2 Samuel 15
ކިތާބުލް މުޤައްދަސް (DIV) vs NTLH
1 ދުވަސްކޮޅެއް ފަހުން އަބްޝާލޫމް އަސްގާޑިޔަލެއް ހޯދައިފިއެވެ. އޭނާ އެ ގާޑިޔަލުގައި ދާއިރު ކުރިމަތީގައި ފަންސާސް މީހުން ދުވެފައި ދެއެވެ.
1 Depois disso Absalão mandou preparar para si um carro com cavalos e cinquenta homens para correrem na sua frente.
2 ކޮންމެ ދުވަހަކު އަބްޝާލޫމް ފަތިހު ތެދުވެ ރަށްބޭރު ދޮރުމައްޗަށް ނުކުމެ ހުރެއެވެ. އެއްވެސް މީހަކު ކަމެއް ދަމެއް ބޮޑުވެގެން ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއްޔާ އަބްޝާލޫމް އެމީހެއް ކުރެން އޭނާ އައީ ކޮން އަވަށަކުންތޯ އަހައި އޮޅުންފިލުވައެވެ. އެމީހާ ބުނެފާނެއެވެ. ތިމަން މިއީ އިސްރާއީލުގެ އެވެނި މިވެނި ގަބީލާއަކުން އައި މިވެނި ދަރިކޮޅެއް ގެ މީހެކެވެ.
2 Ele se levantava cedo e ficava no portão da cidade, onde a estrada terminava. Quando uma pessoa chegava ali com algum caso para o rei Davi resolver, Absalão a chamava e perguntava de onde era. E, quando a pessoa respondia: “Senhor, eu sou de tal tribo de Israel”,
3 ދެން އަބްޝާލޫމް އެމީހެއްގެ ގާތު ބުނެފާނެއެވެ. ”ކަލޭ ހުށަހަޅަން ތިޔަ އައީ ރަނގަޅު މަސްއަލައެއް. އެކަމަކު ރަސްގެފާނާ ހަމަޔަށް ތިޔަ ކަންތައް ގެންދާނެ މީހަކު ނުހުންނާނެ.“
3 Absalão dizia: “Olhe! A lei está do seu lado, mas não há um representante do rei para ouvir o seu caso.”
4 އަބްޝާލޫމް އަދި މިހެން ވެސް ބުނެއެވެ. ”އަހަރެން މި ޤައުމުގެ ފަނޑިޔާރެއް ނަމަ ކިހާ ރަނގަޅު! އޭރުން އަހަރެންގެ ގާތަށް އަންނަ އެންމެންގެ މަސްއަލަތައް ހައްލު ކޮށްދީ އެމީހުންގެ މައްޗަށް އިންސާފު ގާއިމުކޮށްދޭނަން.“
4 Absalão também dizia: “Ah! Se eu fosse o juiz aqui! Então qualquer pessoa que tivesse uma questão ou um pedido poderia me procurar, e eu faria justiça.”
5 އަބްޝާލޫމްގެ ކައިރިއަށް މީހަކު ގުދުވެ އަދަބު އަދާ ކުރަން ފަށައިފިނަމަ އަބްޝާލޫމް އައިސް އެމީހެއްގެ މާ ގާތް މީހެއްގެ ގޮތް ދައްކައި އަތުގައި ހިފައި ގާތަށް ލަފައި ބޮސްދީ ހަދައެވެ.
5 E, quando alguém chegava perto de Absalão para se curvar diante dele, ele o segurava, abraçava e beijava.
6 އަބްޝާލޫމް ދާއޫދުގެފާނުގެ ފައިންޕުޅު ދެކި ކަންކަން ހުށަހަޅަން އަންނަ ކޮންމެ އިސްރާއީލީންގެ މީހަކާމެދު ވެސް މި ގޮތަށް ކަންތައް ބަހައްޓައެވެ. މިގޮތުގެ މަތިން އިސްރާއީލީންގެ އެންމެންގެ ރުހުން އޭނާ އަތުލައިފިއެވެ.
6 Absalão fazia isso com todos os israelitas que iam pedir ao rei Davi que fizesse justiça, e assim ele conquistava o coração do povo de Israel.
7 މިގޮތުގައި ހަތަރު އަހަރު ވޭތިވެ ދިޔަފަހުން އޭނާ ރަސްގެފާނު ދާއޫދަށް ދެންނެވިއެވެ. ”އަޅުގަނޑު ޙަބްރޫނަށް ގޮސްލުމުގެ ހުއްދަ ދެއްވާ. އެއީ އަޅުގަނޑު މާތްރަސްކަލާނގެއަށް ދަންނަވާފައިވާ ނަދުރެއް ފުއްދަން އޮތީމާ.
