1 Samuel 10
ކިތާބުލް މުޤައްދަސް (DIV) vs NAA
1 ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.
1 Samuel pegou um vaso de azeite e o derramou sobre a cabeça de Saul. Então ele o beijou e disse: — O
2 މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.‘
2 Hoje, quando você se afastar de mim, encontrará dois homens junto ao túmulo de Raquel, no território de Benjamim, em Zelza. Eles lhe dirão: “Já foram achadas as jumentas que você foi procurar. E eis que agora o seu pai já não pensa no caso delas e está aflito por causa de vocês, dizendo: ‘Que posso fazer por meu filho?’”
3 ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ.
3 Ao seguir adiante, você chegará ao carvalho de Tabor. Ali virão ao seu encontro três homens, que vão subindo a Deus em Betel. Um estará levando três cabritos; outro, três pães; e o outro, um odre de vinho.
4 ދެން އެމީހުން ކަލޭގެފާނަށް ސަލާންގަލާން ކުރުމަށް ފަހު އެކަކު އޭނާގެ އަތުގައި ހުރި ޓުކުރިން ދެރޮށި ނަގައި ކަލޭގެފާނަށް ދޭނެ. ކަލޭގެފާނު އެ ނަންގަވާނެ.
4 Eles irão saudar você e lhe darão dois pães, que você deve aceitar.
5 ދެން ޖިބްއާ އަރާ ހަމަވާތަނުން ކަލޭގެފާނަށް ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަކާ ދިމާވާނެ. އަދި ނަބީ ބޭކަލުންތަކެއް މަޤާމުފުޅުން ފައިބައި ކަލޭގެފާނާ ބައްދަލު ކުރާނެ. އެބޭކަލުންގެ ކުރީގައި ތިބެ އޫދު ކުޅެ ތާރަޖަހައި، އޮނު ފުމެ، ބޮޑު އޫދު ކުޅެމުން ވަޖިދުވަމުން ބަޔަކު އަންނާނެ.
5 Então você seguirá para Gibeá-Eloim, onde está a guarnição dos filisteus. Ao entrar na cidade, você encontrará um grupo de profetas que descem do lugar alto. Eles estarão tocando liras, tambores, flautas e harpas. E estarão profetizando.
6 އެވަގުތު ކަލޭގެފާނުގެ މައްޗަށް ވެސް މާތްރަސްކަލާނގެ ރޫޙުފުޅު ވެރިވެ ވޮޑިގަންނަވާނެ. އަދި ކަލޭގެފާނު މުޅީން އެހެން މީހަކަށް ބަދަލުވެ އެމީހުންނާއެކު ޣައިބުބުނަން ފައްޓަވާފާނެ.
6 O Espírito do Senhor se apossará de você, e você profetizará com eles e será mudado em outro homem.
7 މި ނިޝާންތައް ފެނުމުން ކަލޭގެފާނު ކަންތައް ކުރަން ފެނިލައްވާ ގޮތަކަށް ކުރައްވަންވީ. އެހެނީ މާތްކަލާނގެ އޭރުން ކަލޭގެފާނާ އެކު ވޮޑިގެންވާނެ.
7 Quando estes sinais se cumprirem, faça o que a ocasião exigir, porque Deus está com você.
8 ދެން ކަލޭގެފާނު ޖިލްޖާލަށް ގޮސް ހަތް ދުވަސް ވަންދެން އެތާ ހުންނަވާ! އަހަރެން އަންނާނަން ކަލޭގެފާނުގެ ގާތަށް އަންދައި ޤުރުބާނީ ވެދުން ކުރާށާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ކުރުމަށް. އޭގެ ފަހުން ދެން ކަންތައް ކުރަން ވީ ގޮތް އަހަރެން ބުނެދޭނަން.“
8 Vá na minha frente para Gilgal. Eis que eu descerei para junto de você, a fim de oferecer holocaustos e apresentar ofertas pacíficas. Espere sete dias, até que eu venha para junto de você e diga o que você deve fazer.
9 ޞަމޫއީލްގެފާނު އެތަނުން ވަޑައިގަތުމަށް އެނބުރި ވަޑައިގެންނެވި ތަނާ މާތްކަލާނގެ ޝާއުލްގެ ހިތް ބަދަލު ކުރައްވައި އާ މީހަކަށް ހައްދަވައިފި އެވެ. އެދުވަހު ޞަމޫއީލް އެވިދާޅުވި ހުރިހާ ކަމެއް ވެސް އެ ގޮތަށް ހިނގައި ދިޔައެވެ.
9 Aconteceu que, no momento em que Saul se virou para se despedir de Samuel, Deus lhe mudou o coração. E todos esses sinais aconteceram naquele mesmo dia.
