1 Samuel 19

ކިތާބުލް މުޤައްދަސް (DIV) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ޝާއުލްގެފާނު ޔޫނަތައިން އަށާއި އެކަލޭގެފާނުގެ އަރިސް މީހުންނަށް ދާއޫދު މަރާލަން އެންގެވިއެވެ. އެހެނަސް ޔޫނަތައިން ދާއޫދާ މެދު ނުހަނު ރުހިގެން ވިއެވެ.
1 Saul contou ao seu filho Jônatas e a todos os seus oficiais que ele planejava matar Davi. Mas Jônatas era muito amigo de Davi
2 ޔޫނަތައިން މިވާހަކަ ދާއޫދުގާތު ބުނެފިއެވެ. ”⁠ބައްޕާ ކަލޭ މަރާލަން އެބަ އުޅެއެވެ. ވިސްނައިގެން އުޅޭތި. ހެދުނު ހެނދުނާ ދަނޑު ތެރެއަށް ގޮސް ތަނެއްގައި ފިލާ އޮވޭ.
2 e por isso lhe disse: — O meu pai está planejando matar você. Amanhã cedo, tenha cuidado. Esconda-se em algum lugar secreto e fique lá.
3 އަހަރެން އަންނާނަން ބައްޕަ ގޮވައިގެން ކަލޭ ފިލާ އޮތް ތަނަށް. ބައްޕަ ގާތު ކަލެއާ ބެހޭގޮތުން އަހަރެން ވާހަކަ ދެއްކީމާ ވާގޮތެއް ކަލޭ ގާތު ބުނާނަން.⁠“
3 Eu vou esperar pelo meu pai no campo em que você estiver escondido e vou falar com ele a seu respeito. Se descobrir alguma coisa, eu aviso você.
4 ހެނދުނު ޔޫނަތައިން އޭނާގެ ބައްޕަ ގާތަށް ގޮސް ދާއޫދަށް ތައުރީފުކޮށް ބައްޕަ ގާތު ވާހަކަ ދައްކަމުން ދިޔައެވެ. ”⁠ބައްޕާފުޅު ތީ ރަސްގެފާނު. އޭނާއަކީ ބައްޕާފުޅުގެ ޚާދިމެއް. އޭނާ ބައްޕާފުޅަކަށް ދެރަގޮތެއް ނުހަދާނެ. އަދި އޭނާ ކުރިއްޔާ ކުރި ހުރިހާ ކަމެއް ކުރީ ބައްޕާފުޅަށް ފައިދާ ވާނެ ގޮތަށް.
4 Então Jônatas elogiou Davi para Saul e disse: — Meu pai, não faça nenhum mal ao seu servidor Davi, pois ele nunca lhe fez nenhum mal. Pelo contrário, tudo o que ele tem feito tem ajudado bastante o senhor.
5 އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“
5 Ele arriscou a própria vida quando matou Golias, e por meio dele o Senhor Deus conquistou uma grande vitória para Israel. O senhor mesmo viu isso e ficou contente. Então, por que o senhor, meu pai, faria mal a um homem inocente, matando Davi sem nenhuma razão?
6 ޝާއުލްގެފާނު ޔޫނަތައިންގެ ވާހަކަ އަޑުއަހާފައި ހުވާ ކުރެއްވިއެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން. ދާއޫދު މަރައެއް ނުލާނަން.⁠“
6 Saul atendeu o pedido de Jônatas e jurou em nome do Senhor , o Deus vivo, que Davi não seria morto.
7 ދެން ޔޫނަތައިން ދާއޫދަށް ގޮވައި ގެނެސް އެހުރިހާ ވާހަކައެއް ދާއޫދަށް ކިޔައިދިނުމަށް ފަހު ޝާއުލްގެފާނު އަރިހަށް ގެނެސްފިއެވެ. އަދި ޝާއުލްގެފާނުގެ ގާތަށް އޭނާ ގޮސް ކުރިއެކޭ އެއްފަދައިން އެކަލޭގެފާނުގެ އަރިހުގައި އުޅެން ފަށައިފިއެވެ.
7 Então Jônatas chamou Davi e lhe contou tudo. Aí o levou a Saul, e Davi continuou a servir o rei como antes.
8 ފިލިސްޠީނުން އަނެއްފަހަރު ހަނގުރާމައަށް އަތުވެއްޖެއެވެ. ދާއޫދު ނުކުމެ އެމީހުނާ ހަނގުރާމަ ކޮށްލި ވަރުގަދަ ކަމުން އެމީހުން އޭނާގެ ކުރިމަތިން ދުވެ ފިލައިފި އެވެ.
