1 Samuel 9
ކިތާބުލް މުޤައްދަސް (DIV) vs BKJ
1 ޤައިޝް އަކީ ބަންޔާމީންގެ ދަރިކޮޅުން އައިސް ހުރި މީހެކެވެ. އޭނާއަކީ އަފީޙަ ދަރި ބަކޫރަތުގެ ދަރި ސަރޫރަގެ ދަރި އަބިޔީލްގެ ދަރިއެކެވެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ ބޮޑެކެވެ.
1 Ora, havia um homem de Benjamim, cujo nome era Quis, o filho de Abiel, o filho de Zeror, o filho de Becorate, o filho de Afias, um benjamita, um homem poderoso e influente.
2 ޤައިޝްގެ ދަރި ޝާއުލް އަކީ ޒުވާން ރީތި ފިރިހެނެކެވެ. ބަނީއިސްރާއީލުންގެ ތެރޭގައި އެފަދަ ދެވަނައެއް ނުވާހާ ފުރިހަމަ މީހެކެވެ. އޭނާގެ އިސްކޮޅު އިސްރާއީލުންގެ ދެންތިބި މީހުންނަށް ވުރެން އެއް ފޫޓު ދިގެވެ.
2 E ele tinha um filho, cujo nome era Saul, um jovem valoroso, e belo; e não havia entre os filhos de Israel pessoa mais bela do que ele; dos ombros para cima ele era mais alto do que qualquer um do povo.
3 އެއްދުވަހަކު ޤައިޝްގެ ހިމާރުތައް ގެއްލިއްޖެއެވެ. އެހެންވެ އޭނާގެ ދަރިފުޅު ޝާއުލްގެ ގާތުގައި ބުންޏެވެ. ”ދަރިފުޅު މިތަނުން ޚާދިމަކު ގޮވައިގެން އެ ހިމާރުތައް ފެނޭތޯ ދޭބަލަ.“
3 E os jumentos de Quis, do pai de Saul, estavam perdidos. E Quis disse a Saul, seu filho: Toma agora contigo um dos servos, e levanta, vai procurar os jumentos.
4 ދެން އެމީހުން ގޮސް އަފްރާއީމްގެ ފަރުބަދަމަތީ އަވަށްތައް ކަމުގައިވާ ޝަލީޝާއާއި ޝާލިމުއާއި އަދި ބަންޔާމީންގެ ސަރަހައްދު އެމީހުން ބެއްޔެވެ. މިއިން ތަނަކުން އެ ހިމާރުތަކެއް ނުފެނުނެވެ.
4 E ele passou pelo monte Efraim, e passou pela terra de Salisa, mas eles não os encontraram; então, eles passaram pela terra de Saalim, e eles não estavam lá; e ele passou pela terra dos benjamitas, mas não os encontraram.
5 އެންމެ ފަހުން އެމީހުންނަށް ޞޫފުގެ މީހުން އުޅޭ ހިސާބަށް ދެވިއްޖެއެވެ. ޞޫފަށް ދެވުމުން ޝާއުލް އޭނާގެ ނޯކަރަށް ބުންޏެވެ. ”އަނބުރާލާފައި ދާން ހިނގާ. އެހެންނޫނީ ބައްޕަ ހިމާރުތަކަށް ވުރެން ބޮޑަށް އަހަރެމެންގެ މަތިން ފިކުރު ބޮޑުވެދާނެ.“
5 E quando chegaram à terra de Zufe, Saul disse ao seu servo que com ele estava: Vem, e retornemos; para que o meu pai não deixe de se preocupar com os jumentos, e fique aflito por nós.
6 ނޯކަރު ބުންޏެވެ. ”މިރަށުގައި ވަރަށް ބޮޑު ނަބީ ބޭކަލަކު އުޅުއްވާނެ. އޭނާ ބުނުއްވާ ބަހެއް ކައްޗާވެއެއް ނުދާނެ. އޭނާގެ ގާތަށް ދަމާ ހިނގާ. ފަހަރުގައި އަހަރެމެން ދާންވީ މަގު އޭނާ ބުނެ ދެއްވަފާނެ.“
6 E ele lhe disse: Vê, agora, nessa cidade há um homem de Deus, e ele é um homem honorável; tudo o que ele diz, seguramente, cumpre-se; agora, vamos para lá; talvez ele possa nos mostrar o caminho pelo qual devamos seguir.
