2 Samuel 14

ކިތާބުލް މުޤައްދަސް (DIV) vs NVT

Sair da comparação
NVT Nova Versão Transformadora
1 ދާއޫދު ރަސްގެފާނު އަބްޝާލޫމަށް އެދިވަޑައިގަންނަވާ ވަރު ސަރޫވިޔަތުގެ ދަރި ޔުއާބުއަށް ވިސްނުނެވެ.
1 Joabe, filho de Zeruia, percebeu que o rei agora desejava ver Absalão.
2 އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”⁠ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި.
2 Por isso, mandou trazer de Tecoa uma mulher conhecida por sua sabedoria. Disse-lhe: “Finja que está de luto; vista roupas de luto e não se perfume. Aja como uma mulher que está lamentando a morte de alguém há muito tempo.
3 ރަސްގެފާނުގެ އަރިހަށް ގޮސް މިބަސްތައް މިހެން ބުނޭ.⁠“ ދެން ޔުއާބު ދަންނަވަން ބޭނުންވި ބަސްތައް އެއަންހެނާގެ އަނގަޔަށް އަޅައިދީފިއެވެ.
3 Depois, vá até o rei e apresente a história que vou lhe contar”. Então Joabe disse o que ela deveria falar.
4 ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”⁠މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!⁠“
4 Quando a mulher de Tecoa se aproximou do rei, curvou-se com o rosto no chão e disse: “Ó rei! Ajude-me!”.
5 ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަށް ދިމާވެގެން ތިޔަ އުޅެނީ ކޮން މަސްއަލައެއްތަ؟⁠“
5 “Qual é o problema?”, perguntou o rei. “Pobre de mim, sou viúva!”, respondeu ela. “Meu marido morreu.
6 ކަލޭގެފާނުގެ ޚާދިމު ނިކަމެތި އަޅުގަނޑުގެ ތިބީ ދެކުދިން. އެދެކުދިން ހުސްބިމުގައި އެކަނި ތިބެގެން ތަޅާފޮޅަމުން ދިޔަ. އެކުދިން ދުރުކުރާނެ މީހަކު ނެތް. އެހެން އުޅެނިކޮށް އެއްކުއްޖަކު އަނެއްކުއްޖާގެ އަތުން މަރުވެއްޖެ.
6 Meus dois filhos brigaram no campo. Como não havia ninguém por perto para separá-los, um deles acabou matando o outro.
7 މިހާރު ގަބީލާގެ އެންމެން އަޅުގަނޑާ ދެކޮޅުވެއްޖެ. އެމީހުން ބުނަނީ ’⁠ކަލޭގެ ދަރިފުޅު މަރާލި ދަރި ތިމަންމެންނާ ހަވާލު ކުރާށޭ. ތިމަންމެން ބޭނުންވަނީ އޭނާ މަރާލާށޭ. އެގޮތަކީ އޭނާއަކީ އޭނާގެ ކޮއްކޮ މަރާފައި ހުރި މީހެއް.⁠‘ އަޅުގަނޑުގެ އެދަރިފުޅަކީ އާއިލާގެ ހުޅުކޮޅުގެ އެންމެ ފަހު ކަނިކޮޅު. އެ ދަރިފުޅު މަރުވެއްޖެއްޔާ އެހުޅުކޮޅު އެއްކޮށް ނިވިދާނެ. އަޅުގަނޑުގެ ދިރިހުރިހާ ވެސް ކުއްޖަކީ އެއީ. އޭނާގެ ބައްޕަގެ މުދަލުގެ ވާރިސަކަށް ހުރީ އޭނާ. އޭރުން އަޅުގަނޑުގެ މަރުހޫމު ފިރިމީހާގެ މުދާ ލިބޭނީ ހިލޭ މީހަކަށް. އޭނާގެ ނަމާއި އާއިލާ ވެސް ބިންމަތީން ފުހެވިގެން ހިނގައިދާނެ.⁠“
7 Agora, o resto da família está exigindo de sua serva: ‘Entregue-nos seu filho. Vamos executá-lo por ter matado o irmão. Ele não merece herdar a propriedade da família’. Querem apagar a última brasa que me restou; se o fizerem, o nome e a família de meu marido desaparecerão da face da terra.”
8 ދެން ރަސްގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ގެޔަށް ދޭ! ކަލޭގެ ތިޔަ ކަންތައް ހައްލު ކޮށްދޭނަން.⁠“
8 “Eu cuidarei disso”, disse o rei. “Vá para casa.”
