1 João 5

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.
1 Todo aquele que crê que Jesus é o Cristo, é nascido de Deus; e todo aquele que ama aquele que o gerou, também ama ao que dele foi gerado.
2 އަހަރެމެން ތެދުހިތުން މާތްރަސްކަލާނގެ ދަރިން ދެކެ ލޯބިވާކަން އެނގޭނީ އެކަލާނގެ ކިބަފުޅަށް ލޮބުވެތިކޮށް ހިތައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިތިބޭ ނަމައެވެ.
2 Nisto sabemos que amamos os filhos de Deus, quando amamos a Deus e guardamos os seus mandamentos.
3 މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.
3 Porque este é o amor de Deus: que guardemos os seus mandamentos; e os seus mandamentos não são pesados.
4 އެކަލާނގެ ކޮންމެ ދަރިއަކަށް ވެސް ޝައިތާނީ ދުނިޔޭގެ މައްޗަށް ފަތަޙަ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މި ފަތަޙަ އަހަރެމެންނަށް ލިބެނީ އަހަރެމެންގެ އީމާންތެރިކަމުންނެވެ.
4 Porque todo o que é nascido de Deus vence o mundo; e esta é a vitória que vence o mundo, a nossa fé.
5 އެހެންނޫންނަމަ މި ދުނިޔެ ފަތަޙަ ކުރެވޭނީ ކާކަށްހެއްޔެވެ؟ އެކަން ކުރެވޭނީ އީސާގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންކަމަށް ގަބޫލުކުރާ މީހަކަށެވެ.
5 Quem é o que vence o mundo, senão aquele que crê que Jesus é o Filho de Deus?
6 އީސާ އަލްމަސީޙުއަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ފާޅުވެގެން ދިޔައީ އެކަލޭގެފާނު ފެނުން ތައުބާގެ ހިނެވުން ހިނެވުމުންނާއި ސަލީބަށް އެރުވިފައިވީ ހިނދު އޮހުނު ލޭފޮދުންނެވެ. ހަމައެކަނި ފެނަކުން ނޫނެވެ. މިކަންތަކަށް ޚުދު މާތްރޫޙުފުޅު ވެސް ހެކިވެއެވެ. އެހެނީ އެ ރޫޙުފުޅަކީ ޙައްޤުތެދު ކަމަށް ވާތީއެވެ.
6 Este é aquele que veio por água e sangue, a saber, Jesus Cristo; não apenas por água, mas por água e por sangue. E o Espírito é o que testifica, porque o Espírito é a verdade.
7 މިކަންތަކުގެ މައްޗަށް ތިނެއްޗެއް ހެކިވެއެވެ.
7 Porque três são os que dão testemunho no céu: o Pai, a Palavra, e o Espírito Santo; e estes três são um.
8 އެއީ މާތްރޫޙުފުޅާއި ފެނާއި ލެޔެއެވެ. މިތިނެތި އެއްބަސްވެއެވެ.
8 E três são os que testificam na terra: o Espírito, e a água, e o sangue; e estes três concordam em um.
9 އަހަރެމެން އިންސާނުންގެ ހެކިބަސް ވެސް ގަބޫލު ކުރަމެވެ. މާތްކަލާނގެ ހެކިވެ ވޮޑިގަތުން އިންސާނެއްގެ ހެކިބަހަށް ވުރެން މާ މަތިވެރި ކަމެކެވެ. އެކަލާނގެ ވަނީ އެ ދަރިކަލުންނާ މެދު މި ގޮތަށް ހެކިވެ ވޮޑިގެންފައެވެ.
9 Se recebemos o testemunho dos homens, o testemunho de Deus é maior; porque este é o testemunho de Deus, que ele testificou de seu Filho.
10 އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ.
10 Aquele que crê no Filho de Deus tem em si mesmo o testemunho; aquele que não crê em Deus faz dele um mentiroso, porquanto não crê no testemunho que Deus deu de seu Filho.
11 މި ބުނެވުނު ހެކީގެ ބަޔާނަކީ މިއީއެވެ: މާތްކަލާނގެ ވަނީ އަހަރެމެންނަށް ނިމުމެއްނުވާ ދިރިހުރުން ދެއްވާފައެވެ. މި ދިރިހުރުން އަހަރެމެންނަށް ލިބިފައި ވަނީ އެ ދަރިކަލުން މެދުވެރި ވެގެންނެވެ.
