1 Samuel 22

ކިތާބުލް މުޤައްދަސް (DIV) vs NAA

Sair da comparação
NAA Nova Almeida Atualizada 2017
1 ދާއޫދު ޖައްތުން ފިލައިގެން ޢަދުއްލާމްގެ ފަރުބަދައެއްގެ ހޮހޮޅައަކަށް ވަދެއްޖެއެވެ. މި ޚަބަރު އޭނާގެ އާއިލާއަށް އިވުމުން އެމީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ.
1 Davi saiu daquele lugar e se refugiou na caverna de Adulão. Quando os seus irmãos e toda a casa de seu pai souberam disso, foram ficar com ele.
2 އަދި އެއާއެކު އެކިކަހަލަ މުސީބާތުގައި ތިބި މީހުންނާއި ދަރަނިވެރިންނާއި އެކި ކަންކަމާ ހެދި ހިތްހަމަ ނުޖެހިފައި ތިބި މީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ. އަދި ދާއޫދު މިމީހުންގެ ވެރިއަކަށް ހަދައިފިއެވެ. މި މީހުންގެ އަދަދު ހަތަރު ސަތޭކަ އަށް އަރައެވެ.
2 Ajuntaram-se a ele todos os homens que estavam em dificuldades, os que tinham dívidas, e todos os amargurados de espírito, e Davi se tornou o chefe deles. E havia com ele uns quatrocentos homens.
3 ދާއޫދު އަދޫލާމުގެ ހޮހަޅައިން ނުކުމެ މިޞްބާހުގެ މުއާބަށް ހިނގައްޖެއެވެ. އަދި މުއާބުގެ ރަސްގެފާނުގެ ފައިންޕުޅު ދެކެ ދެންނެވިއެވެ. ”⁠އަޅުގަނޑާއި މެދު މާތްކަލާނގެ ނިންމަވާ ގޮތެއް އެނގެން ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ، ރަސްގެފާނުގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަވާ ދެއްވަފާނަން ތޯ.⁠“
3 Daquele lugar Davi foi a Mispa, em Moabe, e disse ao rei de Moabe: — Deixe que o meu pai e a minha mãe fiquem com vocês, até que eu saiba o que Deus vai fazer de mim.
4 ދެން ދާއޫދުގެ މައިންބަފައިން ގެނެސް މުއާބުގެ ރަސްގެފާނުގެ ބެލުމުގެ ދަށަށް ލައިފިއެވެ. ދާއޫދު އެތަނުގައި ފިލާ ހުރިހާތައް ދުވަހު އެމީހުން ތިބީ ރަސްގެފާނުގެ ހިމާޔަތުގަ އެވެ.
4 Davi levou-os ao rei de Moabe, e eles moraram com ele durante todo o tempo em que Davi esteve naquele lugar seguro.
5 އެކަމަކު ޖާދު ނަބީކަލޭގެފާނު ދާއޫދުގާތު ވިދާޅުވެއްޖެ އެވެ. ”⁠މިތާ ނުހުރެ ޔަހޫޛާއަށް ދޭ.⁠“ ދެން ދާއޫދުމެން އެތަނުން ނުކުމެ ޚޭރެތުގެ ޖަންގަލި ތެރެއަށް ހިނގައްޖެއެވެ.
5 Porém o profeta Gade disse a Davi: — Não fique neste lugar seguro; vá e entre na terra de Judá. Então Davi saiu e foi para o bosque de Herete.
6 ޝާއުލްގެފާނަށް ދާއޫދުމެން ވީތަން އެނގުނު ޚަބަރު ލިބިވަޑައިގެންފި އެވެ. އޭރު އެކަލޭގެފާނު އިންނެވީ ޖިބްޢާގެ ފަރުބަދަތަކުގެ ތެރޭ ތަމަރިސްކު ގަހެއްގެ ދަށުގައެވެ. އަތްޕުޅުގައި ލޮންސި އޮތެވެ. ރަސްގެފާނުގެ ހުރިހާ އަރިހުބޭކަލުން އެންމެން ވެސް އެތަނުގައި ތިއްބެވެ. ރަސްގެފާނު އެމީހުންނަށް ވިދާޅުވިއެވެ.