9 އެއަންހެނާ ރަސްގެފާނަށް ދެންނެވިއެވެ. ”⁠އޭ އަޅުގަނޑުގެ ވެރި ސާހިބު ރަސްގެފާނު! މިކަމުގެ ކުށް އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަގެ އާއިލާގެ މައްޗަށް އަޔަ ދެއްވާ. ރަސްގެފާނުގެ ރަސްކަމުގައި މިކަމުގެ އިލްޒާމު ނައަޅުއްވާ!⁠“
9 A mulher de Tecoa respondeu: “Ó meu senhor, o rei, que a culpa caia sobre mim e sobre a família de meu pai, e que o rei e seu trono sejam inocentes!”.
10 ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާ ދިމާއަށް މީހަކު އެއްޗެކޭ ބުނެފިއްޔާ އެމީހަކު އަހަންނާ ހަމަޔަށް ގެނޭ. އޭނާ ކަލެއަކަށް އިތުރަކަށް ތުރާލެއް ނުދޭނެ.⁠“
10 “Se alguém criar problemas, traga-o a mim”, disse o rei. “Eu lhe garanto que ele nunca mais a incomodará.”
11 އަންހެނާ ދެންނެވިއެވެ. ”⁠އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށް ވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.⁠“
11 Então ela disse: “Por favor, prometa pelo S enhor , seu Deus, que não deixará o vingador da vítima matar meu filho. Não quero mais derramamento de sangue”. Ele respondeu: “Tão certo como vive o S
12 އަންހެން މީހާ ދެންނެވިއެވެ. ”⁠އާދޭހާ އެކު ދަންނަވަން. ނިކަމެތި އަޅުގަނޑު އަދި އެއް ވާހަކަ ދެއްނެވުމުގެ ހުއްދަ ދެއްވާ!⁠“
12 “Permita-me pedir mais uma coisa ao meu senhor, o rei”, disse a mulher. “Fale”, respondeu ele.
13 ”⁠މާތްކަލާނގެ މީހުންނާ ދޭތެރޭ ކަލޭގެފާނު އެ ގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟ ރަސްގެފާނު ތިހެން ވިދާޅުވާއިރު ރަސްގެފާނު ވެސް މިކަމުގައި ކުށްވެރި ނުވޭތޯ؟ އެހެނީ ކަލޭގެފާނުގެ ދަރިކަލުން ވެސް އެވަނީ ރަށުން ބޭރަށް އަރުވާލައްވާފައި.
13 Então ela disse: “Por que o senhor não faz pelo povo de Deus o mesmo que prometeu fazer por mim? Ao tomar essa decisão, o senhor condenou a si mesmo, pois se recusou a trazer para casa seu filho banido.
14 އަހަރެމެން އެންމެން ދުވަސްކޮޅަކުން މަރުވެދާނެ. އަހަރެމެން އެންމެންނަކީ ބިމަށް އޮއްސާލާ ފެނެކޭ އެއްގޮތް ބަޔަކީމު. އެކަކަށް ވެސް ބިމުން އެ ފެނެއް ނުނެގޭނެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނޫންތޯ، މާތްރަސްކަލާނގެ ވެސް މީހާ މުޅިއަކުން ނައްތައެއް ނުލައްވާ. ކޮންމެވެސް ދުވަހަކުން އެކަލާނގެ އަލުން އޭނާ ގެންނަވާނެ ގޮތެއް ހައްދަވާ.
14 Um dia, todos nós morreremos. Nossa vida é como água que, depois de derramada na terra, não pode mais ser recolhida. Mas Deus não apaga a vida; ao contrário, ele cria meios de trazer de volta aqueles que foram banidos de sua presença.
15 މަތިވެރި ސާހިބު ރަސްގެފާނު، އަޅުގަނޑު މަނިކުފާނަށް މިވާހަކަ ދަންނަވަން މިއައީ މީސްމީހުން އައިސް އަޅުގަނޑު ބިރުގަންނަވާތީ. އެހެންވެ އަޅުގަނޑު ހިތަށް އެރީ މިވާހަކަ ރަސްގެފާނަށް ދަންނަވާނީއޭ. އެއީ ފަހަރުގައި ރަސްގެފާނު ނިކަމެތި އަޅުގަނޑަށް އެހީތެރިވެ ދެއްވާފާނެޔޭ.
15 “Vim suplicar ao meu senhor, o rei, porque outros me ameaçaram. Pensei: ‘Talvez o rei me escute
16 ރަސްގެފާނު އަޅުގަނޑަށް އެހީތެރިވެ ވަޑައިގެން އަޅުގަނޑުގެ ދަރިފުޅު މަރަން އެއުޅޭ މީސްތަކުންގެ ކިބައިން އެ ދަރިފުޅު މުއްތި ކޮށް ދެއްވާ ފާނެޔޭ. އެމީހުން އެއުޅެނީ މާތްކަލާނގެ އަޅުގަނޑުމެންނަށް ދެއްވި ތަކެތިން މަހުރޫމު ކުރުވަން.
