަމަކު ޢުއްޒާ ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވި ބޮޑުކަމުން އޭނާ މަރުވެގެން އެ މާތްކަލާނގެ ފޮށިކޮޅު ދޮށަށް ވެއްޓިއްޖެއެވެ. އެހެނީ އުއްޒާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު ބަހައްޓަންވާ ޤަދަރުވެރިކަމެއް ނެތެވެ. އަދި އެ ފޮށިކޮޅަށް ދޭންވާ ސަމާލުކަން އޭނާ ދީފައެއް ވެސް ނުވެއެވެ.
7 O Senhor Deus ficou irado com Uzá, por sua falta de respeito, e o matou. E Uzá morreu ali, ao lado da arca.
8 މާތްރަސްކަލާނގެ ކޯފާއިން ޢުއްޒާ މަރުގެންނެވުމުން ދާއޫދުގެފާނު އެކަމާ ނުރުހުންވެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އެ ބިމަށް ”⁠ފާރަޞް ޢުއްޒާ⁠“ އޭ ވިދާޅުވެ ނަންދެއްވިއެވެ.
8 Davi ficou furioso porque o Senhor , na sua ira, havia castigado Uzá; assim até hoje aquele lugar é chamado de Peres-Uzá .
9 ދާއޫދުގެފާނު އެދުވަހު މާތްރަސްކަލާނގެ ދެކެ ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފޮށިކޮޅު އަހަރެންގެ ކައިރިއަށް ގެންނާނީ ކިހިނެއް؟⁠“
9 Então Davi ficou com medo de Deus, o Senhor , e disse: — E agora como é que poderei levar comigo a arca da aliança?
10 އެހެންކަމުން މާތްރަސްކަލާނގެ ފޮށިކޮޅު އެކަލޭގެފާނުގެ އަވަށަށް ނުގެންދެވިއެވެ. އެކަލޭގެފާނު އެ ފޮށި ކޮޅު ގެންދެވީ ޖައްތުން އައިސް ހުރި ޢޫބީދު އަދޫމްގެ ގެޔަށެވެ.
10 Assim Davi resolveu não levar a arca para a sua cidade de Jerusalém; em vez disso, ele mudou de direção e a levou para a casa de Obede-Edom, que era da cidade de Gate.
11 މާތްރަސްކަލާނގެ ފޮށިކޮޅު ޢޫބީދު އަދޫމްގެ ގޭގައި ތިން މަސްދުވަހު ހުއްޓެވެ. އޫބީދު އަދޫމްގެ އާއިލާއަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ.
11 A arca da aliança ficou ali três meses, e o Senhor abençoou Obede-Edom e a sua família.
12 މިވާހަކަ މީހުން އައިސް ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”⁠ޢޫބީދުގެ އަދޫމްގެ އާއިލާއަށާއީ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ފަޟުލުވަންތަކަން ލިބެމުން އެބަދޭ. އެއީ މާތްކަލާނގެ ފޮށިކޮޅު އެގޭގައި ހުންނާތީ.⁠“
12 O rei Davi soube que, por causa da arca, o Senhor havia abençoado a família de Obede-Edom e tudo o que ele tinha. Então tirou a arca da casa de Obede-Edom e, com uma grande festa, a levou para a Cidade de Davi .
13 އެމީހުން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ހިފައިގެން އައިސް ހަ ފިޔަވަޅު އަޅާފައި މަޑުކޮށްލައިފިއެވެ. އެތަނުގައި ދާއޫދުގެފާނު ފިރިހެން ގެރިއަކާއި މަސްފަލަ ޅަގެރިއެއް ކަތިލައްވައި ޤުރުބާނީ ވެދުން ކުރައްވައިފިއެވެ.
13 Depois que os homens que carregavam a arca deram seis passos, Davi ofereceu a Deus em sacrifício um touro e um bezerro gordo.
14 ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.
14 Davi, vestindo um manto sacerdotal de linho, dançou com todo o entusiasmo em louvor a Deus, o Senhor .
15 ދާއޫދުގެފާނާއި އިސްރާއީލުގެ އެންމެން އުފަލުން އަޑުގަދަކުރަމުން ތާޅަފިލިތައް ފުމެމުން މާތްރަސްކަލާނގެ ފޮށިކޮޅު ރަށަށް ގެނަސްފިއެވެ.
15 E assim ele e todos os israelitas levaram a arca da aliança para Jerusalém, com gritos de alegria e sons de trombetas.
16 މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.
16 Quando a arca estava entrando na cidade, Mical, filha de Saul, olhou pela janela, viu o rei Davi pulando e dançando em louvor ao Senhor . Então sentiu por ele um profundo desprezo.
17 ދާއޫދުގެފާނު އެ ފޮށިކޮޅު ބަހައްޓަން ހައްދަވާފައިވާ ފޭލިގެކޮޅުގައި އިސްރާއީލީން އައިސް އެ ފޮށިކޮޅު ބަހައްޓައިފިއެވެ. އެތަނުގައި ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީއާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރެއްވިއެވެ.
17 Levaram a arca e a colocaram no seu lugar, na barraca que Davi tinha preparado para ela. Então ele ofereceu a Deus, o Senhor , sacrifícios que foram completamente queimados e ofertas de paz.
18 ދާއޫދުގެފާނު ޤުރުބާނީގެ ކަންތައް ނިންމަވާލައްވައިފައި ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުގައި މީސްތަކުންނަށް ބަރަކާތް ލައްވަމުން ވަޑައިގެންނެވިއެވެ.
18 Quando acabou de oferecer os sacrifícios e as ofertas, Davi abençoou o povo em nome do Senhor Todo-Poderoso.
19 ދާއޫދުގެފާނު އެތަނަށް އައިސްތިބި އިސްރާއީލުގެ ކޮންމެ މީހަކަށް ބޯ ރޮއްޓަކާއި މޭބިސްކަދުރު ކޭކަކާއި ކަދުރު ކޭކެއް ދެއްވުމުން އެއެންމެން ގެއަށް ހިނގައްޖެއެވެ.
19 Depois deu a cada homem e a cada mulher de Israel um pão, um pedaço de carne assada e passas. Em seguida todos foram para casa.
20 އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”⁠އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟⁠“
20 Davi voltou para casa a fim de estar com a sua família, e Mical, filha de Saul, saiu para encontrá-lo. Ela disse: — Que bela figura fez hoje o rei de Israel! Parecia um sem-vergonha, mostrando o corpo para as empregadas dos seus funcionários!
21 ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟
21 Davi respondeu: — Eu estava dançando em louvor ao
22 އެހެނަސް އެއަށް ވުރެން ބޮޑަށް އަހަރެންގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި އަހަރެން މާބޮޑަށް ލަދު ގަނެފާނަމޭ. އޭރުން މާބޮޑަށް އަހަރެންގެ އަގު ވެއްޓޭނެ. ކަލޭ އަހަރެންނަށް ޤަދަރު ނުކުރަންޏާ ނުކުރޭ! އެކަމަކު ކަލޭ އަޅު އަންހެނުންނޭ ތި ކިޔާ މީހުން އަހަންނަށް މާ ޤަދަރު ކުރާނެ.⁠“
22 e me humilharei ainda mais diante dele. Você pode pensar que eu não sou nada, mas aquelas moças de quem você falou vão me dar muito valor!
23 ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް އަވަހާރަވެ ދިޔައީ ދަރިއަކު ނުލިބިއެވެ.
23 E Mical, filha de Saul, nunca teve filhos.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 6, comparar traduções ou montar um estudo — tudo direto pelo WhatsApp.