2 Samuel 12

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 މާތްރަސްކަލާނގެ ދާއޫދުގެފާނުގެ އަރިހަށް ނަބީ ނާޘާން ފޮނުއްވިއެވެ. ނާޘާން ގޮސް މިހެން ދެންނެވިއެވެ. ”⁠އެއް ރަށެއްގައި ދެމީހަކު ތިބި. އެކަކީ މުއްސަންޖެއް. އަނެކަކީ ފަގީރެއް.
1 O Senhor enviou Natã a Davi. Natã foi falar com Davi e lhe disse: — Havia numa cidade dois homens, um rico e outro pobre.
2 މުއްސަނދި މީހާގެ އަތުގައި ވަރަށް ގިނަ ގެރިތަކާއި ކަންބަޅިތައް ހުރި.
2 O rico tinha ovelhas e gado em grande número,
3 ފަގީރު މީހާގެ އަތުގައި އޮތީ އޭނާ ގަނެގެން ގެންގުޅޭ ކުޑަ ޅަ ކަންބަޅިއެއް އެކަނި. ފަގީރު މީހާގެ އެކަންބަޅި އޭނާ ބޮޑުކުރީ އޭނާގެ ދަރިންނެކޭ އެއްފަދައިން. އޭނާ ކާއެއްޗެއް ކާންދީގެން، އޭނާ ބޯ އެއްޗެއް ބޯންދީގެން. އެސޮރު ނިންދަވަނީ އޭނާގެ އުނގުގައި ބާއްވައިގެން. އެ ކަންބަޅި އޭނާގެ އަންހެން ދަރިއެއް ފަދަ.
3 mas o pobre não tinha coisa nenhuma, a não ser uma cordeirinha que havia comprado. Ele a criou, e ela cresceu em sua casa, junto com os seus filhos. Comia da sua comida e bebia do seu copo. Dormia nos seus braços, e ele a tinha como filha.
4 އެއްދުވަހަކު އެރަށު މުއްސަނދިމީހާގެ ގެއަށް މެހުމާނަކު ޒިޔާރަތް ކޮށްފި. އޭނާ އެ ދަތުރުވެރިޔާއަށް ކާންދޭން ބޭނުންވި. އެހެންނަމަވެސް އޭނާގެ އަމިއްލަ ގެރިއެއް ބަކަރިއެއް ކަތިލާކަށް ބޭނުމެއް ނުވި. މުއްސަނދިމީހާ ހެދިގޮތަކީ ގޮސް ފަގީރު މީހާގެ އެ ކުޑަ ކަންބަޅި އަތުލައިގެން އައިސް ކަތިލައި މެހުމާނަށް ކާން ދީފި.⁠“
4 Certo dia chegou um viajante à casa do homem rico, e este não quis pegar uma das suas ovelhas ou um dos seus bois para dar de comer ao visitante que havia chegado; em vez disso, pegou a cordeirinha do homem pobre e a preparou para o homem que havia chegado.
5 ދާއޫދުގެފާނު އެ މުއްސަނދިމީހާ ދެކެ ވަރަށް ކޯފާވެއްޖެއެވެ. އެކަލޭގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”⁠ދިރި ދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. ތިޔަފަދަ މީހަކަށް މަރު ޙައްޤު ވެއްޖެ.
5 Então o furor de Davi se acendeu contra aquele homem, e ele disse a Natã: — Tão certo como vive o
6 އެ ފަގީރު މީހާގެ ޅަކަންބަޅީގެ އަގު ހަތަރު ގުނައަށް އަދާ ކުރަން ޖެހޭނެ. ތިޔަ މީހާގެ ކިބައިގައި ކުޑަވެސް ރަޙުމެއް ނެތް.⁠“
6 E pela cordeirinha restituirá quatro vezes, porque fez uma coisa dessas e porque não se compadeceu.
7 ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އެ މުއްސަނދި މީހާއަކީ ޚުދު ކަލޭގެފާނު. އިސްރާއީލުގެ ވެރި ކަލާނގެ ވަޙީ ކުރެއްވީ މިހެން: ’⁠ތިމަންކަލާނގެ ކަލޭގެފާނު ރަސްކަމަށް ހޮއްވަވައި ޝާއުލްގެފާނުގެ ކިބައިން ސަލާމަތް ކުރެއްވީމޭ.
7 Então Natã disse a Davi: — Esse homem é você. Assim diz o
8 ކަލޭގެފާނަށް ޝާއުލްގެފާނުގެ ރަސްކަމާއި އެރަސްގެފާނުގެ އަނބިންތައް ވެސް ދެއްވީމޭ. އަދި ކަލޭގެފާނަށް އިސްރާއީލާއި ޔަހޫޛާގެ ރަސްކަން ވެސް ދެއްވީމޭ. ކަލޭގެފާނު އިތުރަށް ބޭނުން ވިނަމަވެސް ތިމަންކަލާނގެ އޭގެ ދެގުނަ ދެއްވީމުހޭ.