16 e nos livre daqueles que desejam nos eliminar da herança que Deus nos deu.
17 އަޅުގަނޑަށް އެނގޭ ސާހިބު ރަސްގެފާނުގެ ބަސްފުޅުން އަޅުގަނޑަށް ހިތްހަމަ ޖެހުން ލިބިއްޖެ. އެގޮތަކީ ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނަށް ރަނގަޅާއި ނުރަނގަޅު އެނގިވަޑައިގަންނަވާ. އަދި ކަލޭގެފާނުގެ އިލާހު މާތްރަސްކަލާނގެ ކަލޭގެފާނާ އެކުގައި ވާހުށި.⁠“
17 Sim, o meu senhor, o rei, restaurará nossa paz de espírito’. Sei que o senhor é como um anjo de Deus, capaz de discernir entre o bem e o mal. Que o S enhor , seu Deus, esteja com o rei”.
18 ދާއޫދު ރަސްގެފާނު އަންހެނާގެ ގާތު ވިދާޅުވިއެވެ. ”⁠އަހަރެން މިކުރާ ސުވާލަށް ކަލޭ ޖަވާބު ދީބަލަ.⁠“
18 “Preciso saber uma coisa”, disse o rei. “Diga-me a verdade.” “Sim, ó meu senhor, o rei”, disse a mulher.
19 ރަސްގެފާނު ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގައި ޔުއާބުގެ އަތެއް ނުވޭތަ؟⁠“
19 “Foi Joabe quem a mandou aqui?”, perguntou o rei. A mulher respondeu: “Ó meu senhor, o rei, como posso negar? Ninguém é capaz de esconder coisa alguma do senhor. Sim, foi Joabe, servo do rei, que me enviou e me disse o que falar.
20 ޔުއާބު އެ ގޮތަށް ކަންތައް ކުރީ މިދިމާވެފައިވާ ކަންތަކަށް ހައްލެއް ހޯދުމަށް. އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއްހާ ވިސްނުންފުޅު ގަދަ ބޭކަލެއް. މި ބިންމަތީގައި ހިނގާ ހުރިހާ ކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ.⁠“
20 Agiu desse modo para que o senhor pudesse ver a questão com outros olhos. Mas o senhor é sábio como um anjo de Deus e entende tudo que acontece em nosso meio!”.
21 ރަސްގެފާނު ޔުއާބަށް ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އަހަރެން ބުނި ގޮތަށް ކަންތައް ކުރާނަން. ކަލޭ ގޮސް އަބްޝާލޫމް ގޮވައިގެން އާދޭ!⁠“
21 Então o rei mandou chamar Joabe e lhe disse: “Muito bem, vá e traga de volta o jovem Absalão”.
22 ޔުއާބު ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމައްޗަށް ވެއްޓި ބިމުގައި މޫނު ޖައްސައި ރަސްގެފާނަށް އަދަބު އަދާކުރިއެވެ. ”⁠މިއަދު އަޅުގަނޑަށް އެނގޭ ކަލޭގެފާނު އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނެވިކަން. އެގޮތަކީ އަޅުގަނޑު އެދުނު ކަންތައް ކަލޭގެފާނު ކޮށްދެއްވައިފި.⁠“
22 Joabe se curvou com o rosto no chão e disse: “Finalmente sei que obtive o favor do meu senhor, o rei, pois atendeu a meu pedido!”.
23 ދެން ޔުއާބު ތެދުވެގެން ޖަޝޫރަށް ގޮސް އަބްޝާލޫމް ގޮވައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ.
23 Joabe foi a Gesur e trouxe Absalão de volta a Jerusalém.
24 އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.⁠“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ.
24 O rei, porém, deu a seguinte ordem: “Absalão pode ir para casa, mas não deve vir à minha presença”. Portanto, Absalão não viu o rei.
25 އަބްޝާލޫމްގެ ރީތި ކަމުގެ ވާހަކަ މީހުން ދައްކާ އުޅެއެވެ. އޭނާ ހާ ރީތި ފިރިހެނަކު މުޅި އިސްރާއީލީއަކު ވެސް ނެތެވެ. އޭނާގެ ބޮލުން ފެށިގެން ފުންނާބާއި ހަމަޔަށް އެންމެ ލަކެއް ވެސް ނުހުރެއެވެ.
