1 Tessalonicenses 5
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 އަޚުންނާއި އުޚުތުންނޭވެ! ވަގުތާއި ތާރީޚާއި މެދު ލިޔާކަށް އަހަރެންނަކަށް ނުޖެހެއެވެ.
1 Mas, acerca dos tempos e das estações, irmãos, não necessitais de que eu vos escreva;
2 އެއީ މާތްސާހިބާ އެނބުރި ވަޑައިގަންނަވާނޭ ދުވަހަކީ ޙައިރާންކަން ލިބެނިވި ދުވަހެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނޭތީއެވެ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ވަގަކު ރޭގަނޑުގައި ވައްކަންކުރަން އަންނަ ފަދައިންނެވެ.
2 porque vós mesmos sabeis perfeitamente que o dia do Senhor virá como o ladrão de noite.
3 އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.
3 Porque quando disserem: Paz e segurança, então, repentina destruição virá sobre eles, como as dores de parto à mulher grávida; e não escaparão.
4 ނަމަވެސް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ތިބީ އަނދިރީގައިމެ ނޫނެވެ. އެހެންވީމާ، ވަގަކު ވަންނަ ފަދައިން މާތްސާހިބާ އެނބުރިވަޑައިގެންނެވިޔަސް އެދުވަހަކުން ތިޔަބައިމީހުން ޙައިރާނެއް ނުވާނެއެވެ.
4 Mas vós, irmãos, não estais em trevas, para que aquele dia vos surpreenda como um ladrão;
5 އެހެނީ ތިޔަބައިމީހުންނީ އަލިކަން މިލްކުވެގެންވާ އަދި ދުވާލުގައި ޙަޔާތުވޭތުކުރަމުން ގެންދާ ބައެކެވެ. އަހަރެމެން އެންމެންނަކީ ރޭގަނޑާއި އަދި އަނދިރިކަމުގެ އަހުލުވެރި ބައެއް ނޫނެވެ.
5 porque todos vós sois filhos da luz e filhos do dia; nós não somos da noite nem das trevas.
6 އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ.
6 Portanto, não durmamos, como fazem os outros, mas vigiemos e sejamos sóbrios.
7 މީސްތަކުންގެ ތެރެއިން ނިދާ މީހުން ނިދަނީ ރޭގަނޑުގައެވެ. މަސްތުވުމުގައިވާ މީހުން މަސްތުވަނީ ވެސް ރޭގަނޑުގައެވެ.
7 Porque os que dormem, dormem de noite, e os que se embebedam, embebedam-se de noite.
8 ނަމަވެސް އަހަރެމެން މިލްކުވެގެންވަނީ ދުވާލަށެވެ. އެހެންވީމާ، އަހަރެމެންގެ އަމިއްލަ ނަފްސު ހިފެހެއްޓެން އަހަރެމެންނަށް ޖެހޭނެއެވެ. އަހަރެމެން އަޅަންޖެހޭނީ އީމާންތެރިކަމާއި ލޯބިން މޭމަތި ހިމާޔަތްކޮށްދޭ ފަދަ އެއްޗެކެވެ. އަދި އަހަރެމެންގެ ބޮލުގައިވާ ހެލްމެޓް ވާންޖެހޭނީ ދިންނެވުމުގެ އުންމީދު ކަމުގައެވެ.
8 Mas nós, que somos do dia, sejamos sóbrios, vestindo-nos da couraça da fé e do amor e por capacete a esperança da salvação.
9 މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އެކަލާނގެ ކޯފާގެ ވޭން އަހަރެމެން ތަޙައްމަލު ކުރުމަކަށްމެ ނޫނެވެ. ނަމަވެސް މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވުމަށެވެ.
9 Porque Deus não nos designou para a ira, mas para a aquisição da salvação, por nosso Senhor Jesus Cristo,
10 އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވީ އަހަރެމެންނަށްޓަކައެވެ. އެއީ އަހަރެމެންނަށް އެކަލޭގެފާނާއި އެކުގައި ޙަޔާތް ވޭތުކުރެވުމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާއިރު އަހަރެމެން ދިރިތިބި ކަމުގައި ވިޔަސް ނޫނީ އަހަރެމެން މަރުވެފައި ވީކަމުގައި ވިޔަސްމެއެވެ.
10 que morreu por nós, para que, quer vigiemos, quer durmamos, vivamos juntamente com ele.
11 އެހެންވީމާ، އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. އަދި އެކަކު އަނެކަކަށް ވަރުގަދަ އީމާންތެރިކަމެއްގައި ހެދި ބޮޑުވެދާށެވެ. އެއީ މިހާރު ވެސް ތިޔަބައިމީހުން އަމަލު ކުރަމުން ގެންދާ ފަދައިން ވެސް މެއެވެ.