8 Eu lhe dei a casa de seu senhor e as mulheres de seu senhor em seus braços. Também lhe dei a casa de Israel e de Judá. E, se isto fosse pouco, eu teria acrescentado tais e tais coisas.
9 އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.
9 Por que, então, você desprezou a palavra do Senhor , fazendo o que era mau aos olhos dele? Com a espada você matou Urias, o heteu. Você tomou por esposa a mulher dele, depois de o matar com a espada dos filhos de Amom.
10 އެހެންކަމުން ކަލޭގެފާނުގެ ގޭދޮށަކުން ދެން ކަނޑިއެއް ދުރެއް ނުވާނެޔޭ. އެއީ ކަލޭގެފާނު ޙިއްޘީންގެ އުރިއްޔާގެ އަނބިމީހާ ގެންދަވައި ކަލޭގެފާނުގެ އަނތްބަކަށް ހައްދަވައި ތިމަންކަލާނގެއާ މެދު އިހާނާތްތެރި ކޮށް ހިތީމައޭ.⁠‘
10 Agora, pois, a espada jamais se afastará da sua casa, porque você me desprezou e tomou a mulher de Urias, o heteu, para ser sua mulher.”
11 މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’⁠މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަން މަތީގައޭ.
11 Assim diz o Senhor : “Eis que farei com que de sua própria casa venha o mal sobre você. Tomarei as suas mulheres à sua própria vista e as darei a outro homem, que se deitará com elas em plena luz do dia.
12 ކަލޭގެފާނު ބަތުޝަބާއާ އެކު އުޅުނީ ސިއްރިއްޔާތުގައި ނޫންހޭ؟ އެކަމަކު ތިމަންކަލާނގެ ކަލޭގެފާނަށް މިސަޒާ ދެއްވާނީ އިސްރާއީލުގެ އެންމެންގެ ކުރިމަތީގައި ރޯމާ ދުވާލުގައޭ.⁠‘⁠“
12 Porque você o fez em segredo, mas eu farei isso diante de todo o Israel e em plena luz do dia.”
13 ދެން ދާއޫދުގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކުރެވިއްޖެ!⁠“
13 Então Davi disse a Natã: — Pequei contra o E Natã respondeu: — Também o
14 އެކަމަކު ކަލޭގެފާނު ކުރެއްވި ކަންތަކުގެ ސަބަބުން މާތްރަސްކަލާނގެ އަދާވާތްތެރިންގެ ކުރިމަތީގައި އެކަލާނގެ ނަންފުޅު ކިލަނބު ވެއްޖެ. އެހެންކަމުން ކަލޭގެފާނަށް ތިޔަ ލިބިވަޑައިގެންނެވި ދަރިކަލުންނެއް އެކަލާނގެ ދިރިއެއް ނުބަހައްޓަވާނެ.⁠“
14 Mas, porque com isto você deu motivo a que os inimigos do Senhor blasfemassem, também o filho que lhe nasceu morrerá.
15 ދެން ނަބީ ނާޘާން އެނބުރި ގެޔަށް ހިނގައްޖެވެ. އޭގެ ފަހުން އުރިއްޔާގެ އަނބިމީހާ ވިހޭ ދަރިފުޅަށް މާތްރަސްކަލާނގެ ބަލިމަޑުކަމެއް ޖައްސަވައިފިއެވެ.
15 Então Natã foi para a sua casa. E o
16 ދާއޫދުގެފާނު އެކުއްޖާ ފަސޭހަކުރެއްވުން އެދި މާތްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެކަލޭގެފާނު ކާއެއްޗެއް ފަރީއެއް ނުކުޅުއްވައެވެ. ގެޔަށް ވަޑައިގެން މުޅި ރޭގަނޑު ބިންމަތީގައި އޮންނަވަނީއެވެ.
16 Davi suplicou a Deus pela criança. Davi jejuava e, entrando em casa, passava a noite deitado no chão.
17 ދާއޫދުގެފާނުގެ އަރިސްބޭކަލުން އައިސް އުޅެއުޅެވެސް އެކަލޭގެފާނު ބިންމަތިން ތެދުވެވަޑައިގަންނަވާނެ ގޮތެއް ނުވިއެވެ. އަދި އެއްޗެއް ފަރީއްކުޅުއްވާނެ ގޮތެއް ވެސް ނުވިއެވެ.
17 Então os anciãos do seu palácio se aproximaram dele, para o levantar do chão; porém ele não quis e não comeu com eles.
