1 João 1

ކިތާބުލް މުޤައްދަސް (DIV) vs BKJ

Sair da comparação
1 އަހަރެމެން ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން މިގެންދަނީ މީސްތަކުންނަށް ދިރުން ލިބިދޭ ބަސްފުޅެވެ. އެހެނީ ފެށުމުގައި ވެސް އެކަލޭގެފާނު ވޮޑިގެންވިއެވެ. އަހަރެމެންނަށް އެކަލޭގެފާނު ބަސްވިދާޅުވި އަޑު އިވުނެވެ. އަހަރެމެންގެ ލޯތަކަށް އެކަލޭގެފާނު ފެނިފައިވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ތަފާތު ކަންތައްތައް އަހަރެމެންގެ ހަމަ ލޮލުން ދުށީމެވެ. ހަމައެހެންމެ އަހަރެމެންގެ އަތްތަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލީމެވެ.
1 O que era desde o princípio, o que ouvimos, o que vimos com os nossos olhos, o que temos contemplado, e as nossas mãos apalparam, da Palavra da vida
2 ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.
2 (Porque a vida foi manifestada, e nós a vimos, e fomos testemunhas, e vos anunciamos a vida eterna, que estava com o Pai, e foi manifestada a nós);
3 ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.
3 O que vimos e ouvimos vos declaramos, para que também possais ter comunhão conosco; e verdadeiramente a nossa comunhão é com o Pai, e com seu Filho Jesus Cristo.
4 ވީމާ، އަހަރެމެން މި ލިޔުންތައް ލިޔެ ތިޔަބައިމީހުންނަށް މިއަންގަނީ އަހަރެމެންނާއިއެކު ތިޔަ ބައިމީހުންގެ އުފާވެރިކަން ވެސް ފުރިހަމަ ވުމަށްޓަކައެވެ.
4 E estas coisas vos escrevemos, para que a vossa alegria possa ser completa.
5 ތިޔަބައިމީހުންނަށް އިޢުލާނު ކުރުމަށްޓަކައި އީސާގެފާނު އަހަރެމެންނަށް އުނގަންނަވައި ދެއްވި ޚަބަރުފުޅަކީ މިއީއެވެ. އެއީ މާތްރަސްކަލާނގެއީ ފުރިހަމަ އަލިކަމެވެ. އެކަލާނގެ ކިބަފުޅަކަށް އެއްގޮތަކަށް ވެސް އަނދިރިކަމެއް ނުވޭމެއެވެ.
5 Então esta é a mensagem que dele ouvimos, e vos declaramos: Que Deus é luz, e não há nele treva alguma.
6 އެހެންވީމާ، އަހަރެމެން ރޫޙާނީ އެއްބައިވަންތަ ކަމުގެ ގުޅުމުން މާތްރަސްކަލާނގެ އާއި އެކު ގުޅިފައިވާކަމުގައި ބުނެ، އަހަރެމެންގެ ޙަޔާތް އަނދިރީގައި ވޭތުކުރަމުން ގެންދާނަމަ އަހަރެމެން ބުނާ ބުނުންތަކަކީ ދޮގު ބުނުން ތަކެކެވެ. އަދި އަހަރެމެންގެ އަމަލުތަކުން ދައްކައިދޭނީ އަހަރެމެންގެ ޙަޔާތާއިގެން އަހަރެމެން ކުރިއަށްދަނީ ތެދުވެރި ގޮތެއްގައި ނޫންކަމެވެ.
6 Se nós dissermos que temos comunhão com ele, e andarmos em trevas, mentimos, e não praticamos a verdade.
7 މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.
7 Mas se andamos na luz, assim como ele está na luz, temos comunhão uns com os outros, e o sangue de Jesus Cristo, seu Filho, nos purifica de todo o pecado.
8 އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ.
8 Se dissermos que não temos nenhum pecado, enganamo-nos a nós mesmos, e a verdade não está em nós.
9 ނަމަވެސް އަހަރެމެންގެ ފާފަތަކަށް އިޢުތިރާފު ވުމުން އެކަލާނގެ އަހަރެމެންގެ ފާފަތައް އަފޫ ކުރައްވައި އަހަރެމެންގެ ކުށްފާފަތައް ފިއްލަވައި ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ އިތުބާރު ކުރެވޭ އަދުލުވަންތަ ކަލާނގެއެވެ.
9 Se confessarmos os nossos pecados, ele é fiel e justo para nos perdoar os pecados, e nos purificar de toda a injustiça.
10 އަހަރެމެން ފާފަވެރި ނުވާކަމުގައި ބުނާނަމަ، އަހަރެމެންނަށް އެ ބުނެވެނީ މާތްރަސްކަލާނގެ އަކީ ދޮގުފަރާތެއް ކަމުގައެވެ. އަދި އެކަލާނގެ ބަސްފުޅު އަހަރެމެންގެ ހިތްތަކުގައި ނުވާކަމުގައެވެ.
10 Se dissermos que não pecamos, fazemo-lo um mentiroso, e a sua palavra não está em nós.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 João 1, comparar traduções ou montar um estudo — tudo direto pelo WhatsApp.