7 Quatro anos depois, Absalão disse ao rei Davi: — Deixe-me ir à cidade de Hebrom para pagar uma promessa que fiz a Deus, o
8 އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.‘“
8 Enquanto estava morando em Gesur, na Síria, eu prometi que, se o Senhor me trouxesse de volta a Jerusalém, eu o adoraria em Hebrom.
9 ރަސްގެފާނު ވިދާޅުވިއެވެ. ”ސަލާމަތްކަމާއި ރައްކާތެރި ކަމާއެކު ދޭ!“
9 — Vá em paz! — disse o rei. Aí Absalão foi a Hebrom.
10 އޭރު އޭނާ ވަނީ އިސްރާއީލީންގެ ހުރިހާ ގަބީލާއަކަށް ޖާސޫސުން ފޮނުވައި މީސްތަކުންގެ ގާތު މިހެން ކިޔަން އަންގާފައެވެ. ”ތާޅަފިލީގެ އަޑު އިވޭ އިރަށް ކަލޭމެން ބުނަންވާނެ، އަބްޝާލޫމް ޙަބްރޫންގައި ރަސްކަލަކަށް ވެއްޖެ.“
10 Mas enviou mensageiros a todas as tribos de Israel, para dizerem o seguinte: — Quando vocês ouvirem o toque de cornetas, digam: “Absalão se tornou rei em Hebrom!”
11 އަބްޝާލޫމް އޭނާއާއެކު ދުއިސައްތަ މީހުންނަށް ދައުވަތު ދީގެން ގެންދިޔައެވެ. އެމީހުންނަކީ ޖެރޫސަލަމުން އޭނާއާއެކު ނުކުތް މީހުންނެވެ. އެކަމަކު މިކަންތައް މި ގޮތަށް ރޭވިފައި އޮތްކަމެއް އެމީހުންނަކަށް ނޭނގެއެވެ.
11 Duzentos homens saíram de Jerusalém com Absalão, como convidados; eles não sabiam nada daquele plano e foram com toda a boa-fé.
12 އަޚީތޫފަލު އަކީ ޖީލޫއިން އައިސް ހުރި ދާއޫދުގެފާނުގެ މުޝީރެކެވެ. އަބްޝާލޫމް ޤުރުބާނީ ވެދުން ކުރަން ގޮސް އުޅެމުން އަޚީތޫފުލަށް އެރަށަށް އައުމަށް އެންގިއެވެ. މި ގޮތުގެ މަތިން ދާއޫދުގެފާނާ ދެކޮޅަށް އަބްޝާލޫމްގެ ރޭވުން ވަރުގަދަވަމުން ދިޔައެވެ. އަދި އޭނާއަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ.
12 Enquanto estava oferecendo sacrifícios , Absalão também mandou chamar Aitofel, da cidade de Gilo. Aitofel era um dos conselheiros de Davi. Assim a revolta contra o rei ficou mais forte, e os seguidores de Absalão aumentaram.
13 މީހަކު އައިސް ދާއޫދުގެފާނަށް ދަންނަވައްޕެވެ. ”އަބްޝާލޫމް އިސްރާއީލުގެ މީހުންގެ ހިތް އަތުލައިފި.“
13 Então veio um mensageiro e contou a Davi que os israelitas haviam passado para o lado de Absalão.
14 ދާއޫދުގެފާނު އެކަލޭގެފާނުގެ އަރިހު ބޭކަލުން އެއްކުރައްވައި ވިދާޅުވިއެވެ. ”ޖެރޫސަލަމުގައި ތިބި އެބައެއްގެ މީހުންނާއެކު އަހަރެމެން މިރަށުން ބޭރުވާން ޖެހިއްޖެ. އަހަރެމެން މިރަށުގައި ތިބެއްޖެއްޔާ އަބްޝާލޫމް އައިސް އަހަރެމެން އެންމެންގެ ދުވަސް ދުއްވާލާނެ. އޭނާގެ އަތްދަށު ވުމުގެ ކުރީގައި އަހަރެމެން އެންމެން މިތަނުން އަވަހަށް ދާންހިނގާ. އެހެންނޫނީ އޭނާ އައިސް އަހަރެމެން ބަލިކޮށް ޖެރޫސަލަމުގެ އާންމުން ވެސް މަރާލާފާނެ.“
14 Aí Davi disse a todos os seus oficiais que estavam com ele em Jerusalém: — Se queremos escapar de Absalão, temos de fugir logo. Vamos depressa; se não, ele vai nos alcançar aqui, vai nos vencer e matar todos os que estiverem na cidade!