7 ”އެ އަވަށަށް ވެސް ދެވިދާނެ. އެކަމަކު ދިޔަޔަސް ތިޔަ ބުނާ ނަބީ ބޭކަލަކު ފައިންޕުޅު ފެނިދާނެތަ؟ އަހަރެމެން ގެނައި ކާއެތިކޮޅު ވެސް މިހިރީ ހުސްވެފައި. އެ ކަލޭގެފާނަށް އަހަރެމެން ދޭނީ ކޮން އެއްޗެއް؟“
7 Então Saul disse ao seu servo: Porém, vê, se formos, o que traremos ao homem? Pois o pão de nossas vasilhas foi consumido, e não há um presente para levarmos ao homem de Deus; o que temos?
8 ނޯކަރު ބުންޏެވެ. ”އަޅުގަނޑުގެ އަތުގައި ކުޑަ ރިހި ލާރިކޮޅެއް އެބަހުރި. އެލާރި ކޮޅު ދީފައި އަހަރެމެން ދާންވީ މަގެއް އޮޅުން ފިލުވިދާނެ.“
8 E o servo voltou a responder a Saul, e disse: Eis que tenho aqui, à mão, a quarta parte de um shekel de prata; isto darei ao homem de Deus, para que nos diga o nosso caminho.
9 (ކުރީ ޒަމާނުގައި މާތްކަލާނގެ ކިބަފުޅުން ކަންކަމަށް އެދޭ މީހުން ދާނީ ކަހީނުންގެ ގާތަށެވެ. އެމީހުންނަކީ މިހާރު ނަބީބޭކަލުންނެވެ.)
9 (Antigamente, em Israel, quando um homem ia consultar a Deus, assim ele falava: Vem, e vamos ao vidente; pois aquele que é agora chamado de profeta era, antigamente, chamado de vidente.)
10 ”ބަރާބަރު!“ ޝާއުލް ބުންޏެވެ. ”ހިނގާ ދަމާ.“ ދެން އެމީހުން އެބުނާ ކަލޭގެފާނަކު އުޅުއްވާ އަވަށަށް ހިނގައްޖެއެވެ.
10 Então, Saul disse ao seu servo: Disseste bem; vem e vamos. Assim, eles foram para a cidade onde estava o homem de Deus.
11 އެވަގުތު ޒުވާން އަންހެން ކުދިންތަކެއް ފެންބަލާ ދާތަން ފެނިއްޖެއެވެ. މިމީހުން އެކުދިން ކުރެން އެއްސެވެ. ”މިރަށުގެ ކަހީނު ކަލޭގެފާނު މިތާ އެބަ އުޅުއްވާތަ؟“
11 E enquanto subiam o outeiro até a cidade, encontraram servas jovens indo tirar água, e lhes disseram: Está aqui o vidente?
12 އެކުދިން ބުންޏެވެ. ”އާނ. އެކަލޭގެފާނު އެހެރެ ފެންނަނީ ތިބޭކަލުންގެ ކުރިމަތީގައި. އަވަހަށް ދުރުވޭ. އެކަލޭގެފާނު މިރަށަށް މިއަދު އެ ވަޑައިގެންނެވީ ޤުރުބާނީގެ ކަންތަކުގައި. މިހާރު ޤުރުބާނީ ކަތިލައި އަޅުކަން ކުރުމަށް މަޤާމުފުޅަށް މީހުން އެއްވަމުން އެބަދޭ.
12 E elas responderam, e disseram: Está; eis que está diante de vós; apressai-vos, agora, pois ele veio hoje à cidade; pois hoje há um sacrifício do povo no lugar alto;
13 ތިބޭކަލުން އެ ރަށަށް ވަންނަވާ އިރު އެކަލޭގެފާނު މަޤާމުފުޅަށް އަރަން ދާތަން ފެންނާނެ. އެކަލޭގެފާނު ވަޑައިގެން އެ ޤުރުބާނީއަށް ބަރަކާތް ލެއްވުމަށް ދުޢާ ނުކުރައްވަނީހެއް މެހުމާނުންނެއް ނުކާނެ. އެކަލޭގެފާނާ އެތަނުން ތިބޭކަލުންނާ ބައްދަލު ވެދާނެ.“
13 tão logo chegardes à cidade, ide encontrá-lo imediatamente, antes que suba ao lugar alto para comer; pois o povo não comerá enquanto ele não vier, porque ele abençoa o sacrifício; e, posteriormente, comem aqueles que foram convidados. Agora, portanto, levantai-vos; pois por volta desta hora vós o encontrareis.
