2 Samuel 3
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދެ އާއިލާ ދެމެދު މި ފެށުނު ހަނގުރާމަ ދިގު މުއްދަކަށް ދެމިގެން ދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް ދާއޫދުގެފާނުގެ ބާރު ފުޅު ގަދަވެ ޝާއުލްގެފާނުގެ އާއިލާ ބަލިކަށިވަމުން ދިޔައެވެ.
1 Ora, houve uma longa guerra entre a casa de Saul e a casa de Davi; mas Davi tornou-se cada vez mais forte, e a casa de Saul tornou-se cada vez mais fraca.
2 ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ޔަޒްރަޢީލުގެ އަޚީނޫޢަމުގެ ބަނޑުން ފިރިހެން ދަރިކަލަކު ލިބިވަޑައިގަތެވެ. އެ ދަރިކަލުންނަކީ އަމްނޫން އެވެ.
2 E a Davi nasceram filhos em Hebrom; e o seu primogênito foi Amnom, de Ainoã, a jezreelita;
3 ދެވަނަ ދަރިކަލުންނަކީ ކަލްޔާބް އެވެ. އެދަރިކަލުންގެ މަންމައަކީ ކަރުމިލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް އެވެ. ތިންވަނަ ދަރިކަލުންނަކީ އަބްޝާލޫމްއެވެ. އެދަރިކަލުންގެ މަންމައަކީ ޖަޝޫރުގެ ރަސްގެފާނުގެ ތަލްމާއިގެ ދަރިކަނބަލުން މައިކާ އެވެ.
3 e o seu segundo, Quileabe, de Abigail, a esposa de Nabal, o carmelita; e o terceiro, Absalão, o filho de Maaca, a filha de Talmai, rei de Gesur;
4 ހަތަރުވަނަ ދަރިކަލުންނަކީ އަދޫނިއްޔާއެވެ. އެ ދަރިކަލުންގެ މަންމައަކީ ހައްޖީތު އެވެ. ފަސްވަނަ ދަރިކަލުންނަކީ ޝަފަތިޔާ އެވެ. އެދަރިކަލުންގެ މަންމައަކީ އަބީތާލް އެވެ.
4 e o quarto, Adonias, o filho de Hagite; e o quinto, Sefatias, o filho de Abital;
5 ހަވަނަ ދަރިކަލުންނަކީ ޔަތުރައާމް އެވެ. މި ދަރިކަލުންގެ މަންމައަކީ ޢަޖްލަތު އެވެ. މި ހަ ބޭފުޅުން ވެސް ލިބިވަޑައިގެންނެވީ އެކަލޭގެފާނު ޙަބްރޫނުގައި ހުންނަވަނިކޮށެވެ.
5 e o sexto, Itreão, de Eglá, mulher de Davi. Estes nasceram a Davi em Hebrom.
6 ޝާއުލްގެފާނުގެ އާއިލާގެ މީހުންނާއި ދާއޫދުގެފާނުގެ އާއިލާގެ މީހުންގެ ދެމެދުގައި މި ކުރެވުނު ހަނގުރާމައިގެ ސަބަބުން ޝާއުލްގެފާނުގެ ގާތް މީހުންގެ ތެރޭގައި އަބްނައިރުގެ ބާރު ގަދަވެފައިވެއެވެ.
6 E sucedeu que, enquanto houve guerra entre a casa de Saul e a casa de Davi, Abner se fez forte para a casa de Saul.
7 މިއިރު ޝާއުލްގެފާނުގެ ޖާރިޔާއަކު އުޅުނެވެ. އެއީ އައްޔާގެ ދަރި ރިސްފާއެވެ. އިޝްބޫސަތު އަބްނައިރުއާ ދިމާއަށް ބުންޏެވެ. ”ކަލޭ އަހަރެންގެ ބައްޕަގެ ޖާރިޔާއާއެކު ނަހަމަ ގުޅުމެއް ހިންގަނީ ކީއްވެ؟“
7 E Saul tinha uma concubina, cujo nome era Rispa, filha de Aiá; e Isbosete disse a Abner: Por que entraste à concubina do meu pai?