15 ރަސްގެފާނުގެ އަރިހުބޭކަލުން ދަންނަވައިފިއެވެ. ”ކަލޭގެފާނު ވިދާޅުވާ ގޮތެއް އަޅުގަނޑުމެން ހަދާނަން.“
15 — Sim. Nós, os seus servidores, estamos prontos para fazer tudo o que o senhor disser! — responderam eles.
16 ދާއޫދުގެފާނުގެ ގަނޑުވަރުގެ އެންމެން ގޮވައިގެން ނުކުމެ ވަޑައިގަތީ ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ދިހަ ޖާރިޔާއިން ބައިތިއްބަވާފައެވެ.
16 Aí o rei saiu acompanhado por toda a sua família e pelos seus funcionários. Deixou somente dez concubinas para cuidarem do palácio.
17 ރަސްގެފާނުގެ ހުރިހާ އެންމެންނާ އެކު ނުކުމެވަޑައިގެން ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކުރައްވައިފިއެވެ.
17 Quando o rei e todo o seu povo estavam saindo da cidade, pararam na última casa.
18 އެކަލޭގެފާނާ އެކުގައި ހުރިހާ ޚާދިމުން އައެވެ. އަދި އެކަލޭގެފާނާއެކު ޖައްތުން އައި ހަސަތޭކަ މީހުން ވެސް އެކަލޭގެފާނުގެ ހަށިފާރަވެރިންނާއެކު ކުރިއަށް އަރައިގެން އައެވެ.
18 Todos os funcionários ficaram de pé diante do rei enquanto os queretitas e os peletitas desfilaram em frente dele. Os seiscentos soldados que o haviam seguido desde a cidade de Gate também passaram diante dele.
19 ރަސްގެފާނު ޖައްތުގެ އިއްތާއީ ގާތު ވިދާޅުވިއެވެ. ”ކަލޭ އަހަރެމެންނާއެކު ދަނީ ކީއްކުރަން؟ ކަލޭ އާ ރަސްގެފާނަށް ޚިދުމަތް ކޮށް ދޭން އެތާ މަޑު ކޮށްލަންވީނު؟ ކަލޭ ތީ ބީރައްޓެހި ޤައުމެއްގެ މީހެއްނު؟ މިއީ ކަލޭގެ ރަށެއް ވެސް ނޫނެއްނު؟
19 Então Davi disse a Itai, o líder deles: — Por que é que você está indo com a gente? Volte e fique com o novo rei. Você é um estrangeiro, um refugiado que está longe da sua pátria.
20 އެހެންނޫނަސް ކަލޭ އަހަރެންގެ ގާތަށް އައީވެސް އިހަކަށް ދުވަހު. ކަލޭ އަހަންނާއެކު އެއްތަނުން އަނެއްތަނަށް ދާންވީ ކީއްކުރަންތަ؟ އަހަރެން ދާނެ ތަނެއް އަހަންނަށް ވެސް އެނގެނީއެއް ނޫން. އެހެން ހަދާނެކަމެއްނެތް. ކަލޭގެ ރަށުމީހުން ގޮވައިގެން އެނބުރި ރަށަށް ދޭ. ކަލެއަށް ރަނގަޅު ހެޔޮގޮތްތައް މެދުވެރިވޭތޯ އަހަރެން ދުޢާ ކުރާނަން.“
20 Você só viveu aqui pouco tempo. Então por que eu faria você seguir comigo? Eu não sei para onde vou. Volte e leve os seus companheiros. E que o amor e a fidelidade do Senhor estejam com você!
21 އެކަމަކު އިއްތާއީ ރަސްގެފާނަށް ދެންނެވިއެވެ. ”މާތްރަސްކަލާނގެ ވޮޑިގެންވާހައި ހިނދަކު ކަލޭގެފާނު ދުނިޔޭގައި ހުރިހާތައް ދުވަހު އަޅުގަނޑު ހުންނާނީ ކަލޭގެފާނާއެކު. އަޅުގަނޑު ދުނިޔޭގައި ހުއްޓަސް އަދި މަރުވިޔަސް.“
21 Porém Itai respondeu: — Ó rei, eu juro, em nome do
22 ދާއޫދުގެފާނު އިއްތާއީއަށް ވިދާޅުވިއެވެ. ”ތިހެންވީއިރު އަހަރެމެންނާއެކު އާދޭ!“
22 — Muito bem! — respondeu Davi. — Então passe adiante! Itai foi em frente com todos os seus homens e os seus dependentes.