6 Saul ficou sabendo que Davi e os homens que o acompanhavam foram descobertos. Saul se encontrava em Gibeá, debaixo de um arvoredo, numa colina, com a sua lança na mão, e todos os seus servos estavam com ele.
7 ”⁠ބަންޔާމީންގެ ދަރިކޮޅު ފިރިހެނުންނޭވެ. ޔައްސާގެ ދަރި ކަލޭމެންނަށް ގޮވާން ދަނޑުތަކާއި މޭބިސްކަދުރު ދަނޑުތައް ދޭނެތަ؟ ސިފައިންގެ ތެރޭގައި ކަލޭމެންގެ ދަރަޖަ މަތިވެރި ކޮށް މަތީ މަޤާމު ދޭނެ ތަ؟
7 Saul disse aos servos que o rodeavam: — Escutem, filhos de Benjamim! Será que o filho de Jessé dará também a todos vocês terras e vinhas e fará de todos vocês chefes de milhares e chefes de centenas,
8 އެހެންވީމާ ތަ ކަލޭމެން އަހަރެންނާ ދެކޮޅުވެރި ވަމުން ތިޔަ ދަނީ؟ އަހަރެންގެ އުފަން އަހަރެންގެ ދަރިޔަކު ޔައްސާގެ ދަރިއާ އެކު ކަންކަމަށް ޢަހުދުކޮށް ހަދާއިރު ކަލޭމެންގެ އެކަކު ވެސް އަހަރެންނަށް އެކަން ނާންގާ ތިޔަ ތިބެނީ؟ ކަލޭމެން މީހަކު އަހަންނާމެދު ކުޑަވެސް ކުލުނެއް ނެތެއްނު؟ އަހަރެންގެ ދަރިފުޅާ ގުޅިގެން އަހަރެންގެ އަދާވާތްތެރިޔާ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަމުން ދާއިރު އެކަން އަހަންނަކަށް އެކަކު ވެސް ނާންގަމެއްނު.⁠“
8 para que todos vocês tenham conspirado contra mim? Não houve ninguém que me avisasse que o meu filho fez aliança com o filho de Jessé. Não há nenhum de vocês que tenha pena de mim e me conte que o meu filho instigou contra mim o meu servo, para me armar ciladas, como se vê neste dia.
9 އޭރު އެތަނުގައި އަދޫމީންގެ ދުވާޣު ވެސް ހުއްޓެވެ. އޭނާ ދަންނަވައްޕެވެ. ”⁠އަޅުގަނޑު ދުށިން ޔައްސާގެ ދަރި އަޚީތޫބުގެ ދަރި އަޚީމާލިކުގެ ގާތަށް ނޫބަށް ގޮސް އުޅެނިކޮށް.
9 Então Doegue, o edomita, que também estava com os servos de Saul, disse: — Eu vi o filho de Jessé chegar a Nobe, para falar com Aimeleque, filho de Aitube.
10 އަޚީމާލިކު މާތްރަސްކަލާނގެ ކިބަފުޅުން އޭނާއަށް އެހީތެރިކަން ލިބުން އެދި ދުޢާ ވެސް ދެންނެވި. އަދި އޭނާއަށް ކާއެއްޗެހި ދީ ޖުލިޔާތުގެ ކަނޑި ވެސް ދިން.⁠“
10 A pedido dele, Aimeleque consultou o Senhor . Também lhe deu mantimento e a espada de Golias, o filisteu.
11 މިވާހަކަ އިވުމުން ޝާއުލްގެފާނު އަޚީމާލިކު އާއި ނައުބުގެ އިމާމުންގެ ގޮތުގައި ތިބި އޭނާގެ ގާތްތިމާގެ އެންމެން ހާޒިރު ކުރަން އަންގަވައިފި އެވެ. އެއެންމެން އަތުވެއްޖެއެވެ.