18 ހަތްވަނައަށް ވީ ދުވަހު ކުއްޖާ މަރުވެއްޖެއެވެ. އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުންނަކަށް އެކަލޭގެފާނުގާތު އެވާހަކަ ދަންނަވާކަށް ނުކެރުނެވެ. އެމީހުން ހިތަށް އެރީ މިހެންނެވެ: ”⁠ދަރިފުޅު މަރުނުވެ އޮތް އިރު ވެސް އަހަރެމެން ދާއޫދުގެފާނަށް ބަސް ދަންނަވަން އުޅުނިން. އެކަމަކު އެކަލޭގެފާނު އަހަރެމެންގެ ބަހެއް އަޑެއް ނޭއްސެވި. މިހާރު ދަރިފުޅު މަރުވީމާ އެވާހަކަ އަހަރެމެން ދަންނަވައިފިއްޔާ އެކަލޭގެފާނު ކުރައްވާނީ ކޮންފަދަ ކަމެއްކަން ވެސް ނޭނގޭ.⁠“
18 No sétimo dia, a criança morreu. E os servos de Davi ficaram com medo de informá-lo de que a criança estava morta, porque diziam: — Quando a criança ainda estava viva, falávamos com ele, mas ele não dava ouvidos à nossa voz. Como, então, vamos dizer a ele que a criança morreu? Poderá fazer alguma loucura!
19 އެކަމަކު ދާއޫދުގެފާނުގެ އަރިހުބޭކަލުން ވައިއަޑުން މިވާހަކަތައް ދައްކާކަން އެނގިވަޑައިގެންފިއެވެ. އެހެންވެ ދަރިފުޅު މަރުވެއްޖެކަން އެކަލޭގެފާނަށް ޔަޤީންވެ ވަޑައިގެންފިއެވެ. އެކަލޭގެފާނު އަރިހުބޭކަލުން ކުރެން އެއްސެވިއެވެ. ”⁠ދަރިފުޅު މަރުވީ ދޯ؟⁠“
19 Mas Davi notou que os seus servos cochichavam uns com os outros e entendeu que a criança havia morrido. Então perguntou: — A criança morreu? Eles responderam: — Morreu.
20 ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.
20 Então Davi se levantou do chão, lavou-se, ungiu-se, trocou de roupa, entrou na Casa do Senhor e adorou. Depois, voltou para o palácio e pediu comida; puseram-na diante dele, e ele comeu.
21 ދާއޫދުގެފާނުގެ އަރިހުބޭކަލުން ދެންނެވިއެވެ. ”⁠ދަރިފުޅު ދިރިއޮތްވާ ކަލޭގެފާނު ފަރީއްކުޅުއްވަން އިންކާރު ކުރައްވައި ކީރިތި ކުރެއްވީ. އެކަމަކު ދަރިފުޅު ނިޔާވީމާ ކަލޭގެފާނު ތެދުވެ ވަޑައިގެން ތިޔަ ފަރީއްކުޅުއްވަނީ ކީއްވެތޯ؟⁠“
21 O seus servos lhe disseram: — Que é isto que o senhor fez? Pela criança viva o senhor jejuou e chorou, mas, depois que ela morreu, se levantou e se pôs a comer!
22 ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅު ދުނިޔޭގައި އޮތް އިރު އަހަރެން ނުކައި އެހާވަރަށް ރޮއިހެދީ މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ރަޙުމު ކުރައްވައި ދަރިފުޅު ދުނިޔޭގައި ލަހައްޓަވާނެ ކަމަށް.
22 Davi respondeu: — Enquanto a criança ainda estava viva, jejuei e chorei, porque dizia: “Talvez o
23 ދަރިފުޅު މަރުވީމާ އަހަރެން ދެން ނުކައި ހުންނަންވީ ކީއްވެ؟ އޭރުން އެ ދަރިފުޅު ދިރޭނެތަ؟ އެހެނެއް އެކަމެއް ނުވާނެ. ކޮންމެވެސް ދުވަހަކުން އަހަރެން އެދަރިފުޅު ގާތަށް ދާނަން. އެކަމަކު މިހާރަކު އޭނާއަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.⁠“
23 Mas agora que ela morreu, por que jejuar? Poderei eu trazê-la de volta? Eu irei até ela, mas ela não voltará para mim.
24 އޭގެ ފަހުން ދާއޫދުގެފާނު އެކަލޭގެފާނު އަނބިކަނބަލުން ބަތުޝަބާ މަސަލަސް ކުރެއްވިއެވެ. ދެން އެކަލޭގެފާނު އެކަމަނާއާއެކު ރޭކުރައްވައިފިއެވެ.
24 Então Davi consolou Bate-Seba, sua mulher. Teve relações com ela, e ela teve um filho, a quem Davi deu o nome de Salomão; e o Senhor o amou.
25 އޭގެ ފަހުން މާތްރަސްކަލާނގެ ނާޘާން ނަބީކަލޭގެފާނު މެދުވެރި ކުރައްވައި ސުލައިމާނަށް ޔަދީދިޔާގެ ނަމުން ނަން ދެއްވިއެވެ.