8 E novamente houve guerra contra os filisteus. Davi os atacou e derrotou tão completamente, que eles fugiram.
9 އަނެއްކާވެސް ޝާއުލްގެފާނަށް މާތްރަސްކަލާނގެ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. އޭރު ޝާއުލްގެފާނު އިންނެވީ ލޮންސިއެއް ހިއްޕަވައިގެން ނެވެ. ދާއޫދު ނަރުކޮއްޓި ކުޅެން އިނެވެ.
9 Um dia um espírito mau mandado pelo Senhor dominou Saul. Ele estava sentado em casa, com a lança na mão, e Davi estava ali tocando lira .
10 ޝާއުލްގެފާނު އުޅުއްވީ ލޮންސިން ޖަހައި ދާއޫދު ފާރަށް އަމުނާލާށެވެ. އެކަމަކު ދާއޫދު ރެކިގަތުމުން ލޮންސި ގޮސް ފާރަށް ހެރިއްޖެއެވެ. ދާއޫދު އެރޭ ވެސް ސަލާމަތް ވެގަނެގެން ދުވެ ރައްކާވެއްޖެ އެވެ.
10 Saul tentou espetar Davi na parede com a sua lança, mas ele se desviou, e a lança ficou fincada na parede. Então Davi correu e escapou.
11 އެރޭ ދާއޫދުގެ ގޭދޮށަށް ޝާއުލްގެފާނުގެ ސިފައިން ފޮނުވިއެވެ. އެއީ ވަރަށް ހެނދުނު އޭނާ ނުކުންނަ ތަނުން މަރާލުމަށެވެ. ދާއޫދުގެ އަންހެނުން މީކާލް އޭނާއަށް ޚަބަރު ކުރިއެވެ. ”⁠މިރޭ ކަލޭ ނުފިލައިފި ނަމަ މާދަމާ އިރު އަރާއިރު އެމީހުން ކަލޭ މަރާލާނެ.⁠“
11 Naquela mesma noite Saul mandou alguns homens vigiarem a casa de Davi, para o matarem na manhã seguinte. Mical, a mulher de Davi, o avisou: — Se você não fugir esta noite, amanhã estará morto.
12 މިހެން ކިޔާފައި މީކާލް ކުޑަދޮރަކުން ދާއޫދު ބޭރުކޮށްފި އެވެ. ދާއޫދު ފިލާ ރައްކާވެއްޖެ އެވެ.
12 Aí ela desceu Davi por uma janela, e ele correu e escapou.
13 ދެން މީކާލް ކުރި ކަމަކީ ދާއޫދުގެ އެނދުގައި ބުދެއް ބާއްވައި ރަޖާގަނޑެއް އަޅުވައި ބަކަރި ކެހެރިގަނޑެއް ބޯލާކޮޅު ބާއްވައިފި އެވެ.
13 Então Mical pegou o ídolo protetor do lar e o deitou na cama. Pôs uma almofada feita de pelo de cabra na cabeça dele e o cobriu.
14 ޝާއުލްގެފާނު އޭނާ ބަލާ ފޮނުއްވީމާ މީކާލް ބުންޏެވެ. ”⁠އޭނާ އޮތީ ބަލިވެ.⁠“
14 Quando os homens de Saul foram pegar Davi, Mical disse que ele estava doente.
15 ޝާއުލްގެފާނު އަނެއް ފަހަރު ދާއޫދު ބަލާ ފޮނުއްވިއެވެ. ”⁠އޭނާ އޮތް އެނދާ އެކު ނަގައިގެން އާދޭ. އޭރުން އަހަރެން އޭނާ މަރާލާނަން.⁠“
15 Mas Saul mandou que voltassem lá e que eles mesmos vissem Davi. — Tragam Davi aqui na sua cama, e eu o matarei! — disse Saul.
16 އެމީހުން އެތެރެއަށް ވަދެ ބަލާލިއިރު އޮތީ ބޯލާކޮޅުގައި ބަކަރި ކެހެރި ގަނޑެއް ބާއްވާފައިވާ ބުދެކެވެ.
16 Eles entraram e acharam o ídolo do lar na cama e a almofada de pelo de cabra na cabeça dele.
17 ޝާއުލްގެފާނު މީކާލަށް ވިދާޅުވިއެވެ. ”⁠ކަލޭ އަހަންނަށް ކެހި ދިނީ ކީއްވެތަ؟ އަހަރެންގެ އަދާވާތްތެރިޔާ ކަލޭ ތިޔަ ދިޔަ ދިނީ ކީއްވެ؟⁠“ މީކާލް ދެންނެވިއެވެ. ”⁠އޭނާ ފިލައި ރައްކާވާން އެހީ ނުވެއްޖެއްޔާ އަޅުގަނޑު މަރާލާނަމޭ ބުނުމުން.⁠“
17 Então Saul perguntou a Mical: — Por que você me enganou assim e deixou o meu inimigo escapar? Ela respondeu: — Ele disse que me mataria se eu não o ajudasse a fugir.