11 Então o rei mandou chamar o sacerdote Aimeleque, filho de Aitube, e toda a casa de seu pai, a saber, os sacerdotes que estavam em Nobe. E todos eles vieram ao rei.
12 ޝާއުލްގެފާނު އަޚީމާލިކަށް ވިދާޅުވިއެވެ. ”⁠އަޚީތޫބްގެ ދަރިޔާ، ކަނުލައި އަހާ!⁠“
12 Saul disse: — Escute, filho de Aitube! Este respondeu: — Eis-me aqui, meu senhor!
13 ”⁠ކަލޭ ޔައްސާގެ ދަރި ދާއޫދާ ގުޅިގެން މަށާ ދެކޮޅު ރޭވުންތައް ރޭވީ ކީއްވެތަ؟ ޖުލިޔާތުގެ ކަނޑި އޭނާއަށް ދީ މާތްކަލާނގެއަށް ދުޢާ ދަންނަވައިދީ ކާއެއްޗެހި ދީހަދާފައި ފޮނުވާލީ ކީއްވެ؟ އޭނާ މިއަދު ވެސް ފިލާ އެ އޮތީ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަން.⁠“
13 Então Saul lhe disse: — Por que você conspirou contra mim, você e o filho de Jessé? Pois você lhe deu pão e espada e consultou Deus a favor dele, para que se levantasse contra mim e me armasse ciladas, como hoje se vê.
14 ”⁠ދާއޫދަށް ވުރެން މަނިކުފާނަށް ވަފާތެރި ވާނީ ކާކުތޯ؟ އޭނާ އަކީ މަނިކުފާނުގެ އިސް ހަށިފާރަވެރިޔާ. އަދި މަނިކުފާނުގެ ދަނބި ދަރިފުޅު. އަދި ސިފައިންގެ ލަޝްކަރުގައި އޭނާއަށް ވުރެން އިސް މަޤާމެއްގައި ހުރީ ކާކުތޯ؟
14 Aimeleque respondeu ao rei: — E quem, entre todos os seus servos, é tão fiel quanto Davi, o genro do rei, chefe da sua guarda pessoal e honrado na sua casa?
15 އަޅުގަނޑު އޭނާއަށް މަދަދު ދެއްވުން އެދި މާތްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދިން އެއަކީ ފުރަތަމަ ފަހަރެއް ވެސް ނޫން އިނގޭތޯ؟ އޭނާ މަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމެއް މަނިކުފާނުގެ ޚާދިމު އަޅުގަނޑަކަށް ވެސް އަދި އަޅުގަނޑުގެ ތިމާގެ މީހަކަށް ވެސް އެނގިއެއް ނެތް!⁠“
15 Por acaso foi essa a primeira vez que consultei Deus em favor dele? Não! Que o rei jamais acuse este seu servo, nem ninguém da casa de meu pai, pois este seu servo de nada soube de tudo isso, nem muito nem pouco.
16 ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ ބައްޕަގެ އާއިލާގެ އެންމެން ޖެހޭނީ މަރާލަން.⁠“
16 O rei respondeu: — Aimeleque, você certamente morrerá, você e toda a casa de seu pai.
17 ދެން ރަސްގެފާނުގެ ހަށިފާރަވެރިންނަށް އެންގެވިއެވެ. ”⁠މާތްރަސްކަލާނގެ އިމާމުން މަރާލާ. އެއީ ދާއޫދު އަހަރެންނާ ދެކޮޅުވެރިވެ ފިލައިގެން ދިއުމަށް މިމީހުން އެހީވެ އެކަން ނާންގައި ތިބީމަ.⁠“ އެކަމަކު ރަސްގެފާނުގެ އަރިހުބޭކަލުންގެ ތެރޭން އެކަކު ވެސް މާތްރަސްކަލާނގެ އިމާމުން މަރާލާކަށް އަތެއް ނު އުފުލި އެވެ.