14 ދެން އެދެމީހުން ރަށުތެރެއަށް ދާން ދަނިކޮށް ޞަމޫއީލްގެފާނު ދޮރާށިން ނިކުމެ ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނިއްޖެއެވެ.
14 E eles subiram à cidade; e quando chegaram à cidade, eis que Samuel lhes saía de encontro, para subir ao lugar alto.
15 ޝާއުލް އައުމުގެ އެއްދުވަސް ކުރީގައި މާތްރަސްކަލާނގެ ވަނީ ޞަމޫއީލްގެފާނަށް މިފަދައިން ވަޙީ ކުރައްވާފައެވެ.
15 Ora, o SENHOR havia falado a Samuel, ao seu ouvido, um dia antes de Saul chegar, dizendo:
16 ”މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.“
16 Amanhã, por volta desta hora, eu te enviarei um homem da terra de Benjamim, e tu o ungirás para ser capitão sobre o meu povo, Israel, para que ele possa salvar o meu povo da mão dos filisteus; pois tenho atentado ao meu povo, porque o seu clamor tem chegado a mim.
17 ޞަމޫއީލްގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އިއްޔެ ކަލޭގެ ގާތު ބުނީ މީނާގެ ވާހަކަ. މިއީ ތިމަންކަލާނގެ މީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކީ.“
17 E, quando Samuel viu Saul, o SENHOR lhe disse: Eis o homem de quem te falei! Este mesmo reinará sobre o meu povo.
18 އެމީހުންނަށް އަވަށުގެ ދޮރާށިދޮށުން ޞަމޫއީލްގެފާނު ފެނިގެން އަހައްޕެވެ. ”މިރަށުގެ ކަހީނު އުޅުއްވަނީ ކޮން ތަނެއްގައި ތޯ؟“
18 Então, Saul se aproximou de Samuel no portão, e disse: Diz-me, rogo-te, onde é a casa do vidente.
19 ޞަމޫއީލްގެފާނު ޖަވާބު ދެއްވިއެވެ. ”އެ ކަހީނަކީ އަހަރެން. ކުރިއަށް އަރައިގެން އަޅުކަމުގެ މަޤާމަށް ހިންގަވާ. މިއަދު ތި ބޭކަލުން ކޭން ބައްލަވަންވާނީ އަހަންނާ އެކު. މާދަމާ ހެނދުނު ތިބޭކަލުން ތިޔަ އޮޅުންފިލުއްވަން އުޅުއްވާ ހުރިހާ ކަމެއް ބުނެދޭނަން.
19 E Samuel respondeu a Saul, e disse: Eu sou o vidente; sobe adiante de mim até o lugar alto; pois vós comereis comigo hoje e, amanhã, eu vos deixarei partir, e te contarei tudo o que está no teu coração.
20 ތިބޭކަލުން ތިން ދުވަސް ވަންދެން ނުފެނިގެން ތިޔަ ހޯދާ ހިމާރުތަކާ މެދު ފިކުރު ނުކުރޭ. އެހެނީ މުޅި ބަނީއިސްރާއީލުގެ މީހުން ވަނީ ކަލޭގެފާނާއި ކަލޭގެފާނުގެ ގޭގެ މީހުންނަށް އެހީތެރިކަމަށް ބޭނުން ޖެހިފައި.“
20 E, quanto aos teus jumentos que estavam perdidos três dias atrás, não tenhas neles a tua mente; pois foram achados. E sobre quem está todo o desejo de Israel? Não é sobre ti, e sobre toda a casa do teu pai?
21 ޝާއުލް ދެންނެވިއެވެ. ”ކަލޭގެފާނު ތިޔަހެން ތިޔަ ވިދާޅުވީ ކީއްވެތޯ؟ އަޅުގަނޑަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އަޅުގަނޑުމެން މިއީ އެންމެ ކުޑަ ޚާންދާނުގެ ބައެއް. އަދި އަޅުގަނޑު ނިސްބަތްވާ ގަބީލާއަކީ އެޚާންދާނުގެ ވެސް އެންމެ ބައިމަދު ގަބީލާ.“
21 E Saul respondeu e disse: Não sou eu um benjamita, da menor das tribos de Israel? E a minha família a menor de todas as famílias da tribo de Benjamim? Por que então falas tu assim comigo?