25 Não havia nenhum homem em todo o Israel tão elogiado por sua beleza como Absalão; era perfeito da cabeça aos pés.
26 ކޮންމެ އަހަރަކު އަބްޝާލޫމްގެ ބޯ ދިގުވެ ބަރުވާންފެށީމާ އޭނާގެ ބޯ ކޮށައެވެ. ކޮށާލާ އިސްތަށީގެ ބަރުދަން ދެކިލޯއަށް ވުރެން ބަރެވެ.
26 Cortava o cabelo uma vez por ano por causa de seu peso: 2,4 quilos, segundo o peso real.
27 އަބްޝާލޫމްގެ ހަތަރު ދަރިން ތިބެއެވެ. އޭގެ ތެރޭގައި އަންހެން ކުއްޖަކު ވެސް ހުރެއެވެ. އެކުއްޖާގެ ނަމަކީ ތާމާރު އެވެ. ތާމާރަކީ ވެސް ރީތި ކުއްޖެކެވެ.
27 Tinha três filhos e uma filha. Sua filha se chamava Tamar e era muito bonita.
28 އަބްޝާލޫމް ޖެރޫސަލަމުގައި އުޅޭތާ ދެ އަހަރު ވީއިރު ވެސް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނެއެވެ.
28 Absalão morou dois anos em Jerusalém sem ver o rei.
29 ދެން އަބްޝާލޫމް ޔުއާބުގާތަށް މީހުން ފޮނުވައިފިއެވެ. އެމީހުންގޮސް ޔުއާބުގާތު އަބްޝާލޫމްއާ ބައްދަލު ކުރަން އައިސްދޭށޭ ބުނެފިއެވެ. އަބްޝާލޫމް އޭނާ ގާތު ބުނަން ބޭނުންވަނީ އޭނާގެ ބަދަލުގައި ރަސްގެފާނުގެ އަރިހަށް ގޮސް ދިނުމަށެވެ. އެކަމަކު ޔުއާބު އަބްޝާލޫމްގެ ގާތަކަށް ނައެވެ. އަބްޝާލޫމް ދެވަނަ ފަހަރު ވެސް ޚަބަރު ކޮށްފިއެވެ. އެކަމަކު ވެސް އޭނާއެއް ނައައެވެ.
29 Então mandou chamar Joabe para pedir que intercedesse por ele, mas Joabe não quis vir. Mandou chamá-lo de novo e, mais uma vez, ele se recusou a vir.
30 ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ބަލާބަލަ! ޔުއާބުގެ ދަނޑު އެއޮތީ އަހަރެންގެ ދަނޑާ ޖެހިގެން. ގޮސް އެ ދަނޑުގައި ހުރި ގޮވާންތަކުގައި ރޯކޮށްލާ!⁠“
30 Então Absalão disse a seus servos: “Vão e ponham fogo no campo de cevada de Joabe que fica junto de minha propriedade”. Os servos foram e puseram fogo no campo, como Absalão havia ordenado.
31 ދެން ޔުއާބު އަބްޝާލޫމްގެ ގެޔަށް އަތުވެއްޖެއެވެ. ”⁠ކަލޭގެ ޚާދިމުން އަހަރެންގެ ދަނޑު ހުޅުޖެހީ ކީއްވެ؟⁠“
31 Então Joabe foi à casa de Absalão e lhe perguntou: “Por que seus servos puseram fogo em meu campo?”.
32 ޔުއާބު ބުންޏެވެ. ”⁠އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.⁠“
32 Absalão respondeu: “Eu quero que você pergunte ao rei por que ele me trouxe de Gesur se não pretendia me receber. Teria sido melhor eu ficar onde estava. Quero ver o rei; se ele me considera culpado de algo, então que mande me matar”.
33 ދެން ޔުއާބު ރަސްގެފާނުގެ އަރިހަށް އައިސް މިވާހަކަ ދެންނެވުމުން ރަސްގެފާނު އަބްޝާލޫމް ގެންދަވައިފިއެވެ. އަބްޝާލޫމް ރަސްގެފާނުގެ އަރިހަށް އައިސް ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީގައި މޫނުޖައްސައިފިއެވެ. ދެން ރަސްގެފާނު އޭނާ ގައިގައި އޮޅުލައްވައިގަނެ ބޮސްދެއްވައިފިއެވެ.
33 Joabe contou ao rei o que Absalão tinha dito. Por fim, Davi mandou chamar Absalão. Ele veio, curvou-se com o rosto no chão diante do rei, e o rei o beijou.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 14, comparar traduções ou montar um estudo — tudo direto pelo WhatsApp.