17 Então o rei disse aos guardas que o rodeavam: — Voltem-se e matem os sacerdotes do Porém os servos do rei não quiseram estender as mãos contra os sacerdotes do
18 ދެން ރަސްގެފާނު ދުވާޣުއަށް ވިދާޅުވިއެވެ. ”⁠ކަލޭ މި އެންމެން މަރާލާ!⁠“ ދެން ދުވާޣު އެ އެންމެން މަރާލައިފިއެވެ. އެމީހުންގެ ތެރޭގައި އިމާމުންގެ ގޮތުގައި އަފޫދު ޖުއްބާ ލައި އުޅޭ އައްޑިހަ ފަސް އިމާމުން ހިމެނެއެވެ.
18 Então o rei disse a Doegue: — Volte-se você e mate os sacerdotes. Então Doegue, o edomita, se voltou e investiu contra os sacerdotes. Naquele dia ele matou oitenta e cinco homens que vestiam estola sacerdotal de linho.
19 ޝާއުލްގެފާނުގެ އަމުރުފުޅަށް އިމާމުންގެ ރަށް ކަމަށްވާ ނައުބުގެ އަންހެނުންނާއި ކުޑަކުދިންނާއި ޅަދަރިންނާއި ގެރިބަކަރި ހިމާރު ކަންބަޅި ފަދަ ހުރިހާ އެއްޗެއް މަރައި ސުންނާފަތި ކޮށްފިއެވެ.
19 Também a Nobe, a cidade desses sacerdotes, passou a fio de espada. Matou homens e mulheres, meninos e crianças de peito, bois, jumentos e ovelhas.
20 މި ހަމަލައިން ސަލާމަތްވީ އަޚީމާލިކުގެ ދަރި އަބިޔާތަރު އެކަންޏެވެ. އޭނާ ފިލައިގެން ދިޔައީ ދާއޫދުގެ ގާތަށެވެ.
20 Porém dos filhos de Aimeleque, filho de Aitube, um só, cujo nome era Abiatar, se salvou e fugiu para Davi.
21 ދާއޫދުގެ ގާތުގައި އެ ގަތުލުއާންމުގެ ކަންތައް ހިނގިގޮތް އޭނާ ކިޔައިދިނެވެ.
21 Abiatar anunciou a Davi que Saul tinha matado os sacerdotes do Senhor .
22 ދާއޫދު އޭނާ ގާތުގައި ބުންޏެވެ. ”⁠އެދުވަހު ދުވާޣު އެތަނުން ފެނުނީމަ ވެސް އަހަންނަށް އެނގުނު އޭނާ ގޮސް އެވާހަކަ ރަސްގެފާނުގެ ގާތު ދަންނަވާނެ ކަން. ތިޔަ އާއިލާގެ އެންމެންގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އަހަރެން.
22 Então Davi disse a Abiatar: — Naquele dia, quando vi que Doegue, o edomita, estava ali, eu sabia que ele não deixaria de contar tudo a Saul. Eu fui a causa da morte de todas as pessoas da casa de seu pai.
23 ބިރުގަންނާނެ ކަމެއް ނެތް. ކަލޭ މަރާލަން ތިޔަ އުޅޭ މީހަކީ އަހަރެން މަރާލަން އުޅޭ މީހާ. އަހަރެންގެ ގާތު ހުރޭ. ކަލެއަކަށް ނުރައްކަލެއް ނުފޯރާނެ.⁠“
23 Fique comigo, não tenha medo, porque quem procura a minha morte procura também a sua; mas comigo você estará a salvo.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 22, comparar traduções ou montar um estudo — tudo direto pelo WhatsApp.