23 ދާއޫދުގެފާނުގެ ފަހަތްޕުޅުން އެ އެންމެން ދިޔައީ ކިދުރޯން ވާދީ ހުރަސްކޮށް ހަނަފަސް ސަހަރާއާ ދިމާލަށެވެ. މިތަން ބަލަން ތިބި އެންމެން ގަދަ އަޑުން ރޮމުން ދިޔައެވެ.
23 Enquanto os seguidores de Davi saíam, o povo chorava alto. O rei atravessou o riacho de Cedrom, e todos os seus homens também, e foram na direção do deserto.
24 ސަދޫގުއާއި އަބިޔާތަރުއާއި އެމީހުންނާ އެކުގައި ތިބި ލާވީންގެ މީހުން މާތްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ގެންދަން ނަގައި ބިންމަތީ ބަހައްޓައިފިއެވެ. އެއެންމެން ޖެރޫސަލަމުން ނުކުމެގެން ދަންދެން އެފޮށިކޮޅު ހުރީ އެތަނުގައެވެ.
24 Zadoque, o sacerdote, estava com eles, e também os levitas , carregando a arca sagrada da aliança. Os levitas colocaram a arca no chão até que todo o povo acabou de sair da cidade. Abiatar também estava ali.
25 ދާއޫދު ރަސްގެފާނު ސަދޫގުގެ ގާތު ވިދާޅުވިއެވެ. ”މާތްކަލާނގެ ފޮށިކޮޅު ޖެރޫސަލަމަށް އަނބުރާ ގެންދޭ. މާތްރަސްކަލާނގެ އަހަރެންނާ ރުހިވޮޑިގެންވާނަމަ އަހަރެން އަނބުރާ ޖެރޫސަލަމަށް ގެންދަވާނެ. އަދި ޖެރޫސަލަމުގައި އެކަލާނގެ މަޤާމުފުޅު ދައްކަވާނެ.
25 Então o rei disse a Zadoque: — Leve a arca da aliança de volta para a cidade. Se o
26 މާތްރަސްކަލާނގެ އަހަންނާ މެދު ރުހިވޮޑިގެން ނުވާނަމަ އެކަލާނގެ އަހަންނާ މެދު ނިންމަވާނެ ގޮތެއް ނިންމަވާފާށި.“
26 Mas, se ele não está satisfeito, que faça comigo o que quiser!
27 ރަސްގެފާނު އިމާމު ސަދޫގު ކުރެން އެއްސެވިއެވެ. ”ކަލެއަކަށް ނޭނގޭތަ؟ ކަލޭގެ ދަރި އަޚީމައަސްއާއި އަބިޔާތަރުގެ ދަރި ޔޫނަތައިންއާއެކު ސަލާމަތުން ސަހަރު ތެރެއަށް ދޭ.
27 E Davi continuou a falar com Zadoque: — Olhe! Leve seu filho Aimaás e também Jônatas, filho de Abiatar, e volte em paz para a cidade.
28 އަހަރެމެންގެ މީހުން އެހިސާބުގައި އޮންނަ ކޯރު ހުރަސްކުރަން އޮންނަ ތިލަގަނޑުގެ ކައިރީގައި ކަލޭމެންގެ ޚަބަރެއް ވަންދެން ތިބޭނަން. ކަލޭމެންގެ ޚަބަރެއް ނުވަނީސް އަހަރެމެން އެހެންތަނަކަށް ނުދާނަން.“
28 Enquanto isso, eu vou ficar esperando nos caminhos do deserto, até receber notícias de vocês.
29 އެހެންވެ ސާދޫގާއި އަބިޔާތަރު މާތްކަލާނގެ ފޮށިކޮޅު ހިފައިގެން އެނބުރި ޖެރޫސަލަމަށް ގޮސް އެތާ ތިބެއްޖެއެވެ.
29 Então Zadoque e Abiatar levaram a arca de volta para Jerusalém e ficaram lá.
30 ދެން ދާއޫދުގެފާނު ކީރިތި ކުރައްވަމުން ޒައިތޫނި ފަރުބަދަ މައްޗަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އިސްތަށިފުޅު ނިވާ ކުރައްވައިގެން ހުސްފައިގައެވެ. ދާއޫދުގެފާނާއެކު ދިޔަ އެންމެން ވެސް ތިބީ އެގޮތަށްބޯ ނިވާ ކޮށްގެންނެވެ. އެއެންމެން ވެސް ދާއޫދުގެފާނު ފަހަތްޕުޅުން ރޮމުން ދިޔައެވެ.