8 މިހެން ބުނުމުން އަބްނައިރު ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ”އަހަރެން ކަލޭގެ ބައްޕައަކަށް އާއިލާގެ މީހަކަށް ތިމާގެމީހަކަށް ރައްޓެއްސަކަށް މިހާތަނަކަށް ހަރާންކޯރު ވެފައެއް ނޯންނާނެ. ކަލޭ އަސްލުގައި ވެސް ހީކުރަނީތަ އަހަރެން މީ ޔަހޫޛާގެ ކުއްތާއެއް ކަމަށް؟ އަހަރެން އެހެންނަމަ ކަލޭ ދާއޫދާ ހަވާލު ކުރާނެތާ ކިތަންމެ ދުވަހެއް. އެކަމަކު ކަލޭ ތިޔަ ބުނަނީ އަހަރެން ކަލޭގެ ބައްޕަގެ ޖާރިޔާއަކާއެކު ގުޅުމެއް ހިންގަނީއޭތަ؟
8 Então, Abner ficou mui irado com as palavras de Isbosete, e disse: Sou eu cabeça de um cão que diante de Judá hoje uso de misericórdia para com a casa de Saul, teu pai, para seus irmãos e seus amigos, e não te entreguei nas mãos de Davi; e me repreende hoje a respeito desta mulher?
9 — ausente —
9 Assim faça Deus a Abner, e lhe acrescente mais, como o SENHOR tem jurado a Davi, mesmo assim lhe ei de fazer;
10 — ausente —
10 para transladar o reino da casa de Saul, e estabelecer o trono de Davi sobre Israel e sobre Judá, de Dã até Berseba.
11 އަބްނައިރު މިހެން ބުނުމުން އިޝްބޫސަތު ގަންނާކުރެއްވި ބިރުން އެކައްޗެކޭ ވެސް ނުބުންޏެވެ.
11 E ele não conseguiu responder nenhuma outra palavra a Abner, porque o temeu.
12 ދެން އަބްނައިރު ދާއޫދުގެފާނު އަރިހަށް މިހެން ބުނެ މީހަކު ފޮނުވިއެވެ. ”މި ބިންތަކުގެ ވެރިޔަކީ ކަލޭގެފާނު ނޫން ދެން ކޮންބޭކަލެއްތޯ؟ އަޅުގަނޑުގެ މުޢާހަދާއާއެކު ކުރިޔަށް ގެންދަވާ! އަޅުގަނޑު މުޅި އިސްރާއީލް ކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ގެނައުމަށް އެހީތެރިވެދޭނަން!“
12 E Abner enviou mensageiros a Davi em seu favor, dizendo: De quem é a terra? Dizendo também: Faz o teu pacto comigo, e, eis que a minha mão será contigo, para trazer a ti todo o Israel.
13 ”އެންމެ ރަނގަޅު.“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!“
13 E ele disse: Bem, farei um pacto contigo; porém uma coisa exijo de ti, a saber: Tu não verás a minha face, exceto se primeiro trouxeres Mical, filha de Saul, quando vieres ver a minha face.
14 ދެން ދާއޫދުގެފާނު އިޝްބޫސަތުގެ ގާތަށް ޚަބަރާއިގެން މީހުން ފޮނުވިއެވެ. ”އަހަރެން ސަތޭކަ ފިލިސްޠީނީންގެ ޚިތާނު ކުރި ހަންކޮޅު ދީގެން ގަނެފައިވާ އަހަރެންގެ އަނބިމީހާ މީކާލް އަނބުރާ އަހަންނަށް ދީ!“
14 E Davi enviou mensageiro a Isbosete, filho de Saul dizendo: Entrega-me a minha esposa Mical, a quem tomei por esposa por uma centena de prepúcios dos filisteus.
15 މިހެން ބުނުމުން އިޝްބޫސަތު މީހުންތަކަކަށް އެންގިއެވެ. ”ދޭ، ގޮސް ލައިޝްގެ ދަރި ފަލްތިއީލް އިނދެގެން އުޅޭ މީކާލް ގޮވައިގެން އާދޭ!“
15 E Isbosete enviou, e tomou-a do seu marido, a saber, de Paltiel, o filho de Laís.
16 އެމީހުން މީކާލް ގޮވައިގެން ދާން ފެށުމުން ފަލްތިއީލް އެމީހުންގެ ފަހަތުން ރޮމުން ރޮމުން ބަހޫރީމްއާ ހަމަޔަށް އަޔެވެ. ދެން އަބްނައިރު އޭނާއާ ދިމާލަށް ބުނެއްޕެވެ. ”އަނބުރާލާފައި ގެޔަށް ދޭ!“ ދެން އޭނާ އަނބުރާލާފައި ގެޔަށް ހިނގައްޖެއެވެ.