18 ޝާއުލްގެފާނުގެ އަތްދަށުން ސަލާމަތްވެގެން އޭނާ ދިޔައީ ޞަމޫއީލްގެފާނު ގާތަށް ރާމާ އަށެވެ. އަދި ޝާއުލްގެފާނު އޭނާއާ ދޭތެރޭ ކުރެއްވި ހުރިހާ ކަންތަކެއްގެ ވާހަކަ ކިޔައިދީފި އެވެ. ދެން ޞަމޫއީލްގެފާނާއި އެކު އޭނާ ނައިވަތަށް ގޮސް އެތަނުގައި ހުރެއްޖެއެވެ.
18 Davi escapou, foi para Ramá e contou a Samuel tudo o que Saul tinha feito contra ele. Depois ele e Samuel foram para a casa dos profetas e ficaram lá.
19 ޝާއުލްގެފާނަށް ދާއޫދު ވީ ރާމާގެ ނައިވަތުގައި ކަން އެނގި ވަޑައިގެންފި އެވެ.
19 Saul ficou sabendo que Davi estava na casa dos profetas, em Ramá,
20 ދެން އޭނާ ބަލާ ޝާއުލްގެފާނުގެ މީހުން ފޮނުއްވައިފިއެވެ. އެމީހުންނަށް ޞަމޫއީލްގެފާނު ނަބީބޭކަލުންގެ ތެރޭގައި އިސްވެ ހުރެ ވަޖިދުވަމުން ދާތަން ފެނުމުން މިމީހުންގެ މައްޗަށް މާތްކަލާނގެ މާތްރޫޙުފުޅު ފޮނުއްވުމުން މި މީހުން ވެސް އެފަދައިން ހަޅޭއްލަވައި ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ.
20 e mandou alguns homens lá para prendê-lo. Quando eles chegaram, viram um grupo de profetas profetizando , e Samuel era o líder. Então o Espírito de Deus dominou os homens de Saul, e eles também começaram a profetizar.
21 މި ޚަބަރު އިވިވަޑައިގެން ރަސްގެފާނު އަނެއްކާވެސް އިތުރު މީހުން ފޮނުއްވައިފިއެވެ. މި މީހުން ވެސް އެފަދައިން ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ. ދެން ޝާއުލްގެފާނު ތިންވަނަ ފަހަރު ވެސް މީހުން ފޮނުއްވައިފިއެވެ. މިފަހަރު ފޮނުއްވި މީހުން ވެސް އެތަނަށް ގޮސް ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ.
21 Quando Saul soube disso, mandou mais mensageiros, e eles também começaram a profetizar. Então mandou mensageiros pela terceira vez, e aconteceu a mesma coisa.
22 އެންމެފަހުން ޝާއުލްގެފާނު އަމިއްލަފުޅަށް ރާމަތަށް ވަޑައިގެންނެވި މަގުމަތީގައި ސީޚޫގެ ވަޅުގެ ކައިރިއަށް ވަޑައިގެން ޞަމޫއީލާއި ދާއޫދު ކޮބައިހޭ ސުވާލު ކުރެއްވިއެވެ. އެމީހުން ދެންނެވިއެވެ. ”⁠ރާމާގެ ކައިރީގައިވާ ނައިވަތުގައި.⁠“
22 Aí o próprio Saul foi a Ramá. Quando chegou a um poço grande na cidade de Seco, perguntou onde estavam Samuel e Davi, e lhe disseram que eles estavam na casa dos profetas.
23 އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވަނިކޮށް މާތްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ވެސް ފޮނުއްވައިފިއެވެ. އެކަލޭގެފާނު ހަޅޭއްފުޅު ލައްވައި ވަޖިދުވަމުން އެހިސާބަށް ވަޑައިގެންފިއެވެ.
23 Enquanto Saul estava indo para lá, o Espírito de Deus o dominou também, e ele foi profetizando por todo o caminho, até chegar à casa dos profetas.
24 ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”⁠ޝާއުލް އަކީ ވެސް ނަބީއެއް ހޭ⁠“ މީހުން ކިޔަނީ މިހެންވެއެވެ.
24 Lá, tirou a roupa e profetizou na presença de Samuel. E ficou deitado no chão, nu, o dia inteiro e a noite inteira. E foi assim que surgiu o seguinte ditado: “Será que Saul também virou profeta?”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Samuel 19, comparar traduções ou montar um estudo — tudo direto pelo WhatsApp.