11 Pelo que, consolai-vos uns aos outros e edificai-vos uns aos outros, como também o fazeis.
12 އަޚުންނާއި އުޚުތުންނޭވެ. މާތްސާހިބާއަށްޓަކައި ތިޔަބައިމީހުންގެ ޙަޔާތު ވޭތުކުރުމަށް އުނގަންނައިދީ އަދި ތިޔަބައިމީހުންގެ މެދުގައި ގަދައަޅައި މަސައްކަތްކުރި ވެރިންނަށް ގަދަރު ކުރުމަށް އިލްތިމާސް ކުރަމެވެ. އެމީހުން ތިޔަބައިމީހުންނަށް ރޫހާނީ މަގުދައްކައި ދިނުމަށް މަސައްކަތް ކުރިއެވެ.
12 E suplicamos a vós, irmãos, que reconheçais os que trabalham entre vós, e que presidem sobre vós no Senhor, e vos admoestam;
13 އެބައިމީހުން ކުރި މަސައްކަތާއި މެދު ލޯތްބަކާއިއެކު އެބައިމީހުންނަށް ޚާއްސަގޮތެއްގައި ޤަދަރު ކުރާށެވެ. ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ސުލްޙައިގައިވާށެވެ.
13 e que os tenhais em grande estima em amor, por causa da sua obra. E tende paz entre vós.
14 އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ.
14 Nós vos exortamos, irmãos, que admoesteis aqueles que são desordeiros, consoleis os de pouco ânimo, sustenteis os fracos e sejais pacientes para com todos os homens.
15 އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.
15 Vede que ninguém dê mal por mal a nenhum homem, mas segui o que é bom, tanto uns para com os outros como para com todos os homens.
16 އަބަދުވެސް އުފާކުރާށެވެ.
16 Regozijai-vos sempre.
17 އަބަދުމެ ދުޢާ ކުރުމުގައި ވާށެވެ.
17 Orai sem cessar.
18 ކޮންމެ ޙާލަތަކާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. މިއީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ތިޔަބައިމީހުން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތެވެ.
18 Em todas as coisas dai graças, porque esta é a vontade de Deus em Cristo Jesus para convosco.
19 މާތްރަސްކަލާނގެ މާތްރޫޙުފުޅު ނިވުނަ ނުދޭށެވެ.
19 Não apagueis o Espírito.
20 ޣައިބުގެ ބަސްތަކުން އެނގޭ ކަންކަމަކީ މުހިންމު ކަމެއް ނޫން ކަމުގައި ނުދެކޭށެވެ.
20 Não desprezeis as profecias.
21 ނަމަވެސް ކޮންމެ ކަމަކާއިމެދު ފަރުވާތެރިވެ އިމްތިޙާނު ކުރާށެވެ. ހެޔޮކަންކަމުގައި ގަދައަޅައި ހިފަހައްޓާށެވެ.
21 Examinai todas as coisas, retende o que é bom.
22 އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.
22 Abstende-vos de toda aparência do mal.
23 މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.
23 E o mesmo Deus de paz vos santifique completamente; e oro a Deus que todo o vosso espírito, e alma, e corpo sejam preservados irrepreensíveis para a vinda de nosso Senhor Jesus Cristo.
24 ތިޔަބައިމީހުން ޚިޔާރު ކުރެއްވި ފަރާތުން މިކަންތައްތައް ތިޔަބައިމީހުންނަށް ކޮށްދެއްވާނެއެވެ. އެކަލާނގެއީ އަމާނާތްތެރިވެ ވޮޑިގެންވާ ކަލާނގެއެވެ.
24 Fiel é o que vos chama, o qual também o fará.
25 އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންނަށްޓަކައި ދުޢާ ކުރާށެވެ.
25 Irmãos, orai por nós.
26 އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމުގެ ބޮސް ދިނުމަކާއެކު މަރުޙަބާ ކިޔާށެވެ.
26 Saudai a todos os irmãos com um beijo santo.
27 އީމާންތެރިކަމުގައިވާ ހުރިހާ އެންމެންނަށް މި ސިޓީ ކިޔައިދިނުމަށް މާތްސާހިބާ ދެއްވި އަމުރުވެރިކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ.
27 Conjuro-vos pelo Senhor que esta carta seja lida a todos os santos irmãos.
28 މާތްސާހިބާ އީސާ އަލްމަސީޙު ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ދެއްވާށިއެވެ. އާމީން.
28 A graça de nosso Senhor Jesus Cristo seja convosco. Amém.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Tessalonicenses 5, comparar traduções ou montar um estudo — tudo direto pelo WhatsApp.