16 E o marido seguiu com ela, chorando detrás dela, até Baurim. Então, disse Abner a ele: Vai, retorna. E ele retornou.
17 އަބްނައިރު އިސްރާއީލުގެ ބޮޑުންނާ ޚިޔާލުބަދަލުކުރިއެވެ. ”ކަލޭމެންގެ ވެރިޔަކަށް ދާއޫދުގެފާނު އިސްކުރަން ކަލޭމެން ބޭނުންވެގެން އުޅޭތާ ކިތަންމެ ދުވަހެއް.
17 E Abner fez comunicação com os anciãos de Israel, dizendo: Vós procurastes Davi em tempos passados para ser rei sobre vós;
18 މިހާރު މިއޮތީ އެދުވަސް އައިސްފައި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ދާއޫދުގެފާނު މެދުވެރި ކުރައްވައި ފިލިސްޠީނުންނާއި އިސްރާއީލުގެ އެހެނިހެން ވެސް އަދާވާތްތެރިންގެ ކިބައިން އިސްރާއީލް ރައްކާތެރި ކޮށްދެއްވާނެ ކަމަށް.“
18 agora, então, fazei-o; porque o SENHOR falou acerca de Davi, dizendo: Pela mão do meu servo Davi salvarei o meu povo Israel da mão dos filisteus, e da mão de todos os seus inimigos.
19 އަބްނައިރު މި މޭރުމުން ބަންޔާމީންގެ މީހުންނާ ވެސް ވާހަކަ ދައްކައިފިއެވެ. ދެން އިސްރާއީލީންނާއި ބަންޔާމީންގެ ވެރިން ބޭނުންވާ ގޮތުގެ ވާހަކަ ދާއޫދުގެފާނަށް ދެންނެވުމަށް އޭނާ ޙަބްރޫނަށް ހިނގައްޖެއެވެ.
19 E Abner também falou aos ouvidos de Benjamim, e Abner também foi falar aos ouvidos de Davi em Hebrom tudo o que parecia bom para Israel, e isso pareceu bom a toda a casa de Benjamim.
20 އަބްނައިރު ދިޔައިރު ސިފައިންގެ ވިހި މީހުން ވެސް އޭނާއާ އެކު ގެންދިޔައެވެ. އެ އައި އެންމެންނަށް ދާއޫދުގެފާނު ޖާފަތެއް ދެއްވިއެވެ.
20 Assim, Abner veio até Davi em Hebrom, e com ele vinte homens. E Davi fez para Abner, e para os homens que estavam com ele, uma festa.
21 އަބްނައިރު ދާއޫދުގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިދަނީ އިސްރާއީލުގެ އެންމެން ކަލޭގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމުގެ ކަންތައް ހަމަ ޖެއްސުމަށް. އެއީ ކަލޭގެފާނާއެކު އެމީހުން މުޢާހަދާއެއް ކުރާނެ ގޮތް މެދުވެރި ކުރުމަށް. ކަލޭގެފާނު ހިތްޕުޅާވާ ބައެއްގެ މައްޗަށް ވެރިކަން ހިންގަވާ!“
21 E Abner disse a Davi: Levantar-me-ei e irei, e reunirei todo o Israel ao meu senhor, o rei, para que eles possam fazer um pacto contigo, e para que tu possas reinar sobre tudo o que desejar o teu coração. E Davi despediu Abner; e ele se foi em paz.
22 ޔުއާބާއި ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުން ރަށަކަށް ހަމަލާދީފައި ގިނަ އަދަދަކަށް ޣަނީމާ މުދާ ހިފައިގެން އަތުވެއްޖެއެވެ. އޭރު ދާއޫދުގެފާނު ވަނީ އަބްނައިރު ސުލްޙަވެރިކަން މަތީ ފޮނުއްވާ ލައްވާފައެވެ.
22 E, eis que os servos de Davi e Joabe chegavam da perseguição a uma tropa, e traziam consigo um grande despojo, mas Abner não estava com Davi em Hebrom; porque ele o havia despedido, e ele tinha partido em paz.