25 Davi o entregou nas mãos do profeta Natã, e este lhe chamou Jedidias, por causa do Senhor .
26 މި ހިނދު ރައްބާ އަކީ އަމޫނީންގެ ވެރި ރަށެވެ. ޔުއާބު ޢައްމޫނީންނާ ހަނގުރާމަކޮށް އެމީހުންގެ ރަސްގެފާނުގެ ކޮއިލު އަތުލައިފިއެވެ.
26 Enquanto isso, Joabe atacou Rabá, dos filhos de Amom, e tomou a cidade real.
27 ދެން ޔުއާބު މި ޚަބަރާއިގެން ދާއޫދު ރަސްގެފާނުގެ އަރިހަށް ވަފުދެއް ފޮނުވައިފިއެވެ. ”⁠އަޅުގަނޑު ރައްބާގެ ސަހަރާ ހަނގުރާމަކޮށް އެ ސަހަރަށް ފެން ގެންނަ ސަރަހައްދު މިހާރު މިވަނީ އަޅުގަނޑުގެ ބާރު ދަށުގައި.
27 Então Joabe mandou mensageiros a Davi, dizendo: — Lutei contra Rabá e tomei a cidade das águas.
28 ދެން ތިބި އެންމެން އެއްކޮށް ގެންނަވައި ރައްބާއަށް އެކީއެކަށްޗަކަށް ހަމަލަދީ އެރަށް ހިފަންވީ ނޫންތޯ؟ އަޅުގަނޑު މި ސަހަރު ހިފައިފިއްޔާ އެކަމުގެ ރީތިނަން ލިބޭނީ އަޅުގަނޑަށް. އެހެންވީމާ މަނިކުފާނު ވަޑައިގެން މި ސަހަރު ހިއްޕަވަންވީ ނޫންތޯ.⁠“
28 Reúna agora o resto do exército e cerque a cidade para tomá-la; do contrário, se eu a tomar, ela poderia ser chamada pelo meu nome.
29 އެހެންވެ ދާއޫދުގެފާނު ހުރިހާ ހަނގުރާމަވެރިން އެއްކުރައްވައި ރައްބާއަށް ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު ރައްބާއާ ހަމަލާދެއްވައި އެރަށް އަތުލައިގެންފިއެވެ.
29 Então Davi reuniu todo o povo, marchou para Rabá, lutou contra ela, e a tomou.
30 ދާއޫދުގެފާނު އެތަނުގެ ރަސްގެފާނުގެ ތާޖު ނެންގެވިއެވެ. އެއީ ރަނުން ހަދާފައިވާ ތާޖެކެވެ. އޭގެ ބަރުދަނުގައި ތިރީސް ހަތަރު ކިލޯ ހުރެއެވެ. އަދި އޭގައި ވަރަށް އަގުބޮޑު ޖަވާހިރުތައް ވެސް ހުއްޓެވެ. ދެން އެމީހުން އެ ތާޖު ދާއޫދުގެފާނުގެ އިސްތަށިފުޅުގައި ތުރުކުރުވިއެވެ. މީގެ އިތުރުން ދާއޫދުގެފާނު އެރަށުން އަގުބޮޑެތި ޣަނީމާތައް ނެންގެވިއެވެ.
30 Tirou a coroa da cabeça do seu rei. O peso da coroa era de trinta e quatro quilos de ouro, e havia nela pedras preciosas. Essa coroa foi posta na cabeça de Davi. E da cidade ele levou muitos despojos.
31 ދެން ދާއޫދުގެފާނު އެރަށުގެ މީހުން މަސައްކަތަށް ނެރުއްވިއެވެ. އެމީހުންގެ އަތަށް ކީސްތަކާއި ފާންތިލަތަކާއި މުޅޯތައް ހަވާލު ކުރައްވައި އެމީހުންލައްވާ ރާނާ ގާ އެޅުއްވިއެވެ. އެގޮތުގެ މަތިން ޢައްމޫނީންގެ އެހެން ސަހަރުތަކުގެ މީހުންނާ މެދު ވެސް ކަންތައް ކުރެއްވިއެވެ. ދެން ދާއޫދުގެފާނު އެކަލޭގެފާނާއި އެކުގައި އައި ފައުޖާއެކު އެނބުރި ޖެރޫސަލަމަށް ވަޑައިގެންފިއެވެ.
31 Também trouxe o povo que havia nela, e os fez trabalhar com serras, picaretas, machados de ferro e em fornos de tijolos. Davi fez o mesmo com todas as cidades dos filhos de Amom. Depois voltou com todo o exército para Jerusalém.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Samuel 12, comparar traduções ou montar um estudo — tudo direto pelo WhatsApp.