30 Davi subiu o monte das Oliveiras chorando; ele estava descalço e havia coberto a cabeça em sinal de tristeza. Todos os que o seguiam cobriram a cabeça e também choravam.
31 އޭގެ ތެރޭން މީހަކު ދާއޫދުގެފާނަށް ދެންނެވިއެވެ. ”އަޚީތުފުލަކީ ވެސް އަބްޝާލޫމް އާ ގުޅިގެން މިކަންތައް ރާވާ ހިންގާ އެކަކު.“ ދެން ދާއޫދުގެފާނު ދުޢާ ދެންނެވިއެވެ. ”މާތްރަސްކަލާނކޯ! މިއަޅާ އިނބަރަސްކަލާނގެއަށް ދަންނަވަން. އަޚީތޫފަލުގެ ރޭވުން ބޭކާރު ކުރައްވާފާހުށި!“
31 Quando contaram a Davi que Aitofel havia passado para o lado de Absalão, ele disse: — Ó
32 ދެން ދާއޫދުގެފާނު ފަރުބަދައިގެ ކުންނަށް އަރާވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް އަޅުކަން ކުރެއްވުމަށް ވަރަށް ގިނަފަހަރު ވަޑައިގަންނަވާ ތަނެކެވެ. އެވަގުތު އަރުކީންގެ ހޫޝާއީ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ހޫޝާއީގެ ހެދުން ވަނީ ވީދިފައެވެ. އޭނާ ވެސް ހުރީ ބޮލަށް ވެލި އަޅައިގެންނެވެ.
32 Quando Davi chegou ao alto do monte, onde havia um lugar de adoração, o seu fiel amigo Husai, da família dos arquitas, foi encontrar-se com ele ali. Husai estava com as roupas rasgadas e tinha posto terra na cabeça em sinal de tristeza.
33 ދާއޫދުގެފާނު ހޫޝާއީ ކުރެން އެއްސެވިއެވެ. ”ކަލޭ އަހަންނާ އެކުގައި ދާނަމަ އެކަން ވާނީ އަހަރެމެންނަށް އުފުލަންޖެހޭ ބުރަޔަކަށް.
33 Davi lhe disse: — Não venha comigo, pois isso não me ajudará.
34 ކަލޭ ޖެރޫސަލަމަށް ގޮސް އަޚީތޫފަލުގެ މަޝްވަރާތައް ބޭކާރު ކޮށްލާ. އަބްޝާލޫމްގެ ގާތު ބުނޭ. ’ރަސްގެފާނުވޭ! ތިމަން މީ ކަލޭގެފާނުގެ ބައްޕަގެ ޚާދިމަކީމޭ. ތިމަން މިއައީ ކަލޭގެފާނުގެ ޚިދުމަތުގައި ހުރުމަށޭ.‘
34 Mas você poderá me ajudar, fazendo com que os conselhos de Aitofel fiquem sem efeito. Quando voltar à cidade, diga a Absalão: “Ó rei, eu agora vou servir o senhor como servia o seu pai.”
35 ސަދޫގުއާއި އަބިޔާތަރު އިމާމު ކަލެއާ އެކުގައި ތިބޭނެ. ގަނޑުވަރުތެރޭން ކަލެއަށް އިވުނު ވާހަކައެއް ވިއްޔާ އެމީހުންގެ ގާތު ބުނޭ.
35 Os sacerdotes Zadoque e Abiatar vão estar lá, e você contará a eles tudo o que ouvir no palácio do rei.
36 އަޚީމައަސް އާއި ޔޫނަތައިން އެމީހުންގެ ތެރޭގާ ތިބޭނެ. ކަލެއަށް އިވޭ ހުރިހާ އަޑެއް އެމީހުން މެދުވެރިކޮށް އަހަރެންނަށް އިއްވަމުން ގެންދާތި.“
36 Os filhos deles, Aimaás e Jônatas, vão estar lá também, e você poderá me mandar por eles todas as informações que conseguir.
37 ދެން ދާއޫދުގެފާނުގެ ރަޙުމަތްތެރި ހޫޝާއީ ޖެރޫސަލަމަށް ހިނގައްޖެއެވެ. އޭރު އަބްޝާލޫމް ވެސް ޖެރޫސަލަމަށް އަތުވެއްޖެއެވެ.
37 Então Husai, o conselheiro particular de Davi, foi e chegou à cidade justamente quando Absalão estava chegando lá.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Samuel 15, comparar traduções ou montar um estudo — tudo direto pelo WhatsApp.