23 ޔުއާބްއާއި އެކު އައި ހަނގުރާމަވެރިން އެތަކެތި ހިފައިގެން އައުމުން ދާއޫދުގެފާނު އަބްނައިރު ސުލްޙަވެރިކަމާއެކު ފޮނުއްވާލި ޚަބަރު މީހުން އައިސް އޭނާގެ ގާތު ބުނެފިއެވެ.
23 Quando Joabe e todo o exército que estava com ele chegaram, contaram a Joabe, dizendo: Abner, o filho de Ner, veio até ao rei, e ele o despediu, e ele se foi em paz.
24 ޔުއާބު ދާއޫދުގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ. ”ތިޔަ ކުރެއްވީ ކީއްތޯ؟ އަބްނައިރު ކަލޭގެފާނުގެ ކައިރިއަށް އައީމާ ކަލޭގެފާނު އޭނާ ސަލާމަތުން ފޮނުއްވާ ލެއްވީ ކީއްވެތޯ؟ މިހާރު އޭނާ ގޮސް ނިމިއްޖެ!
24 Então Joabe veio até ao rei, e disse: O que fizeste? Eis que Abner veio a ti; por que o despediste, e ele já se foi?
25 ކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވާތޯ ނައިރުގެ ދަރި އަބްނައިރު އެއައީ ކަލޭގެފާނުގެ ކަންތައް ހުރިނެތްގޮތް ބަލަން ކަމެއް؟ އޭނާ އެއައީ ކަލޭގެފާނު ކުރައްވާ ނުކުރައްވާ ކަންތައް ބަލަން.“
25 Tu sabes que Abner, o filho de Ner, veio para te enganar, e para conhecer a tua saída e a tua entrada, e para conhecer tudo o que fazes.
26 މިހެން ބުނެފައި ޔުއާބު އެތަނުން ހިނގައްޖެއެވެ. އޭނާ ގޮސް މީހުން ފޮނުވައިގެން އަބްނައިރު ސީރާ ވަޅުދޮށުގައި ހުއްޓާ ހޯދައިފިއެވެ. މިކަމެއް ދާއޫދުގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
26 E quando Joabe havia partido de Davi, ele enviou mensageiros atrás de Abner, os quais o trouxeram de volta do poço de Sirá; mas Davi não soube disso.
27 އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.
27 E quando Abner havia retornado de Hebrom, Joabe tomou-o de lado no portão para falar-lhe quietamente, e ali o feriu debaixo da quinta costela, de modo que morreu, por causa do sangue de Asael, seu irmão.
28 ދާއޫދުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ނައިރުގެ ދަރި އަބްނައިރުގެ ލޭ އޮހުރުމުގައި އަހަރެންނާއި އަހަރެންގެ ރަސްކަމުގެ އަތެއް ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގަންނަވާނެ.
28 E, posteriormente, quando Davi ouviu isto, disse: Eu e o meu reino somos inocentes diante do SENHOR para sempre do sangue de Abner, o filho de Ner.
29 އަބްނައިރުގެ ލޭ އޮހޮރުމުގެ ސަޒާ ޔުއާބުއާއި އޭނާގެ ބައްޕަގެ އާއިލާގެ މައްޗަށް ފޮނުއްވާށި. އެގޭގައި ޖުޒާމުބަލި ޖެހި، ނުވަތަ ފާރުހެދި ދޮސްގަނެފައިވާ މީހަކު، ނޫނީ ދަނޑިބުރިއެއް ވިއްދައިގެން ހިނގާ މީހަކު ނުވަތަ ކަނޑިއެއްގެ މައްޗަށް ނުވެއްޓޭ މީހަކު ނޫނީ ބަނޑުހައި ހޫނުކަމުގައި ހުރި މީހަކު ނެތް އިރެއް ނުދައްކަވާށި.“
29 Que isso recaia sobre a cabeça de Joabe; e sobre toda a casa do seu pai; e que nunca falte na casa de Joabe quem tenha uma anomalia, ou que seja leproso, ou que se escore em cajado, ou que caia à espada, ou que tenha falta de pão.
30 މިހާރު ޔުއާބްއާއި އަބީޝާއި މިވަނީ ޖިބްޢޫންގައި ހިނގި ހަނގުރާމައިގައި އޭނާގެ ކޮއްކޮ މަރާލެވުމުގެ ބަދަލު ހިފާފައެވެ.