10 ޝާއުލް ޖިބްޢާ ފަރުބަދައާ ހަމަޔަށް ގޮސް އެ ނަބީންތަކާ ބައްދަލުވި ހިނދު މާތްކަލާނގެ ރޫޙުފުޅު އޭނާގެ މައްޗަށް ވެރިވެ އަތްގަދަ ކުރެއްވުމާއެކު ޝާއުލް ވެސް ވަޖިދުވާން ފަށައިފިއެވެ.
10 Quando eles chegaram a Gibeá, eis que um grupo de profetas saiu ao encontro deles. O Espírito de Deus se apossou de Saul, e ele profetizou no meio deles.
11 ޝާއުލް ދަންނަ މީހުންނަށް އޭނާ ވަޖިދުވާތަން ފެނިގެން އެކަކު އަނެކަކު ކުރެން އަހައިފޫއެވެ. ”ޤައިޝްގެ ދަރިއަށް މިވީ ކީއް؟ މީނާއަކީ ވެސް އަނެއްކާ ނަބީ ބޭކަލަކީތަ؟“
11 Todos os que já o conheciam, vendo que ele profetizava com os profetas, perguntavam uns aos outros: — Que é isso que aconteceu com o filho de Quis? Está também Saul entre os profetas?
12 ފަރުބަދަ މަތީގެ މީހަކު ޖަވާބު ދިނެވެ. ”ކީއްވެ އޭނާ ނަބީއަކަށް ނުވާންވީ؟ ދެން އެތިއްބެވި ބޭކަލުންނަކީ ވަކި ކޮން އާއިލާއަކުން އައި ބައެއްތަ؟“ އޭގެ ފަހުން ”ޝާއުލްއަކީ ވެސް ނަބީބޭކަލެއްތަ؟“ މި ބަސް ހަރު ވެއްޖެއެވެ.
12 Então um homem do lugar perguntou: — E quem é o pai dos outros? Por isso surgiu este provérbio: “Está também Saul entre os profetas?”
13 ޝާއުލްގެފާނު އެތަނުގައި ނަބީކަން ކުރެއްވުމުގައި ހުންނެވުމަށް ފަހު ފަރުބަދަމަތީގެ އުސް މަޤާމަށް އަރާ ވަޑައިގެންފިއެވެ.
13 E, depois de profetizar, Saul seguiu para o alto do monte.
14 ޝާއުލްގެފާނުގެ ބޮޑުބޭބެ އެކަލޭގެފާނާއި ނޯކަރު ކުރެން އެއްސެވެ. ”ކަލޭމެން ދެމީހުން ދިޔައީ ކޮންތަނަކަށް؟“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”އަހަރެމެންނަށް ހިމާރުތައް ނުފެނުމުން ދިޔައީ ޞަމޫއީލްގެފާނުގެ އަރިހަށް.“
14 O tio de Saul perguntou a ele e ao seu servo: — Aonde vocês foram? Saul respondeu: — Fomos procurar as jumentas e, quando vimos que não apareciam, fomos falar com Samuel.
15 ބޮޑުބޭބެ އެއްސެވެ. ”ކީކޭތަ ޞަމޫއީލްގެފާނު ވިދާޅުވީ؟ މަގޭގާތު ބުނެބަލަ.“
15 Então o tio de Saul disse: — Conte-me, por favor, o que Samuel disse a vocês.
16 ޝާއުލްގެފާނު ވިދާޅުވިއެވެ. ”ވިދާޅުވީ ހިމާރުތައް ފެނިއްޖެޔޭ.“ އެކަމަކު އެކަލޭގެފާނަށް ރަސްކަން ލިބުނު ވާހަކައެއް ބޮޑުބޭބެގެ ގާތަކު ވިދާޅެއް ނުވެއެވެ.
16 Saul respondeu: — Ele nos disse que as jumentas tinham sido encontradas. Porém Saul não contou ao tio o que Samuel tinha dito a respeito do reino.
17 ޞަމޫއީލްގެފާނު އިސްރާއީލީންގެ އެންމެން މާތްރަސްކަލާނގެ ޙަޟްރަތަށް، މިޞްފާތަށް އެއްވުމަށް އެންގެވިއެވެ.
17 Samuel convocou o povo para comparecer diante do Senhor , em Mispa,
18 ”މިއީ މާތްރަސްކަލާނގެ އިސްރާއީލުންގެ ކަލާނގެ ބަސްފުޅު. ’ތިމަންކަލާނގެ ތިޔަބައިމީހުން މިޞްރުގެ ރަސްކަމުގެ އަޅުވެތިކަމުންނާއި ކަލޭމެންނަށް ދުއްތުރާކުރި އެންމެންގެ ކިބައިން ކަލޭމެން މިންޖު ކުރައްވައި ސަލާމަތް ކުރެއްވީމު.‘
18 e disse aos filhos de Israel: — Assim diz o
19 މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.“
19 Mas hoje vocês rejeitaram o seu Deus, que os livrou de todos os seus males e trabalhos. Vocês lhe disseram: ‘Não! Queremos um rei sobre nós.’ Agora, pois, reúnam-se diante do Senhor , por tribos e grupos de milhares.”