22 ދެން ޞަމޫއީލްގެފާނު އެދެމީހުން ގޮވައިގެން ވަޑައިގެން އަޅުކަމުގެ މަޤާމުގައިވާ އެންމެ ޢިއްޒަތްތެރި މޭޒުކޮޅުގައި ފަރީއްކުޅުއްވަން އިށީންނެވިއެވެ. އެވަގުތު އެތަނުގައި ތިރީހަކަށް ބޭކަލުން ވެސް ކެއުމުގައި ބައިވެރިވެ ތިއްބެވިއެވެ.
22 E Samuel tomou Saul e o seu servo, e os trouxe ao salão de visitas, e fez com que se assentassem no principal lugar no meio daqueles que foram convidados, que eram cerca de trinta pessoas.
23 ދެން ޞަމޫއީލްގެފާނުގެ ކައްކާ މީހާއަށް ވިދާޅުވިއެވެ. ”އިއްޔެ އަހަރެން ކަލޭގާތު ފޮރުވާފައި ބަހައްޓަން ބުނި ޚާއްސަ ބަކަރި މަސްތައް ގެނޭ.“
23 E Samuel disse ao cozinheiro: Traz a porção que eu te dei, da qual eu te disse: Põe-na perto de ti.
24 ދެން ކައްކާމީހާ އެ މަސްތައް ގެނެސް ޝާއުލްގެ ސުފުރާމަތީގައި ބަހައްޓައިފިއެވެ. ”މިއީ ކަލޭގެފާނަށް ޚާއްސަ ކުރެވިފައިވާ މަސްތައް. މި މަސްތައް ބެހެއްޓިފައި މިވަނީ މި ޖާފަތުގައި ބައިވެރިވާން މެހުމާނުންނަށް ދަޢުވަތު ވެސް ނުދެވެނީސް.“ ދެން ޝާއުލް އެ ކެއުމުގައި ޞަމޫއީލްގެފާނާ އެކުގައި ބައިވެރިވިއެވެ.
24 E o cozinheiro pegou o acém, e o que sobre ele estava, e o colocou diante de Saul. E Samuel disse: Eis o que foi separado! Põe-no diante de ti, e come; pois até este momento isto foi guardado para ti, desde que eu disse: Eu convidei o povo. Assim, Saul comeu com Samuel naquele dia.
25 ކެއުން ނިމުނީމާ އެ އަޅުކަމުގެ އުސް މަޤާމުން ފައިބައިގެން ޞަމޫއީލްގެފާނު އެ މީހުން ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އަދި ގޭގެ މަތީބުރީގައި ވާހަކަ ދައްކަން ތިއްބެވިއެވެ. އެރޭ އެމީހުން ނިންދެވީ އެތާނގައެވެ.
25 E quando eles haviam descido do lugar alto para a cidade, Samuel conversou com Saul em cima da casa.
26 އިރު އެރުމާއެކު އެމީހުން ތިރިއަށް ގެނުވިއެވެ. ”ދާން ހިނގާ!“ ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަޅުގަނޑު ތިބޭކަލުން ހިންގަވަންވީ މަގު ދައްކާނަން.“ ދެން ޞަމޫއީލްގެފާނު އެމީހުން ގޮވައިގެން ރަށްބޭރަށް ނުކުމެ ވަޑައިގަތެވެ.
26 E eles se levantaram cedo; e sucedeu que, por volta do raiar do dia, Samuel chamou Saul para cima da casa, dizendo: Levanta-te, para que eu possa te enviar. E Saul se levantou, e ambos saíram, ele e Samuel, para longe.
27 ރަށްބޭރަށް ނުކުމެވުމުން ޞަމޫއީލްގެފާނު ޝާއުލްއަށް ވިދާޅުވިއެވެ. ”ކަލޭގެފާނުގެ ނޯކަރު ގާތު ބުނުއްވާ ކުރީގައި ހުރެގެން ދާށޭ. ކަލޭގެފާނު އަހަރެންގެ ގާތުގައި މިތާ މަޑުކުރައްވާ. ކަލޭގެފާނު ގާތު މާތްކަލާނގެ އެންގެވި އެންގެވުމުގެ ވާހަކަ އަހަރެން ބުނާނަން.“ ދެން ޚާދިމު ހިނގައިގެންފިއެވެ.
27 E enquanto eles desciam para a extremidade da cidade, Samuel disse a Saul: Ordena que o servo passe adiante de nós (e ele passou adiante), mas permanece tu ainda por um instante, para que eu possa te mostrar a palavra de Deus.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Samuel 9, comparar traduções ou montar um estudo — tudo direto pelo WhatsApp.