30 Assim, Joabe e Abisai, o seu irmão, mataram Abner, porquanto tinha matado Asael, irmão deles na batalha em Gibeão.
31 ދެން ދާއޫދުގެފާނު ޔުއާބްއާއި އޭނާއާ އެކުގައި ތިބި އެންމެންނަށް އެންގެވިއެވެ. ”ކަލޭމެން އެންމެން ވެސް ހެދުން ވީދައި މޮޅިވެރިކަމުގެ ސާލު ލާ. އަދި އަބްނައިރުއާ މެދު ހިތާމަފާޅު ކުރޭ.“ އަބްނައިރުގެ ގަބުރު ގެންދިޔައިރު ދާއޫދު ރަސްގެފާނު ވެސް އެގަބުރުގެ ފަހަތުން ވަޑައިގެންނެވިއެވެ.
31 E Davi disse a Joabe, e a todo o povo que estava com ele: Rasgai as vossas vestes, e cingi-vos de panos de saco, e lamentai-vos diante de Abner. E o próprio Davi seguiu o ataúde.
32 ދެން އެމީހުން ޙަބްރޫންގައި އަބްނައިރު ވަޅުލައިފިއެވެ. ދާއޫދުގެފާނު އެ ގަބުރުސްތާނުގައި ހުންނަވައި ހަރު އަޑުން ކީރިތި ކުރެއްވިއެވެ. އަދި ދެންތިބި މީހުން ވެސް ބާރަށް ރުއެވެ.
32 E sepultaram Abner em Hebrom; e o rei levantou a sua voz, e chorou junto ao sepulcro de Abner; e todo o povo chorou.
33 ދެން ރަސްގެފާނު މިކަމުގެ ހިތާމައިގައި މިޅެން ވިދާޅުވިއެވެ.
33 E o rei lamentou por Abner, e disse: Morreu Abner como morre um tolo?
34 ކަލޭގެ އަތް ބަނދެވިފައެއް ނެތެވެ.
34 As tuas mãos não estavam atadas, nem os teus pés em cadeias; como um homem cai diante de homens ímpios, assim caíste tu. E todo o povo voltou a chorar por ele.
35 އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!“
35 E quando todo o povo veio para fazer com que Davi comesse carne enquanto ainda era dia, Davi jurou, dizendo: Assim faça Deus para comigo, e ainda mais, se eu provar pão, ou qualquer outra coisa, até que se ponha o sol.
36 ދާއޫދުގެފާނު މި ކުރެއްވި ކަންތައް އެމީހުން އުފަލާއެކު ފާހަގަ ކުރިއެވެ. އަދި އެނޫނަސް އެކަލޭގެފާނު ކުރައްވާ ހުރިހާ ކަމެއް ވެސް މީސްތަކުން ބަލައިގަންނަނީ ހިތްހަމަ ޖެހުމާއެކުގައެވެ.
36 E todo o povo percebeu isto, e isto lhes agradou; como tudo o que o rei fazia agradava todo o povo.
37 އެދުވަހު ނައިރުގެ ދަރި އަބްނައިރު މަރާލުމުގައި ދާއޫދުގެފާނުގެ އަތްޕުޅެއް ނުވާކަން އިސްރާއީލުގެ އެންމެންނަށް އެނގިއްޖެއެވެ.
37 Porque todo o povo e todo o Israel entendeu naquele dia que não foi do rei a morte de Abner, o filho de Ner.
38 ދެން ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ ވަޒީރުންނަށް ވިދާޅުވިއެވެ. ”މިއަދު މަރުވެގެން އެ ވެއްޓުނީ އިސްރާއީލުގެ ގަދަފަދަ ވެރިޔެއް ކަން ކަލޭމެންނަކަށް ނޭނގޭތަ؟
38 E o rei disse aos seus servos: Não sabeis que há um príncipe e um grande homem caído neste dia em Israel?
39 އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!“
39 E eu estou fraco neste dia, mesmo sendo um rei ungido; e estes homens, filhos de Zeruia, são sobremaneira duros para mim; o SENHOR retribuirá ao perpetrador do mal segundo a sua impiedade.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Samuel 3, comparar traduções ou montar um estudo — tudo direto pelo WhatsApp.