20 ދެން ޞަމޫއީލްގެފާނު އިސްރާއީލުގެ ހުރިހާ ގަބީލާއެއް އެކަލޭގެފާނު ކުރިފުޅުމައްޗަށް ގެންނެވިއެވެ.
20 Samuel fez com que todas as tribos se aproximassem, e a tribo sorteada foi a de Benjamim.
21 އެ ހުރިހާ ގަބީލާއެއްގެ ތެރޭން ގުރުއަތުން ހޮވުނީ ބަންޔާމީންގެ ގަބީލާއެވެ. ދެން އެ ގަބީލާގެ ތެރޭން ހޮވުނީ މަތުރީގެ އާއިލާއެވެ. އެ އާއިލާއިން ހޮވުނީ ޤައިޝްގެ ދަރި ޝާއުލް އެވެ. އެމީހުން ޝާއުލްގެފާނު ހޯދި އިރަކު އެކަލޭގެފާނެއް އެތާނކު ނެތެވެ.
21 Então Samuel chamou a tribo de Benjamim pelas suas famílias, e foi indicada a família de Matri. E da família de Matri foi indicado Saul, filho de Quis. Mas, quando o procuraram, não puderam encontrá-lo.
22 ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”އެ މީހާ މިތާނގައި ނެތީތޯ؟“
22 Então perguntaram ao Senhor se aquele homem já havia chegado ali. E o Senhor respondeu: — Ele está aí escondido entre a bagagem.
23 ޝާއުލްގެފާނު ފިއްލަވައި އޮންނަވަނިކޮށް މީހުން ގޮސް އެކަލޭގެފާނު ގެންނަވައިފިއެވެ. އެކަލޭގެފާނު އެއެންމެންނަށް ވުރެން އެއް ފޫޓު ދިގެވެ.
23 Então correram e o tiraram de lá. Ele ficou em pé no meio do povo, e era o mais alto de todos; dos ombros para cima, ele sobressaía a todo o povo.
24 ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.“ ދެން މީހުން ”ރަސްގެފާނު ޒިންދާބާދު“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ.
24 Então Samuel disse a todo o povo: — Vocês estão vendo quem o Então todo o povo começou a gritar: — Viva o rei!
25 ދެން ޞަމޫއީލްގެފާނު އެމީހުންނަށް ރަސްކަމުގެ ގަވާއިދުތައް އޮޅުން ފިލުވައި ދެއްވައި ފޮތެއްގައި އެވާހަކަތައް ލިއުއްވައި އަޅުކަމުގެ ޖަގަހައިގައި ބާއްވަވައިފިއެވެ. ދެން އެމީހުން ގޭގެއަށް ފޮނުއްވައިފިއެވެ.
25 Samuel explicou ao povo o direito do reino, escreveu-o num livro e o pôs diante do Senhor . Então Samuel despediu todo o povo, cada um para sua casa.
26 ދެން ބާރުގަދަ ފަހުލަވާނުންގެ ތެރޭން ބަޔަކު ޝާއުލްގެ ފަހަތު ވުމަށް މާތްކަލާނގެ ހިތްޖައްސަވައިފި އެވެ. އެމީހުން ޝާއުލްއާއެކު ޖިބްޢާގައި ހުންނަ އޭނާގެ ގެޔަށް ހިނގައްޖެއެވެ.
26 Também Saul foi para a sua casa, em Gibeá. Com ele foi uma tropa de homens cujo coração Deus havia tocado.
27 އެކަމަކު ނުރުހުންތެރިވި ބައެއް މީހުން ބުންޏެވެ. ”މީނާއަށް އަހަރެމެންނަށް ރައްކާތެރިކަން ދެވިދާނެތަ.“ އެމީހުން ޝާއުލްއާ ނުރުހުންތެރި ވިއެވެ. އަދި ވެދުން ހުށަހެޅުމަކަށް އެމީހުންނެއް ނައައެވެ. ޝާއުލްގެފާނު އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވިއެވެ.
27 Mas alguns homens malignos disseram: — Como poderá este homem nos salvar? E o desprezaram e não lhe trouxeram presentes. Mas Saul se fez de surdo.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Samuel 10, comparar traduções ou montar um estudo — tudo direto pelo WhatsApp.