11 E este é o testemunho: que Deus nos deu a vida eterna; e esta vida está em seu Filho.
12 އެ ދަރިކަލުން ލިބިގެންފި ކޮންމެ މީހަކަށް މި ދިރިހުރުން ލިބޭނެއެވެ. އެ ދަރިކަލުން ލިބިނުގަންނަ މީހަކަށް ނިމުމެއްނުވާ ޙަޔާތެއް ނުލިބޭނެއެވެ.
12 Aquele que tem o Filho tem a vida; e aquele que não tem o Filho de Deus não tem a vida.
13 އަހަރެން މި ސިޓީ ތިޔަބައިމީހުންނަށް މި ލިޔަނީ ތިޔަ ބައިމީހުންނަށް ނިމުންނުވާ ޙަޔާތް ލިބިފައިވާކަން އެނގޭނެ ހެން ވުމަށެވެ. އެއީ ތިޔަބައިމީހުން މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރުމުންނެވެ.
13 Estas coisas escrevi a vós que credes em o nome do Filho de Deus, a fim de que saibais que tendes a vida eterna, e para que creiais em o nome do Filho de Deus.
14 މާތްކަލާނގެއާ ކުއްތަންވުމުގެ ހިތްވަރު އަހަރެމެންނަށް ލިބިފައިވެއެވެ. އެގޮތަކީ އަހަރެމެން ކަމަކު އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފިނަމަ އެކަލާނގެ އެ އަޑު އައްސަވައި އެކަލާނގެ އިރާދަފުޅު ކުރައްވާ ގޮތަކަށް އެކަންތައް ހިންމަވައި ދެއްވާނެއެވެ.
14 E esta é a confiança que temos nele, que se pedirmos alguma coisa, conforme a sua vontade, ele nos ouve.
15 އަހަރެމެން ކަމަކު އެދި ދަންނަވާ ކޮންމެ ފަހަރަކު އެކަލާނގެ އެއަޑު އައްސަވާކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެ އަހަރެމެން އެދި ދަންނަވާ ކަންތައް ފުއްދަވައި ދެއްވާނެކަން ވެސް އަހަރެމެންނަށް އެނގެއެވެ.
15 E se sabemos que ele nos ouve, em tudo o que pedimos, sabemos que temos as petições que dele desejamos.
16 އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.
16 Se alguém vir o seu irmão pecar um pecado que não seja para morte, deverá orar, e Deus dará vida àquele cujo pecado não é para morte. Há um pecado que leva à morte, eu não digo que se deve orar por este.
17 ކޮންމެ ނުބައިކަމަކީ ފާފައެކެވެ. އެކަމަކު ކޮންމެ ފާފައެއްގެ ސަބަބުން މަރުވެ ނެތިއެއް ނުދެއެވެ.
17 Toda a injustiça é pecado, e há pecado que não é para morte.
18 މާތްކަލާނގެ ދަރިން ފާފަ ކުރުންމަތީ ދެމިނުތިބޭނެކަން އަހަރެމެންނަށް އެނގެއެވެ. އެހެނީ މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު އެމީހުން އެކަންތަކުން ރައްކާތެރި ކުރައްވާނެއެވެ. އަދި ޝައިތާނާއަށް އެމީހުންގެ މައްޗަށް ބާރުފޯރުވައި ގެއްލުމެއް ނުކުރެވޭނެއެވެ.
18 Sabemos que todo aquele que é nascido de Deus não peca; mas o que é gerado por Deus guarda-se a si mesmo, e o maligno não lhe toca.
19 އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.
19 E nós sabemos que somos de Deus, e que todo o mundo jaz no maligno.
20 މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.
20 E sabemos que o Filho de Deus veio, e nos deu um entendimento, que podemos conhecer aquele que é verdadeiro; e nós estamos naquele que é verdadeiro, ou seja, em seu Filho Jesus Cristo. Este é o verdadeiro Deus, e a vida eterna.
21 އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ދުރުހެލިވެ ތިބޭށެވެ.
21 Filhinhos, guardai-vos dos ídolos. Amém.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 João 5, comparar traduções ou montar um estudo — tudo direto pelo WhatsApp.